05 ނޮވެމްބަރ 2018
އެންޖެލީނާ ޖޮލީ އެންމެ ފަހުން ކައިވެނިކޮށްގެ އުޅުނީ "ފްރެންޑްސް"ގެ ތަރި ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އެވެ. މިހާރު އަނެއްކާ މި އިވެނީ ޖެނިޕާ އެނިސްޓަން އެންމެ ފަހުން ކައިވެނިކޮށްގެ އުޅުނު ޖަސްޓިން ތެރަކްސްއާ ޖޮލީ ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ.
އެންޖެލީނާ ޖޮލީ އެންމެ ފަހުން ކައިވެނިކޮށްގެ އުޅުނީ "ފްރެންޑްސް"ގެ ތަރި ޖެނިފާ އެނިސްޓަންގެ ކުރީގެ ފިރިމީހާ ބްރެޑް ޕިޓާ އެވެ. މިހާރު އަނެއްކާ މި އިވެނީ ޖެނިޕާ އެނިސްޓަން އެންމެ ފަހުން ކައިވެނިކޮށްގެ އުޅުނު ޖަސްޓިން ތެރަކްސްއާ ޖޮލީ ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ.
ޖޮލީ، 43، އާއި ޖަސްޓިން، 47، ރައްޓެހިވެގެން އުޅޭ ކަމަށް އަޑު ފެތުރިފައި ވާއިރު އެނިސްޓަން، 49، ކައިވެނި ރޫޅައިލީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
ޖޮލީ އާއި ބްރެޑް ޕިޓްގެ ކައިވެނީގައި ކުނިޖެހި ޕިޓް ކައިރިން ވަރިވާން ޖޮލީ ކޯޓަށް މައްސަލަ ހުށަހެޅީ 2016 ގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
Angelina Jolie aai Brad Pitt vari vanee
The most trusted news source in the Maldives
Mihaaru
ޖޮލީ އާއި ޕިޓްގެ ކައިވެނި ރޫޅައިލީ 2016 ގައި.
ގިނަ ބަޔަކު ބުނަމުން ދިޔައީ އެނިސްޓަންގެ ދެވަނަ ކައިވެނި ވެސް ރޫޅުނީ، ޕިޓްގެ ކައިވެނި ވެސް ރޫޅުނުތާ މާ ގިނަ ދުވަހެއް ނުވަނިސް ކަމަށްވާތީ އެ ދެ މީހުން އަލުން ގުޅުން އެކަށީގެންވާ ކަމަށެވެ. އެކަމަކު އެކަން ވުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ.
ޖަސްޓިން އާއި ޖޮލީގެ ގުޅުމަކީ ތެދަކަށްވެއްޖެ މިއީ އާދައިގެ ކަމަކަށް ނުވާނެ އެވެ. މިއީ ފޭކް ޚަބަރަކަށް ވެއްޖެ ނަމަ އަހަރުގެ އެންމެ ބޮޑު ދޮގަށް ވެސް ވެދާނެ އެވެ.
އެ ދެ މީހުންނާ ބެހޭ ގޮތުން ލައިފް އެންޑް ސްޓައިލް މެގަޒިންގައި ބުނީ ދެ ތަރިން ވަރަށް ފަހުން ނިއު ޔޯކްގައި އެކި ފަހަރުމަތިން ބައްދަލުކޮށްފައިވާ ކަަމަށެެ. އަދި ޖޮލީ، ޖަސްޓިންއާ އެކު ފިލްމެއްގެ މަސައްކަތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކައިފައިވާ ކަމަށްވެ އެވެ.
Jennifer Aniston ge 2 vana kaiveni ves roolhijjje
The most trusted news source in the Maldives
Mihaaru
އެނިސްޓަން އާއި ޖަސްޓިންގެ ކައިވެނި ރޫޅައިލީ މިދިޔަ އަހަރު.
އެ ދެ މީހުންނާ ބެހޭ ގޮތުން އެ މަޖައްލާ އަށް ވާހަކަ ދައްކި މީހާ ބުނި ގޮތުގައި ނިއު ޔޯކުގައި ޖޮލީ އާއި ޖަސްޓިން އެކުގައި އުޅެނިކޮށް ފެނުނު އިރު ދެ މީހުންގެ ގުޅުމަކީ އާދައިގެ ގުޅުމެއް ނޫންކަން ދޭހަ އެވެ. ސަބަބަކީ ވަރަށް ގައިގޯޅިކޮށް އުޅެފައިވުމެވެ.
އޭނާ ބުނި ގޮތުގައި ދެ ތަރިން ގުޅުމަކީ ހަމަ ވެދާނެ ކަމެކެވެ. ސަބަބެއް ކަމަށް ބުނީ ޖޮލީ އާއި ޖަސްޓިން އަކީ ވަރަށް މިޒާޖު އެއްގޮތް ދެ މީހުންނަށް ވުމެވެ.
އެނިސްޓަންގެ ބައޮގްރަފީ ދެން ލަހެއް ނުވާނެ
އެނިސްޓަންގެ އާ ބައިވެރިޔަކީ ހެލީގެ ކުރީގެ ލޯބިވެރިޔާ
ކުރީގެ "ލޯބިވެރިޔަކު" ބްރެޑް ޕިޓަށް ދައުވާކޮށްފި
ބްރެޑް ޕިޓާ މިހާރު ގުޅުވަނީ އާލިއާ ޝައުކަތު
އަހަރަންގެ ޒާތީ ދިރިއުޅުމަކީ ހައިޖާނެއް: ބްރެޑް ޕިޓް
ފިލްމު ކުޅޭ ވަރަށް ވުރެ މިހާރު މުސްކުޅިވެއްޖެ: ބްރެޑް ޕިޓް
އެންޖެލީނާ ޖޮލީ އާއި ޓޮމް ހިޑެލްސްޓަން އަޅުވައިކިޔަނީ
ބްރެޑް ޕިޓްގެ އާ ބައިވެރިޔަކީ ޗާލީޒް ތެރަން؟
ބްރެޑް ޕިޓް ދެން ސެލެބްރިޓީއަކާ ނުގުޅޭނެ
ބްރެޑް ޕިޓް ފިލްމް ކުޅުން ހުއްޓާލަނީ