06 އޮކްޓޯބަރ 2016
ލަންޑަންގެ ކިންގްސް ކޮލެޖުގެ ދިރާސާއަކުން ދައްކަނީ ފުރާވަރުގައި އޮށާޅަ ކަހަލަ ބިހިތައް މޫނުގައި ނެގުމަކީ ދެރަވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ދިރާސާގައި ބުނަނީ އެ ފަދަ މީހުންގެ އުމުރުން ދުވަސްވާއިރު ވެސް ހަންގަނޑުން މުސްކުޅި ގޮތް ފެނުން ކުޑަ ކަމަށެވެ. އަދި ޒުވާން ދުވަސްވަރު މޫނުގައި ބިހި ނުނަގާ މީހުންގެ ކިބައިން މުސްކުޅި ކަމުގެ އަލާމާތްތައް ފެންނަން ފެށުން އަވަސް ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.
ލަންޑަންގެ ކިންގްސް ކޮލެޖުގެ ދިރާސާއަކުން ދައްކަނީ ފުރާވަރުގައި އޮށާޅަ ކަހަލަ ބިހިތައް މޫނުގައި ނެގުމަކީ ދެރަވާންޖެހޭ ކަމެއް ނޫން ކަމަށެވެ. ދިރާސާގައި ބުނަނީ އެ ފަދަ މީހުންގެ އުމުރުން ދުވަސްވާއިރު ވެސް ހަންގަނޑުން މުސްކުޅި ގޮތް ފެނުން ކުޑަ ކަމަށެވެ. އަދި ޒުވާން ދުވަސްވަރު މޫނުގައި ބިހި ނުނަގާ މީހުންގެ ކިބައިން މުސްކުޅި ކަމުގެ އަލާމާތްތައް ފެންނަން ފެށުން އަވަސް ކަމަށް ވެސް ދިރާސާއިން ދައްކަ އެވެ.
އޮށާޅަ ނެގި އަންހެނުންނާއި ނުނަގާ މީހުންގެ ތަފާތު ބެލުމަށް ސައިންސްވެރިން ވަނީ އެމީހުންގެ ޖެނެޓިކް މައުލޫމާތުތައް ހޯދާފަ އެވެ. ޖެނެޓިކް މައުލޫމާތު ހޯދުމަށް ސައިންސްވެރިން ކުރި މަސައްކަތުން ޔަގީންވެފައި ވަނީ އާންމުކޮށް އޮށާޅަ ނަގާ މީހުންގެ ޓެލޮމީއަސް ނުވަތަ ކްރޮމޮޒޯމް ކެޕްސް، އެއްގޮތަކަށް ވެސް އޮށާޅަ ނުނަގާ، މޫނު ރީތިކޮށް ހުންނަ މީހުންނާ އަޅާބަލާއިރު ފާހަގަކޮށްލެވޭ މިންވަރަކަށް ދިގުކަމެވެ. މާނައަކީ އޮށާޅަ ނަގާ މީހުންގެ ހަންގަނޑު ވަރަށް ބޮޑަށް ހިމާޔަތް ކުރެވިފައި ވުމެވެ.
ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ސިމޯން ރިބޭރޯ ވިދާޅުވީ ހަމުގެ ޚާއްސަ ޑޮކްޓަރުންނަށް މި ބަދަލުތައް ފާހަގަކުރެވޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ ކަމަށެވެ. ބިހި ނަގާތީ ބޭސްކުރަން އަންނަ މީހުން އުމުރުން ދުވަސްވުމުން ހަންގަނޑު މުސްކުޅިވެ ރޫޖެހުން، އެއްގޮތަކަށް ވެސް ބިހި ނުނަގާ މީހުންނަށް ވުރެ މާ ލަސްކަން ވަރަށް ގިނަ ޑޮކްޓަރުންނަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިއީ ކިހިނެއް ވާކަމެއްތޯ މިހާތަނަށް ދިރާސާއެއްކޮށްގެން ހޯދާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިފަހަރުގެ ހޯދުންތަކުން އެނގިފައިވާގޮތުގައި އަވަސް އަވަހަށް މޫނުގައި އޮށާޅަ ނަގާ މީހުންގެ ޓެލޮމިއަސްގެ ދިގުމިނާއި އެމީހުންގެ ހަންގަނޑުގެ ޒުވާންކަން ގިނަ ދުވަހު ހުރުމާ ގުޅުމެއް ވެ އެވެ. އެއްގޮތަކަށް ވެސް މޫނުގައި ބިހި ނުނަގާ މީހުންގެ ޓެލޮމިއަސް ތަފާތުކަން ރިސާޗަރުން ފާހަގަ ކުރި އެވެ. ފަހަރެއްގައި ޓެލޮމިއަސް ދިގުކޮށް ހުންނަ މީހުންގެ ހަމުގެ ސެލްތައް ހަލާކުނުވެ ގިނަ ދުވަހު ހުރުމުގައި އޭގެ ދައުރެއް އޮތްކަމަށް ސައިންސްވެރިން ޔަގީން ކުރެ އެވެ.
