25 ޖެނުއަރީ 2020
އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަކީ ހަވާދުގެ ބާވަތްތަކަށް މަޝްހޫރު އަދި މީރު ހަވާދުގަނޑުން ތަފާތު އެކި ބާވަތްތަކުގެ ރިހަ ތައްޔާރުކުރަން މަޝޫހޫރު ގައުމުތަކެކެވެ. މި ސަރަހައްދުން މިކަމަށް އެންމެ ނަގާ ކިޔާ ގައުމުތައް ހިމެނޭ އިންޑިއާ އާއި ސްރީ ލަންކާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގެ މަގުބޫލު ރިހަތަކުގެ ތެރޭގައި ދިވެހި ރިހައެއް ހިމެނުމަކީ ހަމަ ޔަގީނުން ވެސް ކުޑަ ކަމަކަށް ނުވާނެ އެވެ.
އޭޝިއާގެ ވަރަށް ގިނަ ގައުމުތަކަކީ ހަވާދުގެ ބާވަތްތަކަށް މަޝްހޫރު އަދި މީރު ހަވާދުގަނޑުން ތަފާތު އެކި ބާވަތްތަކުގެ ރިހަ ތައްޔާރުކުރަން މަޝޫހޫރު ގައުމުތަކެކެވެ. މި ސަރަހައްދުން މިކަމަށް އެންމެ ނަގާ ކިޔާ ގައުމުތައް ހިމެނޭ އިންޑިއާ އާއި ސްރީ ލަންކާ އަދި ޕާކިސްތާން ފަދަ ގައުމުތަކުގެ މަގުބޫލު ރިހަތަކުގެ ތެރޭގައި ދިވެހި ރިހައެއް ހިމެނުމަކީ ހަމަ ޔަގީނުން ވެސް ކުޑަ ކަމަކަށް ނުވާނެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަގުބޫލު 12 ރިހައެއްގެ ލިސްޓް އެކުލަވައިލި އިރު، އޭގެ ތެރޭގައި ރާއްޖެ މި ވަނީ ހިމެނިފަ އެވެެ. އެއީ ދިވެހިންގެ ޒަމާންވީ މީރު މަސްރިހައާ އެކުގަ އެވެ. އެ ރިހަ ހިމެނެނީ ލިސްޓްގެ 6 ވަނައިގަ އެވެ.
މި ލިސްޓްގައި ދެން ހިމެނެނީ އިންޑިއާގެ ބަޓަ ޗިކެން، ޖެމެއިކާގެ ކަރީ ގޯޓް، ޖަޕާނުގެ ކަރީ ރައިސް، ދެކުނު ކޮރެއާގެ ޓިއެކްބޮކީ، މެލޭޝިއާ/އިންޑޮނީޝިއާގެ ބީފް ރެންޑަންގް، ޕާކިސްތާނުގެ ހަލީމް، ދެކުނު އެފްރިކާގެ ބަނީ ޗޯ، ލަންކާގެ ސިންހަލީސް ކަރީ، ތައިލެންޑްގް ގްރީން ކަރީ، ކެރީބިއަންގެ ކަރީ ކްރެބް އަދި އިންޑިއާ އުން އިނގިރޭސިވިލާތަށް ހިޖުރަކުރި ޓިއްކާ މަސާލާ އެވެ.
އެންމެ މަގުބޫލް 12 ރިހަ.
ރާއްޖޭގެ "މަސްރިހަ" ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެެ މަގުބޫލު 12 ރިހައިގެ ލިސްޓެއް އެކުލަވާލައިފައި ވަނީ ކެއްކުމާ ބެހޭ ފޮތްތަކެއް ލިޔެފައިވާ ކެނެޑާ އަށް އުފަން އެމެރިކާގެ ލިޔުންތެރިޔާ ކޮލީން ސެން، 75، ގެ ފޮތް "ކަރީ: އަ ގްލޯބަލް ހިސްޓަރީ" ގަ އެވެ.
އޭނާގެ މި މަގުބޫލު 12 ރިހައިގެ ވާހަކަ ސީއެންއެން ފަދަ މަޝްހޫރު މީޑިއާތަކުގައި ހިމެނުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް މިކަމަށް ހުއްޓިފައިވެ އެވެ.
ދިވެހި "މަސްރިހަ" އާ ބެހޭ ގޮތުން ކޮލީން ލިޔެފައިވާ ގޮތުގައި ރާއްޖެ އަށް ރިހައިގެ ރަހަގަނޑާއި ނުފޫޒު އައިސްފައި ވަނީ އިންޑިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭނާ ބުނިގޮތުގައި ދިވެހި މަސްރިހަ އާންމުކޮށް ކައި އުޅެނީ ބަތާއި ރޮއްޓާ އެކު އެވެ.
އެ ރިހަ ތައްޔާރުކުރަނީ ކަނޑު މަހާއި ކާށިކިރާއި ފިޔަ އާއި މިރުހާއި ހަވާދުގެ މައިގަނޑު ހުރިހާ ބާވްތަތަކެއް ބޭނުންކޮށްގެންނެވެ.
ކޮލީން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިންގެ ކުކުޅު ރިހަ އާއި އަނބު ރިހަ އަކީ ވެސް މަގުބޫލު އެއްޗެކެވެ.
އެޕަލް ސައިޑަ ވިނިގާ: ފައިދާތައް ގިނަ ބޭނުންތެރި
ބަރުދަން ލުއިވޭތޯ މި ސޫޕްތަކުގެ އަޖުމަ ބަލައިލާ
ރަހަ މީރުކޮށްދޭ ދިރީގެ ފައިދާ ވެސް ގިނަ
ކައްކާ ޝޯތަކުން ކުދިންގެ ސިއްހަތަށް ހެޔޮ އަސަރުކުރޭ
ކެންސަރު ބަލީގެ މީހުންނަށް ކައްކަން ދަސްކޮށްދޭ ސްކޫލެއް
ބޯޖަސް އޮލިވް އޮއިލް، އެތައް ފައިދާއެއް
ބާބެކިއު ހަދައިގެން މާގިނައިން ނުކާތި
މިހާރުގެ ރެސިޕީ: މުށިމަހު ކިރުގަރުދިޔަ
މިހާރުގެ ރެސިޕީ: ބަށި ރިހަ
މިހާރުގެ ރެސިޕީ: އަލުވި ކިރުގަރުދިޔަ