ގާނޫނީ ފަންނުގެ ގާނޫނުގެ ބައެއް މާއްދާތައް ހުރިިގޮތުން ބައެއް ދަތިތައް ކުރިމަތިވެދާނެތީ އެ މާއްދާތަކަށް އިސްލާހު ގެނައުމަށް ޚިޔާލަށް ހުޅުވާލައިފި އެވެ.
12 ޖެނުއަރީ 2020
ގާނޫނީ ފަންނުގެ ގާނޫނުގެ ބައެއް މާއްދާތައް ހުރިިގޮތުން ބައެއް ދަތިތައް ކުރިމަތިވެދާނެތީ އެ މާއްދާތަކަށް އިސްލާހު ގެނައުމަށް ޚިޔާލަށް ހުޅުވާލައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބާ ކައުންސިލުން މިދިޔަ ހަފުތާގައި ކުރި އިއުލާނެއްގައި ބުނީ ގާނޫނީ ފަންނުގެ ގާނޫނުގެ ބައެއް މާއްދާތައް ތަންފީޒުކޮށްފި ނަމަ، ދައުލަތުގެ ބައެއް މުއައްސަސާތަކުން ދޭ ޚިދުމަތްތަކަށާއި އެ ޚިދުމަތަށް އެދޭ ފަރާތްތަކަށް ތަފާތު ދަތިތައް ކުރިމަތިވެދާނެ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އަދި އެ މާއްދާތައް ތަންފީޒު ކުރުމުގައި ހުރި ދަތިތައް ދެނެގަނެ، އެ މާއްދާތަކަށް ގެންނަންޖެހޭ އިސްލާހުތައް އަވަހަށް ގެންނަން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެ އެވެ.
އެހެންވެ، ގާނޫނީ ފަންނުގެ ގާނޫނުގެ އެއްވެސް މާއްދާއަކާ ގުޅޭގޮތުން ޚިޔާލެއް އޮތް ނަމަ، އީމެއިލް މެދުވެރިކޮށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އުފެދުނު ބާ ކައުންސިލަކީ ވަކީލުން ރެގިއުލޭޓް ކުރުމާއި ގާނޫނީ ފަންނު ކުރިއެރުވުމަށް މަސައްކަތްކުރާ ކައުންސިލެވެ. ވަކީލުންގެ މެދުގައި ބާއްވާ އިންތިޚާބަކުން ހޮވާ އެ ކައުންސިލްގައި ބަންޑާރަ ނައިބު ވެސް އިންނަވަ އެވެ.
ފުރަތަމަ ބާ އިމްތިހާނުން 68 ޕަސެންޓް މީހުން ފާސްވި
ބާ ކައުންސިލްގެ ރައީސަކަށް ވިޝާމް، ނައިބަކަށް މިޒްނާ
ވަކީލުކަމުގެ ހުއްދަ އަށް ތަމްރީނު ހަދަން ލުއިތަކެއް
ލޯ ފާމްތަކާއި ލީގަލް ޕްރެކްޓިސް ރަޖިސްޓްރީވާން ޖެހިއްޖެ
ބާ ކައުންސިލްގެ ބަޖެޓަށް ވަކީލުންގެ ޚިޔާލު ހޯދަނީ
ބާ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ބާ އިމްތިހާނުން 73 މީހަކަށް ވަކީލުކަމުގެ ހުއްދަ
ވަކީލުންގެ ދާއިރާއިން ބޭރުކަންކަން ބެލޭގޮތަށް ފާސްކޮށްފި
ހާއްސަ ހުއްދަ އޮތްނަމަ އެގްޒާމް ނުހެދުން ރަނގަޅު