ޓެލޮމިއަސް އަކީ އިންސާނުންގެ ކްރޮމޮޒޯމްސްގެ ފުލުގައިވާ ޑީއެންއޭ-ޕްރޮޓެކްޓިން ސްޓްރަކްޗާ އެކެވެ. މި އެންމެ ވައްތަރުވާނީ ވަރަށް ކުޑަކުޑަ ޕްލާސްޓިކް ކެޕެއް ލާފައި އިންނަ ބޫޓުގެ ނާޑުވާއަކާ އެވެ.
ކޮންމެ ފަހަރަކު ސެލް އެއް ޑިވައިޑްވާއިރަށް ޓެލޮމިއަސް ކުރުވާނެ އެވެ. އެގޮތަށް ކުރުވަމުން ގޮސް އެންމެފަހުން ސެލްއަށް އިތުރު ސެލްތައް ނއުފެއްދޭ ވަރަށް ޓެލޮމިއަސް ކުރުވެ އެވެ. މިފަދަ ހާލަތަކަށް ދިއުމުން ސެލް މަރުވެ ނުވަތަ މުސްކުޅިވެގެން ގޮސް މަސައްކަތް ހުއްޓެ އެވެ.
ޓެލޮމިއަސް ކުރުވުމުގެ މަރުހަލާގައި މުސްކުޅިވުމާއި ކެންސަރު ޖެހުން އަދި މަރުވުމުގެ ނުރައްކާ ވެސް އޮވެ އެވެ.
ޒުވާން ކުދިންގެ މޫނުގައި ބިހި ނެގުމަކީ އެކުދިން ވަރަށް ދެރަވާކަމެއް
ޓެލޯމެރޭސް ކިޔާ އެންޒައިމެއް ގިނައިން އުފެދޭ މީހުން ސެލްމަރުވުމާއި މުސްކުޅިވެގެން ސެލްގެ މަސައްކަތްހުއްޓުމުގެ މަރުހަލާ ލަހެވެ. ސަބަބަކީ ސެލް ޑިވައިޑްވުމަށް ފަހު ޓެލޮމިއަސް ދިގުވުމަށް ފުރުސަތު ލިބޭތީ އެވެ. މިފަދަ މީހުން މުސްކުޅިވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ހަންގަނޑަށް ރޫޖެހުމާއި ހަން ތުނިވުން ފަދަ މައްސަލަތައް ފެންނަން ފަށާނީ އުމުރުން ތަންކޮޅެއް ދުވަސްވުމުންނެވެ.
ޓެލޮމިއަސް އަކީ ސައިންސްވެރިންނަށް އަދި ނުހޯދިފައިވާ ކަމެކެވެ. ބައެއް މީހުންގެ ސެލްތަކުން އެންޒައިމް އުފައްދަނީ ކީއްވެ ކަމާއި ބައެއް މީހުންގެ ސެލް ޕްރޮޑިއުސްކުރާލެއް ގިނައީ ކީއްވެކަން ފަދަ ވަރަށް ގިނަ ކަންތައްތަކަކީ ސައިންސްވެރިންނަށް އަދި ޖަވާބެއް ހޯދިފައި ނުވާ ސުވާލުތަކެވެ.
ނަމަވެސް ޔަގީންވާ ކަމެއް އެބައޮތެވެ. އާދަޔާޚިލާފަށް ފަލަވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަކީ ޓެލޮމިއަސް ކުރުވުން އަވަސްވާ ކަމެކެވެ.
މި ދިރާސާ ޖާނަލް އޮފް އިންވެސްޓިގޭޓިވް ޑާމަޓޮލޮޖީގައި ވަނީ ޝާއިއުކޮށްފަ އެވެ.
ޒީނަތްތެރިވާ ބައެއް ސާމާނުން މައިންގެ މިޒާޖަށް ބަދަލު!
ފިޔަވަޅުތަކާ އެކު ކޮވިޑްގައި ސްކޫލްތައް މާ ރައްކާތެރި
ފިނިފެން ފަރުވާއެއްގެ ގޮތުގައި
ކޮވިޑް ޖެހުމުން ދިގު މުއްދަތަކަށް ހިމާޔަތް ލިބިދާނެ
ލޮނުފެނަކީ ކޮވިޑް-19 އަށް ފަރުވާއެއްތޯ ދިރާސާކުރަނީ
"ކޮވިޑް19 ފެތުރެނީ ބަލިޖެހޭތާ 11 ދުވަސް ވަންދެން"
ވެންޓިލޭޓަރުގެ ނަތީޖާ ފެނުނީ ހީކުރި ގޮތަކަށް ނޫން
ވަކި ބަޔަކަށް ކޮރޯނާވައިރަސް ނުރައްކާ ސަބަބު ހޯދަނީ
ވަސް ނުދުވުމާއި ރަހަ ނުލުން: ކޮރޯނާވައިރަހުގެ ނިޝާނެއް
ބޯ ފަންކޮށް ކުލަޖައްސާ އެއްޗެހިން އުރަމަތީ ކެންސަރު