ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް މިދިޔަ އަހަރަކީ އުންމީދުކުރި ވަރުގެ ކާމިޔާބު އަހަރެއް ނޫނެވެ. ބޮލީވުޑްގައި މިހާރު އެންމެ ނުފޫޒުގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ދަރުމާގެ އެންމެ ބޮޑު ފްލޮޕް އައީ ވެސް އައީ މިދިޔަ އަހަރު އެވެ. އެއީ ބޮޑު ބޮޑު ބަޖެޓަކުން ހެދި އުންމީދީ ފިލްމު "ކަލަންކް" އެވެ.
08 ޖެނުއަރީ 2020
ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނަށް މިދިޔަ އަހަރަކީ އުންމީދުކުރި ވަރުގެ ކާމިޔާބު އަހަރެއް ނޫނެވެ. ބޮލީވުޑްގައި މިހާރު އެންމެ ނުފޫޒުގަދަ ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ދަރުމާގެ އެންމެ ބޮޑު ފްލޮޕް އައީ ވެސް އައީ މިދިޔަ އަހަރު އެވެ. އެއީ ބޮޑު ބޮޑު ބަޖެޓަކުން ހެދި އުންމީދީ ފިލްމު "ކަލަންކް" އެވެ.
ކަރަންގެ ބައްޕަ އަދި ކުރީގެ ޕްރޮޑިއުސަރު ޔާޝް ޖޯހަރުގެ ހުވަފެނެއް ހަގީގަތަކަށް ހަދައިދޭން އޭ-ލިސްޓް ބޮޑު ކާސްޓަކާ އެކު އަބީޝެކް ވަރުން ޑައިރެކްޓްކުރި އެ ފިލްމަކީ ކުރި ހަރަދު ވެސް އަނބުރާ ނުލިބުނު ފިލްމެކެވެ.
މިދިޔަ އަހަރު ދަރުމާ އިން ޖުމްލަ ފަސް ފިލްމެއް ގެނެސްދިނެވެ. އޭގެ ތެރޭގައި ހިމެނެނީ "ކަލަންކް" ގެ އިތުރުން "ކޭސަރީ" އާއި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ އިތުރުން "ގުޑް ނިއުޒް" އަދި ސިނަމާތަކުގެ ބަދަލުގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި "ޑްރައިވް" އެވެ. މި ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު ވިޔަފާރި އަށް ކުރި ފިލްމުތަކީ އަކްޝޭ ކުމާރު ލީޑް ރޯލް ކުޅުނު "ކޭސަރީ" އާއި "ގުޑް ނިއުޒް" އެވެ.
ރިޕޯޓްތައް ބުނާގޮތުން މާލީ ގޮތުން 2019 ގައި ކުރިމަތިލާން ޖެހުނު ކަންކަމަށް ރިއާޔަތްކޮށް، ދަރުމާ އިން މި އަހަރު ހަދާ ފިލްމުތަކަށް ހަދާނީ ބަޖެޓް ވަރަށް ބޮޑަށް ހިފަހައްޓައިގެންނެވެ.
އެގޮތުން އަންނަ މަހު ކަރަން ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ އޭނާގެ ހަތް ވަނަ ޑައިރެކްޝަން "ތަޚުތު" ގެ ބަޖެޓް ވެސް ކުޑަކޮށްފައިވާ ކަމަށްވެ އެވެެ. މި ފިލްމަކީ ތާރީހީ ހާދިސާއަކަށް ބިނާކޮށް ހަދާ ފިލްމަކަށްވާތީ ފިލްމަށް ކުރާ ހަރަދު އާންމު ފިލްމަކަށް ބުރެ ބޮޑުވާނެ އެވެ. ސަބަބަކީ ބޮޑެތި ސެޓްތައް ހަދަން ޖެހުމާއި ކޮސްޓިއުމާއި އެ ނޫން ވެސް ކަންކަމަށް ބޮޑު ހޭދައެއްކުރަން ޖެހުމެވެ.
ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ކުރިން ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސް (28 މިލިއަން ޑޮލަރު) ވަރު ހަރަދުވާނެ ކަމަށް ބެލެވުނު ފިލްމުގެ ބަޖެޓް 150 ކްރޯޑް ރުޕީސް (21 މިލިއަން ޑޮލަރު) އަށް ވުރެ އިތުރުނުކުރަން ވަނީ ނިންމައިފަ އެވެ. ނަމަވެސް ކަރަން އަކީ އަބަދު ވެސް އޭނާ ޑައިރެކްޓްކުރާ ފިލްމުތައް ޗާލުކުރަން ބޮޑު ހަރަދުކުރާ ޑައިރެކްޓަކަށްވެފައި، މުގާލް ރަސްކަމުގެ ދުވަސްވަރުގެ ހާދިސާތަކެއް ދައްކުވައިދޭ ފިލްމަށް އޭނާ ބަޖެޓް ތާށިކޮށްފާނެތޯ ބައެއް ފަރާތްތަކުން ސުވާލު ވެސް އުފައްދަ އެވެ.
ކުރިން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ތަޚުތު" ގެ މައިގަނޑު އައުޓްޑޯ މަންޒަރުތައް ނަގަން ނިންމާފައި ވަނީ އިޓަލީގަ އެވެ. ނަމަވެސް އެއީ އަދި ކަށަވަރު ވާހަކައަކަށް ނުވެ އެވެ. ސަބަބަކީ ކަރަން ފިލްމާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު ތަފުސީލުތަކެއް ހިއްސާކޮށްފައި ނުވުމެވެ.
ރިލީޒްކުރާނެ ތާރީހެއް ވެސް އަދި އިއުލާންނުކުރާ "ތަޚުތު" އަކީ ވެސް އޭ-ލިސްޓް ކާސްޓެއް ހިމެނޭ ފިލްމެކެވެ. އޭގެ ތެރޭގައި ރަންވީރު ސިންގް، ކަރީނާ ކަޕޫރު، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރު ހިމެނެ އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ދަރުމާގެ މި އަހަރުގެ އެންމެ ބޮޑު ޓާގެޓަކީ އިންޑިއާ އިން ބޭރުގައި ޝޫޓްކުރަން ޖެހޭ ކަހަލަ ފިލްމުތައް ހެދުން މަދުކުރުމެވެ. ބޭނުމަކީ ހަރަދުތައް ކުޑަކުރުމެވެ.
އެ ސްޓޫޑިއޯ އިން މިހާރު ގެނެސްދޭން ހުރި ފިލްމުތަކުގެ ތެރޭގައި "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް"، "ސޫރިޔާވަންޝީ"، "ބޫތު: ޕާޓް ވަން-ހޯންޓެޑް ޝިޕް"، "ބުރައްމަސްތުރާ"، "ދޯސްތާނާ 2" އަދި "ޝޭރް ޝާހް" ގެ އިތުރުން "މިސްޓަ ލޭލޭ" ހިމެނެ އެވެ.
ބެލެވޭ ގޮތުން "ތަޚުތު" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު އެވެ.
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ "ތަޚުތު" އަށް ކުރެވޭ އުންމީދު ފެނަށްވެދާނެ
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ
"ތަޚުތު" އާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް
ކަރަންގެ "ތަޚުތު" ގެ ޝޫޓިން އަށް 170 ދުވަސް
ކަރަންގެ "ތަޚްތު" ގެ ބޮޑު ބައެއްގެ ޝޫޓިން އިޓަލީގައި
ކަރަންގެ "ތަހުތު" ގެ ޝޫޓިން އަންނަ އަހަރަށް ފަސްކޮށްފި