30 ޖެނުއަރީ 2020
މީގެ 35 އަހަރު ކުރިން، އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް އެ ކުންފުނީގެ އެތެރޭގައި އުފެއްދި ޑިޕާޓްމެންޓެއްގެ ގޮތަށް އުފެއްދި އޮފީސް މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެލައިޑަށް މިއަދު 35 އަހަރު ވާއިރު، އެއީ ހަމައެކަނި ބޮޑު ކުންފުންޏެއް އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ ތާރީޚީ ސޮފްހާތައް އުކާލާއިރު، އެ ކުންފުނީގެ ފިޔަވަޅުމަތިން ގޮސް ރާއްޖޭގައި މިހާރު ވަނީ ވާދަވެރި އިންޝުއަރެންސް އިންޑަސްޓްރީއެއް ވެސް އުފެދިފަ އެވެ.
މީގެ 35 އަހަރު ކުރިން، އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް އެ ކުންފުނީގެ އެތެރޭގައި އުފެއްދި ޑިޕާޓްމެންޓެއްގެ ގޮތަށް އުފެއްދި އޮފީސް މިހާރު މިއޮތީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެލައިޑަށް މިއަދު 35 އަހަރު ވާއިރު، އެއީ ހަމައެކަނި ބޮޑު ކުންފުންޏެއް އެކަންޏެއް ނޫނެވެ. އެ ކުންފުނީގެ ތާރީޚީ ސޮފްހާތައް އުކާލާއިރު، އެ ކުންފުނީގެ ފިޔަވަޅުމަތިން ގޮސް ރާއްޖޭގައި މިހާރު ވަނީ ވާދަވެރި އިންޝުއަރެންސް އިންޑަސްޓްރީއެއް ވެސް އުފެދިފަ އެވެ.
އެލައިޑްގެ މެނެޖިން ޑިރެކްޓަރު ޝަފާޒް މުހަންމަދު ވިދާޅުވާ ގޮތުގައި އެލައިޑްގައި އޮތީ އުފާވެރި ތާރީޚެކެވެ. އެލައިޑްގެ އުފާވެރިކަމުގެ ތެރެއިން ކުންފުންޏަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެހެން މީހުން އުފާކޮށްދެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެލައިޑްގެ އެމްޑީ ޝަފާޒާއި އެ ކުންފުނީގެ މާކެޓިން ހެޑް ނިއުޝާދު ޝަރީފް އިއްޔެ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މި 35 އަހަރުގެ ތެރޭގައި ރާއްޖޭގައި އަޅުގަނޑުމެންގެ މާކެޓް ޝެއާ މި ވަނީ 60 ޕަސެންޓަށް ވުރެ މަތީގައި. ކްލައިޓުންގެ މެދުގައި އަޅުގަނޑުމެންނާ ދޭތެރޭ ވަރަށް ބޮޑު އިތުބާރެއް މި ވަނީ އުފެދިފައި. އަދި ހަމަ އެހެންމެ އިންޝުއަރެންސާ މެދު އާންމުންގެ ތެރޭގައި މި ވަނީ ހޭލުންތެރިކަން ވެސް އުފެދިފައި،" މި ދާއިރާގައި 25 އަހަރު ހޭދަކުރައްވައި، މީގެ ދޮޅު އަހަރެއްވަރު ކުރިން އެލައިޑްގެ އެންމެ އިސް މަގާމާ ހަވާލުވެ ވަޑައިގެންނެވި ޝިފާޒް ވިދާޅުވި އެވެ.
"މިކަން އޭރު މި ފަށައިގަތީ އޭރު އެސްޓީއޯގެ އަމިއްލަ ބޭނުންތަކަށް ރާއްޖޭގައި މިކަން ކޮންމެހެން ކުރަން ޖެހިފައި އޮތީމަ. އެހެންވެ، އެހެން ހުރިހާ އިންޑަސްޓްރީތަކާ ހިލާފަށް އެލައިޑަކީ މި ދާއިރާ ރާއްޖޭގައި އުފައްދައި އަދި މި ދާއިރާ އަށް މީހުން ބިނާ ކުރުމާއި މީހުން ހޭލުންތެރި ކުރުވުމާއި މި ދާއިރާގައި ދެން ހުރިއްޔާ ހުރި ކަމެއް ވެސް އަމިއްލަ އަށް ކުރަން ޖެހުނު ކުންފުނި. އެހެންވީމަ، މިހާ ހިސާބަށް އައިއިރު ނަތީޖާ ވަރަށް ރަނގަޅޭ އަޅުގަނޑު ދަންނަވާނީ."
