04 އޮކްޓޯބަރ 2016
ދިމިޝްގު (އޮކްޓޯބަރު 4) - ސީރިއާގެ ހަލަބު ސިޓީގެ އެންމެ މުހިންމު އެއް ހިސާބުން އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ކުރި އަރަމުން އަންނަ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.
ދިމިޝްގު (އޮކްޓޯބަރު 4) - ސީރިއާގެ ހަލަބު ސިޓީގެ އެންމެ މުހިންމު އެއް ހިސާބުން އިދިކޮޅު ހަނގުރާމަވެރިންގެ މައްޗަށް ސަރުކާރު ސިފައިން ކުރި އަރަމުން އަންނަ ކަމަށް މޮނިޓާރިން ގްރޫޕަކުން ބުނެފި އެވެ.
ހަލަބުގެ އިރުމަތީގެ ސުލައިމާން އަލް ހަލަބީގެ މެދުތެރޭން ބޮޑެތި އިމާރާތްތައް ސަރުކާރު ސިފައިން ހިފާފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ވަނީ ބުނެފަ އެވެ. އަދި ސަރުކާރު ސިފައިން މިހާރު ދަނީ ހަލަބީގެ އުތުރުން އިދިކޮޅު ހަނގުރާމަވެރިން ފަހަތަށް ޖައްސަމުން ކަމަށް ވެސް އޮބްޒަވޭޓަރީން ބުންޏެވެ.
"މިއަދު ބަދަލު ކުރި ހަމަލާތަކަށް ފަހު ސަރުކާރު ސިފައިން މިހާރު ވަނީ ބުސްތާން އަލް ބާޝާއާ ދިމާލުން ކުރިއަރަން މިސްރާބު ޖަހާފައި،" އޮބްޒަވޭޓަރީގެ ޑިރެކްޓަރު ރާމީ އަބްދުއްރަހުމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއް ދުވަސްވަރެއްގައި ސަރުކާރުގެ އިދާރީ މަސައްކަތްތައް ހިންގި އުސް އިމާރާތްތައް ސަރުކާރު ސިފައިން އަތުލަމުން ދަނީ އެ އިމާރާތްތަކުގައި ތިބެގެން މުޅި ސަރަހައްދު މޮނިޓާ ކުރަން ކަމަށެވެ.
ރަޝިޔާ ސިފައިންގެ ވައިގެ ހަމަލާތަކާ އެކު ހަލަބުގެ އިރުމަތީގައިވާ ސަރަހައްދުތައް އިދިކޮޅު ސިފައިންގެ އަތް ދަށުން ހިފުމުގެ އޮޕަރޭޝަން ސަރުކާރު ސިފައިން ފެށީ މިދިޔަ މަހު 22 ގަ އެވެ.
ސީީރިއާގެ ފަސް އަހަރުވީ ހަނގުރާމައިގައި މިހާތަނަށް ވަނީ ތިން ލައްކައެއްހާ މީހުން މަރުވެފަ އެވެ.
ސީރިޔާގެ ވެރިރަށުގައި ވަރުގަދައަށް ހަނގުރާމަކުރަނީ
ހަލަބުގެ ކާމިޔާބީއަކީ ބޮޑު ފިޔަވަޅެއް: އަސަދު
ތިން ދުވަހަށް ފަހު ހަލަބުގެ ހަމަލާތައް ފަށައިފި
ސިޔާސީ ހިމާޔަތް ހޯދަން އަސަދުގެ އަނބިކަނބަލުން ދެކޮޅު
ތިން ލައްކަ މީހުންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އަސަދު
ރަޝިޔާގެ ހަމަލާތަކުގައި ސީރިއާއިން 9300 މީހުން މަރު
ސީރިއާ މައްސަލާގައި ރަޝިޔާ އިން ދަނީ ދޮގު ހަދަމުން
ހަލަބުގައި ބޮޑެތި ޖަރީމާތައް ހިންގާއިރު ދުނިޔެ ހިމޭނުން
ހަމަލާތަކުގެ ސަބަބުން ހަލަބު ސިޓީން ފެން ކެނޑިއްޖެ
ސުލްހައިގެ ޕްލޭނާ އެކު ސީރިއާ އަށް ބޮމުގެ ވާރޭއެއް