05 އޮކްޓޯބަރ 2016
މީގެ ތިން އަހަރު ކުރިން ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދިން މަތީ ތައުލީމުގެ ސްކޮލަޝިޕްތަކުގައި ކިޔަވަން ދަރިވަރުން އަދިވެސް އެ ގައުމަށް ނުފޮނުވޭ ކަމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމެންޓުން މިއަދު ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ރާއްޖެ އަށް ސައޫދީ އަރަބިއްޔާ އިން ދިން މަތީ ތައުލީމުގެ ސްކޮލަޝިޕްތަކުގައި ކިޔަވަން ދަރިވަރުން އަދިވެސް އެ ގައުމަށް ނުފޮނުވޭ ކަމަށް ހަޔާ އެޑިއުކޭޝަން ޑިޕާޓްމެންޓުން މިއަދު ބުނެފި އެވެ.
ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމަށް ސައުދީ އަރަބިއްޔާއިން 2013 ވަނަ އަހަރު ވަނީ 50 ސްކޮލަޝިޕް ދީފަ އެވެ. އަދި ޖެހިގެން އައިއިރު 100 ސްކޮލަޝިޕް ދީފައިވާއިރު މި ހުރިހާ ސްކޮލަޝިޕަށް ވެސް ކުދިން ވަނީ ހޮވައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ ޑިޕާޓްމެންޓުގެ ޑިރެކްޓަރު އިބްރާހިމް ނަސީމް މިއަދު ވިދާޅުވީ އާއްމުކޮށް އިއުލާނުކޮށްގެން އެ ސްކޮލަޝިޕްތަކަށް ދަރިވަރުން ހޮވި ނަމަވެސް މިހާތަނަށް އެއްވެސް ދަރިވަރަކު ކިޔަވަން ސައުދީ އަށް ނުފޮނުވާ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ވިސާ ހަމަޖެހުމުގައި ދަތިތައް ކުރިމަތިވުމާއި ލިޔެކިއުންތަކުގެ ބައެއް މައްސަތަކެވެ.
"އެކި ސަބަބުތަކާ ހުރެ ވަރަށް ބޮޑަށް ލަސްވެފައި މިވަނީ،" ސައުދީ ސަރުކާރުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ދިން ސްކޮލަޝިޕްތަކާ ގުޅޭގޮތުން ނަސީމް ވިދާޅުވި އެވެ.
ސައުދީން ދިން މި ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ ބެޗެލާސް ޑިގްރީގެ 55 ކޯހަކާއި މާސްޓާސް ޑިގްރީގެ 30 ކޯހެއް އަދި ޕީއެޗްޑީގެ 15 ކޯހެކެވެ.
މި ސްކޮލަޝިޕްތަކުގެ ތެރޭން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުސަތު ވެސް ހިމެނެ އެވެ. އެކަމަކު އެ ސްކޮލަޝިޕްތަކަށް ކުދިން ހޮވި ފަހުން ސައުދީން ވަނީ އެއީ ހަމައެކަނި އެ ގައުމުގެ ކުދިންނަށް ދިން ފުރުސަތެއް ކަމަށް ބުނެފަ އެވެ.
ނަސީމް ވިދާޅުވީ ސްކޮލަޝިޕްތަކަށް ހޮވުނު ދަރިވަރުން، ކިޔަވަން ނުދެވިގެން ވަރަށް ގިނައިން އެތަނަށް ޝަކުވާ ހުށަހަޅާ ކަމަށާއި އެކަމަކު އެ ކުދިން އިތުރަށް އިންތިޒާރު ނުކުރުމަށް އެ ޑިޕާޓްމެންޓުން އެދޭ ކަމަށެވެ.
"އަޅުގަނޑުމެން ދަރިވަރުން ކައިރީ ބުނިން ދެން އެ ކޯސްތަކަށް އިންތިޒާރުނުކޮށް އެހެން ފުރުސަތުތައް ހޯދުމަށް. އޭގެ ތެރެއިން ބައެއް ކުދިން މިހާރު އެހެން ސްކޮލަޝިޕްތަކަށް ކުރިމަތިލައިގެން ކިޔަވަމުން ވެސް އެބަދޭ،" ނަސީމް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން މިހާރު ސައުދީ އަރަބިއްޔާ އަށް ކުރައްވާ ދަތުރުފުޅުގައި މަތީ ތައުލީމުގެ 300 ސްކޮލަޝިޕް އެ ގައުމުން ލިބިވަޑައިގެންފައިވާ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ނަސީމް ވިދާޅުވީ ކުރިން ދިން ސްކޮލަޝިޕްތައް މި 300 ފުރުސަތުތަކުގެ ތެރޭގައި ހިމެނޭކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސައުދީން ދިވެހިންނަށް 350 ސްކޮލަޝިޕް
ސައޫދީން ދޭ ސްކޮލަޝިޕްގެ އަދަދު 300އަށް އިތުރުކުރަނީ
ނޯޓިލަސް ފައުންޑޭޝަނުން 4 ސްކޮލަޝިޕްގެ ފުރުސަތު
ޗިވަނިންގެ ދަރިވަރުންނާ ސަފީރު ބައްދަލު ކުރައްވައިފި
އިންޑިއާއިން ދޭ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި
ކްލީކް ކޮލެޖުގެ ސްކޯލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ސައުދީ ޔުނިވާސިޓީއެއްގެ ސްކޮލަޝިޕްތަކަކަށް ހުޅުވާލައިފި
އެވިޑް ކޮލެޖުގެ ސްކޮލާޝިޕް 22 ދަރިވަރަކަށް ދީފި
ޒަކާތު ފަންޑު ސްކޮލަޝިޕް 31 މީހަކަށް ދީފި
އެމްއެންޔޫގެ ސްކޮލަޝިޕް 21 ދަރިވަރަކަށް ދީފި