Roadha Mihaaru
އެނިސްޓަންގެ އާ ބައިވެރިޔަކީ ހެލީގެ ކުރީގެ ލޯބިވެރިޔާ

އެނިސްޓަންގެ އާ ބައިވެރިޔަކީ ހެލީގެ ކުރީގެ ލޯބިވެރިޔާ

31 ޖުލައި 2021

ހޮލީވުޑްގެ ބަތަލާ ޖެނިފާ އެނިސްޓަންގެ ދެވަނަ ކައިވެނި ރޫޅުނުތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. އޭނާ އާއި އެކްޓަރު ޖަަސްޓިން ތެރޯޒް ވަކީވީ 2017 ގަ އެވެ. އެެ ކައިވެނީގެ ކުރިން، ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އިން ވިދައިލި ބަތަލާ ކައިވެނިކުރީ އެކްޓަރު ބްރެޓް ޕިޓާ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ ބަތަލާ ޖެނިފާ އެނިސްޓަންގެ ދެވަނަ ކައިވެނި ރޫޅުނުތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވެއްޖެ އެވެ. އޭނާ އާއި އެކްޓަރު ޖަަސްޓިން ތެރޯޒް ވަކީވީ 2017 ގަ އެވެ. އެެ ކައިވެނީގެ ކުރިން، ކުރީގެ މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އިން ވިދައިލި ބަތަލާ ކައިވެނިކުރީ އެކްޓަރު ބްރެޓް ޕިޓާ އެވެ.

އެނިސްޓަންގެ ދެވަނަ ކައިވެނި ރޫޅުނު ދަނޑިވަޅަކީ ޕިޓާއި ބަތަލާ އެންޖެލީނާ ޖޯލީގެ ކައިވެނި ވެސް ރޫޅުނު ދަނޑިވަޅެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު ލަފާކުރީ އެ ދެ ތަރިން އަލުން ގުޅޭނެ ކަމަށެވެ.

އުމުރުން 52 އަހަރުގެ ބަތަލާ މިހާރު ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައި ވަނީ ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމު "ޑައި އެނަދަ ޑޭ" ފަދަ ފިލްމުތައް ކުޅެފައިވާ މަޝްހޫރު ބަތަލާ ހެލީ ބެރީގެ ކުރީގެ ލޯބިވެރިޔާ ގެބްރިއަލް އޯބްރީއާ އެވެ. އެ ދެ މީހުން ލޯބީގެ ގޮތުން ގުޅުނީ 2005-2010 އަށެވެ.

ގެބްރިއަލް، 44، އަކީ ކެނެޑާގެ މޮޑެލްއެކެވެ.

އެނިސްޓަންގެ ގާތް ބަޔަކާ ހަވާލާދީ ގޮސިޕްކޮޕުން ބުނި ގޮތުގައި ގެބްރިއަލް އާއި އެނިސްޓަންގެ ގުޅުން މިހާރު ވަރަށް ވަރުގަދަ އެވެ. މި ގުޅުމުގެ ވާހަކަ މާ ބޮޑަށް މީޑިއާތަކުގައި ދެކެވި، އެ މީހުންނަށް މީޑިއާތަކުގެ ސަމާލުކަން ހުއްޓޭކަށް ވެސް އެނިސްޓަން ބޭނުން ނުވާ ކަމަށް އޭނާގެ ގާތް މީހުން ބުނެފައިވެ އެވެ.

އެ މީހުން ބުނެފައިވާ ގޮތުގައި އެނިސްޓަން މިހާރު ބޭނުން ވަނީ ދެން މުޅި އުމުރަށް އެކީގައި އުޅޭނެ ބައިވެރިއެކެވެ. އަދި ދަރިއެއް ހޯދުމާ މެދު ވެސް އޭނާ ވަރަށް ބޮޑަށް ވިސްނާ ކަމަށާއި ތިން ވަނަ ކައިވެންޏާ ދޭތެރޭ ގެބްރިއަލްއާ އެކު ވަރަށް ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ވެސް ބުންޏެވެ.

"އެނިސްޓަން މިހާރު ހުރީ ގެބްރިއަލްއާ އެކީ ވަރަށް އުފަލުން. ދެ މީހުންގެ ގުޅުން ފެންނަނީ ވަރަށް އުޖާލާކޮށް." ގޮސިޕްކޮޕަށް ވާހަކަ ދެއްކި ގާތް މީހަކު ބުންޏެވެ.