14 ޖެނުއަރީ 2020
ދުނިޔޭގެ ކޮންސްޓްރަކްޝަން ދާއިރާ މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުރިން ކުރަން ޖެހޭ ބުރަ މަސައްކަތްތައް މިހާރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަ ކަމާއެކު ކޮށްލެވެ އެވެ. އެހެން ގައުމުތަކާ އެއް ފެންވަރަކަށް ރާއްޖެ ވެސް މި ދާއިރާގައި އަންނަނީ ކުރިއަރަމުންނެވެ. އެގޮތުން، އެސްޓީއޯއިން އެންމެ ފަހުން ބާޒާރަށް ނެރުނު ރެނަޕްލާސްޓަކީ ދާއިރާ ކުރިއެރުވުމުގައި އިސް ރޯލެއް އަދާކުރާނެ އެއްޗެކެވެ.
ދުނިޔޭގެ ކޮންސްޓްރަކްޝަން ދާއިރާ މިހާރު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ކުރިން ކުރަން ޖެހޭ ބުރަ މަސައްކަތްތައް މިހާރު ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފަސޭހަ ކަމާއެކު ކޮށްލެވެ އެވެ. އެހެން ގައުމުތަކާ އެއް ފެންވަރަކަށް ރާއްޖެ ވެސް މި ދާއިރާގައި އަންނަނީ ކުރިއަރަމުންނެވެ. އެގޮތުން، އެސްޓީއޯއިން އެންމެ ފަހުން ބާޒާރަށް ނެރުނު ރެނަޕްލާސްޓަކީ ދާއިރާ ކުރިއެރުވުމުގައި އިސް ރޯލެއް އަދާކުރާނެ އެއްޗެކެވެ.
އިޖިނިއަރުންގެ އިތުބާރު ލިބިފައިވާ "ރެނަޕްލާސްޓް ރެޑީމިކްސް ޕްލާސްޓާ" އަކީ ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ ކޮލިޓީ އުފެއްދުމެކެވެ. ކުރިން ޕްލާސްޓާ ކުރުމަށް ހިމުން ވެއްޔާއި ސިމެންތި އެއްކުރުމަށް ގިނަ ވަގުތު ނެގި ނަމަވެސް ރެނަޕްލާސްޓްގެ ސަބަބުން ވަގުތު ސަލާމަތްކުރެވެ އެވެ.
ގިނަ ފަހަރަށް ވެއްޔާއި ސިމެންތި ބޭނުންކޮށްގެން ޕްލާސްޓާ ތައްޔާރުކުރަން ޖެހެނީ ވަކި ބެޗުތަކަށެވެ. މިކަމުގެ ސަބަބުން ޕްލާސްޓާގެ ކޮލިޓީ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ އިމާރާތްތަކުގައު ރެނދުލުން ފަދަ ކަންތައްތައް ދިމާވަނީ ތަފާތު ބެޗުތައް ހެދުމުން ކޮލިޓީ ނުހިފެހެއްޓުމުގެ ސަބަބުންނެވެ. ރެނަޕްލާސްޓާ ބޭނުންކުރާ ފަރާތްތައް މިކަމާ މެދު ކަންބޮޑުވާން ނުޖެހޭނެ އެވެ. މި ޕްލާސްޓާއަކީ މިކްސިން ކޮލިޓީ އެއްވަރެއްގައި ހިފެހެއްޓުމަށް ހާއްސަ އިސްކަމެއް ދީގެން އުފައްދާފައިވާ އެއްޗަކަށްވުމުން އިމާރާތުގައި ރެނދުލުމުގެ ފުރުސަތު ވަރަށް ކުޑަ ވާނެ އެވެ.
