16 ޖެނުއަރީ 2020
ތެހެރާން (ޖެނުއަރީ 16) - އޮޅުމަކުން މިސައިލެއް އަރައިގެން ނަމަވެސް ޔުކްރޭނުގެ މަތިންދާ ބޯޓު މިދިޔަ ހަފުތާގައި ވައްޓާލި ސަބަބު އީރާނުގެ އަސްކަރިއްޔާ އިން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ތެހެރާން (ޖެނުއަރީ 16) - އޮޅުމަކުން މިސައިލެއް އަރައިގެން ނަމަވެސް ޔުކްރޭނުގެ މަތިންދާ ބޯޓު މިދިޔަ ހަފުތާގައި ވައްޓާލި ސަބަބު އީރާނުގެ އަސްކަރިއްޔާ އިން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން މިސައިލް ހަމަލާދީ ޔުކްރޭންގެ ބޯޓު ވައްޓާލުމުން އެ ބޯޓުގައި ތިބި 176 މީހުން ވަނީ މަރުވެފަ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް ވިދާޅުވީ ބޯޓު ވައްޓާލުމަށް ފަހު ވެސް އީރާނުގެ ރައްޔިތުންނަށް ދުވަސްކޮޅެއް ވަންދެއް އޮޅުވާލި ކަމަށެވެ. އަދި އެ މައްސަލާގައި އޭނާ އާއި ރައީސް ރޫހާނީ ވެސް ބޭތިއްބީ "އަނދިރީގައި" ކަމަށް ވިދާޅުވި އެވެ.
އީރާނުގެ ކެބިނެޓުގެ ބައްދަލުވުމެއްގެ ރިޔާސަތު ރައީސް ރޫހާނީ އިއްޔެ ބަލަހައްޓަވަނީ. --ފޮޓޯ:އޭއެފްޕީ
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ރޫހާނީ އިއްޔެ ވަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ކޯޑިނޭޝަން އާއި މޮނިޓާރިން ހަރުދަނާ ކުރުމުގެ ފިޔަވަޅުތައް އިތުރަށް އެޅުމަށް ގޮވާލެއްވި އެވެ.
"ފުރަތަމަ ކަމަކީ ތެދު ބަހުން ރައްޔިތުންނަށް މައުލޫމާތު ހާމަކޮށްދިނުން. ރައްޔިތުންގެ ހިތާމަތަކަށް ލުޔެއް ލިބޭނީ އެ ހާދިސާގެ ޒިންމާ ނަގަން ޖެހޭ ފަރާތްތަކުން ޒިންމާ ނަގައި އިޚްލާސްތެރިކަމާ އެކު އެ މީހުންނާ ވާހަކަ ދެއްކުމުން،" ރޫހާނީ ވިދާޅުވި އެވެ.
ރޫހާނީ ވިދާޅުވީ ބޯޓު ވައްޓާލި ހާދިސާ އަށް ފަހު އަސްކަރިއްޔާ އިން ބޭއްވި ބައްދަލުވުންތަކާ ބެހޭ މައުލޫމާތު ވެސް އާއްމު ކުރަން ޖެހޭނެ ކަމަށެވެ.
ޔުކްރޭން އެއާލައިންސްގެ ފްލައިޓް ޕީއެސް752 ވައްޓާލާފައި ވަނީ ތެހެރާން އެއާޕޯޓުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ފުރިތާ ކުޑައިރުކޮޅެއް ފަހުންނެވެ. ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ބޯޓަށް ވަނީ ދެ މިސައިލް އަރައިފަ އެވެ. އީރާނުން ބުނެފައި ވަނީ މިސައިލް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އީރާނުން ވައްޓައިލި ބޯޓުގެ މީހުންނަށް 84 މިލިއަން
ބޯޓުން މަރުވި ކޮންމެ މީހެއްގެ އާއިލާއަށް ބަދަލު
ޔުކްރޭނުގެ ބޯޓު ވެއްޓުނީ "ހެދުނު ގޯހަކުން": އީރާން
މިސައިލް އަރާ މަންޒަރު ވީޑިއޯ ކުރި މީހާ ހައްޔަރުކޮށްފި
ބޯޓު ވައްޓާލުމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފި
އީރާނަށް ގޮތެއް ނިންމަން ލިބުނީ 10 ސިކުންތު
ޔޫކްރޭނުގެ ބޯޓަށް މިސައިލެއް އަރާ ވީޑިއޯ އާއްމުކޮށްފި
އެމެރިކާ ފޭރިގަތް އީރާންގެ ވަޒަންތައް ޔޫކްރޭނަށް
ސައޫދީ-އީރާން ގުޅުން، އެމެރިކާ އަށް ލަދެއް
ރަޝިޔާއާ ގުޅުން ބަދަހިކުރަން ހުއްދައެއް ބޭނުމެއް ނޫން