19 ޖެނުއަރީ 2020
މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކޮޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކޮޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް މިއަދު ދަމަހައްޓައިފި އެވެ.
ގދ. ނަޑެއްލާ އަތަމާގޭ، އިބްރާހިމް ނާފިޒް (ޗިކާ) ގެ މައްޗަށް މަސްތުވާތަކެއްޗާ ބެހޭ ކުރީގެ ގާނޫނުގެ ދަށުން، ވިޔަފާރީގެ ބޭނުމަށްޓަކައި މަސްތުވާއެއްޗެއް އަތުގައި ބެހެއްޓުމުގެ ދައުވާ ދައުލަތުން ކުރީ މާޗް، 2008 ގައި އޭނާ ދިރިއުޅުނު ކޮޓަރި ފުލުހުން ފާސް ކުރިއިރު އެތަނުގެ އަލަމާރި މަތިން ފެނުނު ސިޓީ އުރައަކުން 56 ގްރާމްގެ މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ. އޭރުގެ ޖިނާއީ ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.
މަސްތުވާތަކެތި ފެނުނު ކޮޓަރި އަކީ އެހެން މީހުން ވެސް ވަދެ ނުކުމެ ހަދާ ތަނަކަށް ވާތީ، އެ ތަނުގައި އެފަދަ އެއްޗެއް ބޭއްވުމުގެ ފުރުސަތު އެހެން މީހަކަށް އޮތްއިރު، ޗިކާއާ އެ ތަކެއްޗާ ގުޅުވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ދަށު ކޯޓާއި ހައި ކޯޓުން އޭރު ނިންމި އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ކޮޓަރިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ބުނުމެއް ފިޔަވައި ޗިކާއާ އެ ތަކެއްޗާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
އެކަމަކު، ދަށު ކޯޓުން ރިއާޔަތް ކުރި ހެކިވެރިއެއްގެ ހެކިބަސް އެއް ފަރާތް ކުރަންޖެހޭ ކަމަށް އެ ހުކުމުގައި ވެ އެވެ. އެގޮތުން، އެ މަސްތުވާތަކެއްޗަކީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށް ބުނެ ދަށު ކޯޓުގައި ދިފާއީ ހެއްކަކު ދިން ހެކިބަހަށް ރިއާޔަތް ކޮށްފައި ވިޔަސް، އެ ހެކިވެރިޔާ އަކީ އޭރު މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއް ކަމަށާއި އެހެންވެ، އެހެން މީހަކު ހިމާޔަތް ކުރުމުގެ ގޮތުން އެފަދަ ހެކިބަހެއް ދިނުމުގެ ފުރުސަތު އޮއްވައި އެފަދަ ހެކިބަހެއް ބަލައިގަނެގެން ނުވާނެ ކަމަށް ސުޕްރީމް ކޯޓުގައި ހުކުމުގައި ބުންޏެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ ކޮޓަރިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ބުނުމެއް ފިޔަވައި ޗިކާއާ އެ ތަކެއްޗާ ގުޅުވޭނެ އިތުރު އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. އެހެންވެ، އޭނާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމުގައިވާ ގޮތުން، މީހެއްގެ އަތުން ފެންނަ މަސްތުވާއެއްޗެއްގެ ޒިންމާ އެހެން މީހަކު އަމިއްލަ އަށް އުފުލާ ހާލަތުގައި އެކަމުގެ ވަށައިގެންވާ ކަންކަމަށް ބެލުމެއް ނެތި، ހަމައެކަނި އެ މީހާ ބުނެލާ ބުނެލުމެއްގެ މައްޗަށް ބިނާކޮށް، މަސްތުވާތަކެތި އެ މީހެއްގެ ހިޔާޒަތުގެ ދަށުން ފެނުނު މީހާ އެކަމަށް ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ނިންމުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ. އަދި އެ ފުރުސަތު އެގޮތަށް ދިނުމަކީ ކުށްވެރިންނަށް އަދަބު ދިނުމަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
އެކަމަކު އެ މަސްތުވާތަކެއްޗާ ޗިކާއާ ގުޅުވޭނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތުމުން ހައި ކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތު ބެލެހެއްޓެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމެވެ.
އަރުޝަދު ހައްޔަރުކުރީ ޑްރަގްގެ އާ ތުހުމަތެއްގައި
ޝަހީބް ބަންދުކުރި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި
ހެކި ގޯސްވުމުން ޑްރަގް ބޮޑު މައްސަލައެއް ނާކާމިޔާބު
ނުބައި ދޮރެއް ހުޅުވީތަ؟ ނުވަތަ ބަންދުކުރީތަ؟
ޑްރަގްސް އަށް ޒިންމާވާންޖެހޭ ގޮތް އަލުން މާނަކޮށްފި
ކިލޯއެއްގެ ޑްރަގް ފެނިގެން ޖަލަށް ލި ބަޔަކު މިނިވަން!
އިރުފާން އަނެއްކާވެސް ޝަރީއަތް ނިމެންދެން ބަންދަށް
ޕާރުސަލަކުން ކިލޯއެއްހާ ޑްރަގް:އެންމެން ސަލާމަތްވެއްޖެ
ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފި
އެހެންމީހެއްގެ ނަމުގައި ޑްރަގް އެތެރެކުރި މީހަކު ޖަލަށް