އެލައިޑްގެ އެމްޑީ ޝަފާޒް އިއްޔެ "މިހާރު" އާ ވާހަކަދައްކަވަނީ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެލައިޑްގައި މިހާރު 190އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. ކުންފުނީގެ އިންޝުއަރެންސް ކެޕޭސިޓީ 140 މިލިޔަން ޑޮލަރަށް ވަނީ އަރައިފަ އެވެ.
ތަފާތު ފަންސާހަށް ވުރެ ގިނަ ޕްލޭން މިހާރު ވެސް އެލައިޑްގައި ހިމެނެ އެވެ. އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތް ދޭ ކުންފުންޏެއްގެ ހައިސިއްޔަތުން އެ ކުންްފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އިންޝުއަރެންސާ ދޭތެރޭ އާންމުން އަދިވެސް ހޭލުންތެރިކުރުވުމެވެ.
އެލައިޑްގެ މުވައްޒަފުންތަކެއް އިއްޔެ މަސައްކަތުގައި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"ކުރިއަށް އޮތްތާނގައި ވެސް އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށް ވާނީ މި ކުންފުނީގެ ހިދުމަތްތަކާއި އިންޝުުއަރެންސާ ދޭތެރޭ އާންމުން ހޭލުންތެރިކުރުވުން،" ޝަފާޒް ވިދާޅުވި އެވެ. "މީގައި އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު އެެއް ގޮންޖެހުމަކީ ވެސް އިންޝުއަރެންސަކީ އެންމެ ފަހު ކަންތައްތައް ކަމަށް އާންމުން ގަބޫލުކުރާ ގަބޫލުކުރުން ބަދަލުކުރުން. މިހެން ދެންނެވިޔަސް އެ ވިސްނުމަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނަމުންދާ ކަން ވެސް ފާހަގަކުރެވޭ."
އޭނާ ވިދާޅުވި ގޮތުގައި ޕެންޝަން ސްކީމެކޭ އެއްގޮތަށް އިންޝުއަ ކުރުމަކީ ވެސް ފަހަށް ރައްކާ ކުރެވޭ ފައިސާ އެވެ. މި ވިސްނުން އާންމުންގެ ތެރޭގައި އަށަގެންނެވުމަށާއި އެލައިޑްގެ ހިދުމަތްތައް ޒަމާނާ އެއްގޮތަށް އިތުރަށް ފަސޭހަ ކުރުމަށް ކުރިއަށް އޮތް ތާނގައި ގިނަ ކަންތައްތަކެއް ކުރާނެ އެވެ.
"މިހާރު ވެސް އަޅުގަނޑުމެންގެ ހިދުމަތް ހޯދާ ފަރާތްތަކަށް މިކަން ކުރަން ޖެހޭ ގޮތްތައް އުނދަގުލެއް ނުވާނެ. އޮންލައިން މެދުވެރިކޮށް ހުރިހާ ކަމެއް ކުރެވޭނެ. އަޅުގަނޑުމެން ބޭނުންވަނީ އަދިވެސް ހިދުމަތްތައް އިތުރަށް ފުރިހަމަވާން،" ޝަފާޒް ވިދާޅުވި އެވެ.
އެލައިޑްގެ ހިދުމަތެއް ފެށުމުގެ ހަފުލާ: މިއަދަކީ އެލައިޑްގެ 35 ވަނަ އަހަރީ ދުވަސް -- ފައިލް ފޮޓޯ: މިހާރު
އިންޝުއަރެންސަށް އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި ވޭތުވެދިޔަ ދުވަސްތަކުގައި އެލައިޑުން ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވެފަ އެވެ. ތަފާތު އެކިއެކި އިޝްތިހާރުތައް ހަދައި އެލައިޑްް ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރު ވެސް ވެފަ އެވެ. އޭގެ ސަބަބުންް ކުންފުންޏަށް ވަނީ ދިރުން ލިބިފަ އެވެ.
ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް ފެށިތާ 35 އަހަރުވީ އިރު، މިކަން ވަރަށް ބޮޑަށް ފުޅާވެ ވާދަވެރިކަން އުފެދިފައިވާއިރު، އެލައިޑުން މިހާރު ގަބޫލު ކުރަނީ އިތުރު ލެވެލްތަކަށް މި ދާއިރާ ކުރިއަށް ގެންދަން ޖެހިފައިވާ ކަމެވެ. ތަޖުރިބާތަކަށް އިޝާރާތް ކުރައްވައި ޝަފާޒް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އިންޝުއާ ކުރެވޭ އުސޫލުތަކުގެ ތެރެއަށް މި ގައުމު ވެސް މިހާރު ދާން އެބަ ޖެހެ އެވެ.
އެލައިޑުން 2010 ވަނަ އަހަރު ބޭއްވި ލައިފް އެންޑް ހެލްތް ފެސްޓިވަލް -- ފޮޓޯ: އެލައިޑް
"އަޅުގަނޑުމެންްގެ އެންމެ ބޮޑު ސެކްޓަރަކީ ޓޫރިޒަމް. ދެން ކުންފުނިތައް. ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމަށް ގާނޫނު އެބައޮވޭ. އެ ގާނޫނުތައް ބުނާގޮތުން އެ ގައުމެއްގެ އިންޝުއަރެންސް ކުންފުންޏެއް މެދުވެރިވެގެން ނުވަތަ އެ ގައުމެއްގެ އިންޝުއަރެންސް ކުންފުންޏެއްގައި ވިޔަފާރި އިންޝުއަ ކުރަން މި ޖެހެނީ. އެކަމަކު ރާއްޖޭގައި ބޭރުގެ ވަރަށް ގިނަ ބޮޑެތި ވިޔަފާރިތައް އެބަހުރި ދިވެހި އެއްވެސް ކުންފުންޏެއްގައި އިންޝުއަ ނުކޮށް ބޭރުގެ ކުންފުނިތަކުގައި އިންޝުއަކޮށްފައި،" ޝަފާޒް ވިދާޅުވި އެވެ. "އަޅުގަނޑަށް ގަބޫލު ކުރެވެނީ އިންޝުއަރެންސާ ބެހޭ ގާނޫނެއް އަންނަން ވެއްޖެހެން. އެ މަސައްކަތްް އަޅުގަނޑުމެންގެ ބެލެނިވެރި ފަރާތް، އެމްއެމްއޭ އިން ކުރައްވާ ކަމަށް ވެސް ވަނީ."
ޒަމާނާ އެއްގޮތަށް ގާނޫނެއް އަތުވެއްޖެ ނަމަ މުޅި އިންޝުއަރެންސްގެ ދާއިރާ ބަދަލުވެގެން ދާނެ ކަމަށް ޝަފާޒް ވިދާޅުވި އެވެ. އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެލައިޑްގެ އެމްޑީއަކަށް ލުވައިޒް ހަމަޖައްސައިފި
އެލައިޑްގެ އެމްޑީއަކަށް ޝަފާޒް
އެލައިޑްގެ އެމްޑީ އަމީލް އިސްތިއުފާ ދެއްވައިފި
ކުށް މަދުކުރުމުގެ ބޮޑު ކެމްޕެއިނެއް ފުލުހުން ފަށައިފި
އެސްޓީއޯގެ އާ އިމާރާތުގެ ޓެރަހުގައި ކެފޭއެއް ހަދަނީ
އެލައިޑާ އެކު އެސްޓީއޯ އިން މިފްކޯ ހިންގަން ފަށައިފި
ބޮޑު ދެ މެޗަށް ހަ ކުންފުންޏަކުން ސްޕޮންސާ ދީފި
އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރަކަށް އާޝާން
ތެލުގެ ކޮރަޕްޝަނާ ގުޅިގެން ބޭއްވި ކޮމެޓީ ސިއްރުކޮށްފި
އެސްޓީއޯ ރޭޓުން އިތުރު 4 ތަނަކުން ތެޔޮ ދޭން ފަށަނީ