23 ޖެނުއަރީ 2020
ވިލް ސުމިތާއި މާޓިން ލޯރެންސް މުހިއްމު ރޯލްތައް ކުޅޭ އެކްޝަން ކޮމެޑީ "ބޭޑް ބޯއިޒް" ގެ ހަތަރު ވަނަ ބައެއް ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
ވިލް ސުމިތާއި މާޓިން ލޯރެންސް މުހިއްމު ރޯލްތައް ކުޅޭ އެކްޝަން ކޮމެޑީ "ބޭޑް ބޯއިޒް" ގެ ހަތަރު ވަނަ ބައެއް ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
ސޮނީ ޕިކްޗާޒުން ބުނީ ހަތަރު ވަނަ ބައިގެ ސްކްރިޕްޓްގެ މަސައްކަތް ވެސް މިހާރު ސްކްރީން ރައިޓަރު ކްރިސް ބްރެމްނާ ފަށާފައިވާ ކަމަށެވެ. އޭނާ އަކީ މިދިޔަ ހުކުރު ދުވަހު ސިނާތަކަށް ގެނައި "ބޭޑް ބޯއިޒް ފޮ ލައިފް" ގެ ވެސް ސްކްރީން ރައިޓަރެވެ.
ވެރައިޓީން ބުނިގޮތުގައި މީގެ ހަތަރު ވަނަ ބައި ވެސް ލިޔަން ކްރިސް ހަވާލުވި އިރު، އޭނާ ވަނީ ޑިޒްނީ އާއި ޕްރޮޑިއުސަރު ޖެރީ ބުރްކެއިމާ ގުޅިގެން ގެނެސްދޭ ނިކޮލަސް ކޭޖް ލީޑް ރޯލް ކުޅޭ ފްރެންޗައިޒް "ނެޝަނަލް ޓްރެޝާ" ގެ ތިން ވަނަ ބައިގެ ސްކްރީންޕްލޭއާ ވެސް ހަވާލުވެފަ އެވެ.
"ބޭޑް ބޯއިޒް 4" ގެނެސްދޭނެކަން ސޮނީން އިއުލާންކުރި ނަމަވެސް، އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އިއުލާނެއްނުކުރެ އެވެ.
އާދިލް އަލް އާބީ އާއި ބިލާލް ފަލާ ޑައިރެކްޓްކުރި "ބޭޑް ބޯއިޒް ފޮ ލައިފް" އަށް މިހާތަނަށް 100 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ. މި ފިލްމު ހަދާފައި ވަނީ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.
"ބޭޑް ބޯއިޒް" ގެ ފުރަތަމަ ބައި 1995 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި ރިލީޒްކުރީ 2003 ގަ އެވެ.
"ބޭޑް ބޯއީސް" ސިކުއެލްގެ ހަތަރު ވަނަ ފިލްމެއް ނެރެނީ
ޑެންޒެލް "ދި އީކުއަލައިޒާ 3" އަށް ތައްޔާރު ވަނީ
"އަލައްދިން" ގެ އާމްދަނީ ވެސް ބިލިއަނަކަށް
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ބިލިއަން ޑޮލަރުގެ ފިލްމަކަށް އިންސައިޑް އައުޓް 2
ވިލް ސްމިތު ޤުރުއާން ހަތިމްކޮށްފި
އެންމެ ބޮޑު އާމްދަނީއެއް ހޯދި ބަޔޮޕިކަކީ އޮޕަންހައިމާ
"ބާބީ" އަށް އެއް ބިލިއަން ޑޮލަރު ލިބިއްޖެ
ރެކޯޑް އާމްދަނީއެއް، "ބާބީ" އަށް ބޮޑު ކާމިޔާބީއެއް
ފުރަތަމަ ދުވަހު ލިޓްލް މާމެއިޑަށް 38 މިލިއަން ޑޮލަރު