ކޮސްޓްރަކްޝަން ސައިޓެއްގައި ރެނަޕްލާސްޓް ަސްތާތަކެއް ބަހައްޓާފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
އާންމުކޮށް ރާއްޖޭގައި އިމާރާތް ކުރުމުގައި ބޭނުންކުރާ ޕްލާސްޓާ ތައްޔާރު ކުރުމަށް ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ. ހިމުން ވެލި ގަތުމުގެ އިތުރުން ސިމެންތި ވެސް ގަންނަން ޖެހެ އެވެ. އަދި ގިނަ ފަހަރަށް ބޭނުންވާ ހިމުން ވެލި ލިބުމަކީ ވެސް ދަތި ކަމެކެވެ. އެގޮތުން، ރާއްޖެ އަށް ހިމުން ވެލި އެތެރެކުރަނީ ބޭރު ގައުމުތަކުން ކަމަށްވާތީ ވެލި ލިބުމުގައި ގިނަ ދުވަސްތަކެއް ނަގަ އެވެ. ނަމަވެސް ރެނަޕްލާސްޓުގެ ސަބަބުން މި ކަންތައްތަކަށް ވެސް ހައްލު ލިބިގެންދާނެ އެވެ. އެސްޓީއޯ އިން ބުނީ އެތަނުން މި ޕްލާސްޓާ ލިބުމުގައި އެއްވެސް ދަތިތަކެއް ނެތް ކަމަށެވެ.
މީގެ އިތުރުން ރެނަޕްލާސްޓް ބޭނުން ކުރުމުން އެއް ބަސްތާ އިން ބޮޑު ސަރަހައްދެއްގައި ޕްލާސްޓާ ކޮށްލެވޭނެ އެވެ. އެގޮތުން، 50 ކިލޯގެ އެއް ބަސްތާ ބޭނުންކޮށްގެން 30-25 އަކަފޫޓާ ހަމަ އަށް ޕްލާސްޓާ ޖަހާލެވޭނެ އެވެ. އިސްރާފުވާ މިންވަރު ވެސް މި ޕްލާސްޓާގެ ސަބަބުން ވަރަށް ބޮޑަށް ކުޑަ ވާނެ އެވެ.
އެސްޓީއޯ އިން ރެނަޕްލާސްޓް ރާއްޖޭގެ ބާޒާރަށް ނެރުނުތާ ކުޑަ ދުވަސްކޮޅެއް ވީއިރު ރާއްޖޭގެ ބޮޑެތި ކޮންސްޓްރަކްޝަން ކުންފުނިތަކުން ވަނީ މި އުފެއްދުން ބޭނުން ކުރަން ފަށައިފަ އެވެ. އަދި މި އުފެއްދުމަށް ލިބެމުން އަންނަ ތަރުހީބު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ރެނަޕްލާސްޓް ގަންނަ ފަރާތްތަކަށް އެ ކުންފުނިން ވަނީ ހިލޭ ޓެކްނިކަލް އެހީތެރިކަން ދޭން ވެސް ނިންމައިފަ އެވެ.
އެސްޓީއޯއިން 25 ބުރީގެ އިމާރާތެއް އަޅަނީ
އެސްޓީއޯއިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ހުޅުމާލެއަށް އެސްޓީއޯ ކޮންސްޓްރަކްޝަން ފިހާރައެއް
އެސްޓީއޯ "ރަމަޒާން ބާޒާރު"ން ތުރުކީ ދަތުރެއް ދެނީ
ހެއްޔާ މަކިޓާގައި 30 ޕަސެންޓާ ހަމައަށް ޑިސްކައުންޓް
ހުޅުމާލެ ހޮސްޕިޓަލުގައި ސްޓެރިލައިޒްކުރާ ތަނެއް ހަދަނީ
"އަލް ނޫރު" ހިކި ކިރަށް ހާއްސަ ޕްރޮމޯޝަނެއް
"މަކީޓާ" ގެ އުފެއްދުންތަކުން ބޮޑު ޑިސްކައުންޓެއް
ދޮވުނީ، ހިކުނީ: ހިޓާޗީ ދޮންނަ މެޝިންގެ ޕްރޮމޯޝަނެއް
އެސްޓީއޯ ހައިޕާމާކެޓް ކޮންސެޕްޓަށް އެއް އަހަރު