Roadha Mihaaru
ބާ ކައުންސިލްގެ އެސްޖީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލާން ހުޅުވާލައިފި

29 ޖުލައި 2019

ބާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ބާ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލުން ކުރި އިއުލާނެއްގައިވަނީ އެ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެއް އަހަރަށް އައްޔަންކުރާ އެ މަގާމުގެ ޝަރުތަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަތް އަހަރު މަސައްކަތް ކޮށްފައި ވުމާއި އެ މީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމެއް ސާބިތުވެފައި ނެތުމާއި ބަނގުރޫޓް ވެފައި ނުވަތަ ޖިނާޔަތުގެ ދަރަޖައިގެ ކުށެއް ސާބިތުވެފައި ނުވުމެވެ.

އެ މަގާމަށް އައްޔަންކުރާ ބޭފުޅަކަށް މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 35،000ރ. ލިބޭނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީންނެވެ.