Roadha Mihaaru
އަހަރަންގެ ޒާތީ ދިރިއުޅުމަކީ ހައިޖާނެއް: ބްރެޑް ޕިޓް

އަހަރަންގެ ޒާތީ ދިރިއުޅުމަކީ ހައިޖާނެއް: ބްރެޑް ޕިޓް

10 ޖެނުއަރީ 2020

ޒާތީ ދިރިއުޅުމަކީ ބޮޑު ހައިޖާނުގަނޑެއް ކަމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ފިލްމު "ވަންސް އަޕޮން އަ ޓައިމް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދި ބްރެޑް ޕިޓް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޒާތީ ދިރިއުޅުމަކީ ބޮޑު ހައިޖާނުގަނޑެއް ކަމަށް މިދިޔަ އާދީއްތަ ދުވަހު ބޭއްވި 77 ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ފިލްމު "ވަންސް އަޕޮން އަ ޓައިމް" އިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑް ހޯދި ބްރެޑް ޕިޓް ބުނެފި އެވެ.

މާކް މެރޯންގެ "ޑަބްލިއުޓީއެފް" ޕޮޑް ކާސްޓް ޝޯގައި 56 އަހަރުގެ އެކްޓަރު އޭނާގެ ދިރިއުޅުން ސިފަކުރަމުން ބުނީ އެއީ ތާކުންތާކު ނުޖެހޭ އެތައް ކަމެއް ހިނގާފައިވާ މައްސަލަ ބޮޑު ކުނިގޮނޑެއް ކަހަލަ ދިރިއުޅުމެއް ކަމަށެވެ.

ލިއޮނާޑޯ ޑި ކެޕްރިއޯ ވެސް ބައިވެރިވި ޝޯގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ޕިޓް ބުނިގޮތުގައި އޭނާ އަށް އެންމެ އުނދަގޫކުރާ އެއް ބަޔަކީ ޕަޕަރާޒީންނެވެ. އަދި އެކަން އެގޮތަށްވާ މައިގަނޑު ސަބަބަކީ އޭނާ ގުޅުން ބާއްވާ މީހުންގެ ހަގީގަތްތައް ހޯދަން ޕަޕަރާރީން ވަރަށް ބޮޑަށް ފާރަލާތީ ކަމަށް ވެސް ބުންޏެވެ. އެކަމަކު މިހާތަނަށް ވަރަށް ހަނި ގޮތްގޮތަށް ވެސް ޕަޕަރާޒީންގެ ކިބައިން ސަލާމަތްވެފައިވާ ކަމަށާއި ނަމަވެސް އެއްވެސް ހާދިސާއެއްގެ ތަފުސީލަކަށް ނުދާނެ ކަމަށް ބުންޏެވެ. ސަބަބަކީ އެފަދަ ބައެއް ކަންކަން އަދިވެސް ވަރަށް ތާޒާކޮށް މީޑިއާތަކުގައި ދައުރުވަމުން ދިޔުން ކަމަށް ބުންޏެވެ.

ޕިޓް ބުނީ އާދީއްތަ ދުވަހު ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސް އަށް ދާން ބޭނުންވީ މަންމަ ގޮވައިގެން ކަމަށެވެ.

"އެކަމަކު އެކަން ނުކުރި ސަބަބަކީ އަހަރެންނާ އެކީގައި ފެންނަ ކޮންމެ މީހަކީ އަހަރެން ޑޭޓްކުރާ މީހާގެ ގޮތުގައި ސިފަކުރުން،" އޭނާ ބުންޏެވެ.

ބްރެޑް ޕިޓް ގޯލްޑެންް ގްލޯބް އެވޯޑާ އެކު.

ޕިޓް މިހާތަނަށް ދެ ކައިވެނިކޮށްފައިވާ އިރު، އެ ދެ ކައިވެނި ވެސް ވަނީ ރޫޅިފަ އެވެ. އޭނާ އެންމެ ފުރަތަމަ ކައިވެނިކުރީ މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަނާ އެވެ. އޭގެ ފަހުން މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީއާ ކައިވެނިކޮށް ދަރިން ވެސް ހޯދި އެވެ.

ޕިޓާއި ޖޮލީ ވަކިވި ފަހުން ވެސް އެތައް އަންހެނުންނަކާ ޕިޓް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވެ އެވެ.