މީގެ އަހަރެއް ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރު އިއުލާންކުރި އޭނާގެ ހަތް ވަނަ ޑައިރެކްޝަން "ތަހުތު" ގެ ޝޫޓިން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
09 އޯގަސްޓް 2019
މީގެ އަހަރެއް ކުރިން ޑައިރެކްޓަރު ކަރަން ޖޯހަރު އިއުލާންކުރި އޭނާގެ ހަތް ވަނަ ޑައިރެކްޝަން "ތަހުތު" ގެ ޝޫޓިން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ކުރިން، އަންނަ ޑިސެމްބަރުގައި ޝޫޓިން ފަށަން ތާވަލުކޮށްފައި އޮތް ފިލްމުގެ ޝޫޓިން މިހާރު ފަށަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "ތަހުތު" ގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށް އެބަ ދެ އެވެ.
އެގޮތުން ފިލްމު ޝޫޓްކުރަން ތައްޔާރު ކުރާ ބިޔަ ސެޓްތަކާއި ފިލްމުގެ ކޮސްޓިއުމާއި ގަހަނާތަކާއި އެ ނޫން ވެސް ފިލްމާ ގުޅުން ހުރި ވަރަށް މުހިއްމު މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުންޏެެވެ.
The Screenplay is by SUMIT ROY! Dialogues by HUSSAIN HAIDRY,SUMIT ROY! And thanks to @NotSoSnob for bringing these talents to us at @DharmaMovies ! An exciting journey ahead....WRITERS are the heartbeat and soul of a film! These gentlemen lead all the way.... pic.twitter.com/hyTucBmKaG
— Karan Johar (@karanjohar) August 9, 2018
"ތަހުތު" އަކީ މުގާލް ރަސްކަމުގެ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ކަރަން ޑައިރެކްޓް ކުރާ ތާރީހީ ފުރަތަމަ ފިލްމެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ސުމިތު ރޯއި އެވެ.
ބައެއް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރަން ޕްރޮޑިއުސްކޮށް، މިދިޔަ އެޕްރީލް މަހު ގެނެސް ބޮޑު ބަޖެޓް ތާރީހީ ލޯބީގެ ފިލްމު "ކަލަންކް" އުންމީދު ކުރި ގޮތާ ހިލާފަށް ބޮކްސް އޮފީިހުގައި ބޮޑުތަނުން ފެއިލްވެފައިވާތީ، އެ ފިލްމުގެ ތަޖުރިބާގެ އަލީގައި "ތަހުތު" ގެ ސްކްރީންޕްލޭ އަށް ބައެއް ކަހަލަ ބަދަލުތައް ވެސް ގެނެސްފައިވެ އެވެ. އަދި ފިލްމުގެ ޝޫޓިން އަންނަ އަހަރަށް ފަސްކުރި އެއް ސަބަބަކީ ވެސް އެއީ ކަމަށްވެ އެވެ.
"ތަހުތު" ގެ މައިގަނޑު ރޯލްތަކުން ފެނިގެން ދާނީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ބޫމީ ޕެޑްނޭކަރު އަދި ޖާންވީ ކަޕޫރެވެ. މި ފިލްމު ރިލީޒް ކުރާނެ ތާރީހެއް ވެސް އަދި އިއުލާން ނުކުރި ނަމަވެސް އަންނަ އަހަރު ފިލްމު ރިލީޒް ކުރާނެ ކަމަށް ކަރަން ބުންޏެވެ.
"ކުޗް ކުޗް ހޯތާ ހޭ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ ރަންބީރު ކަޕޫރާއި އަނުޝްކާ ޝަރުމާ އަދި އައިޝްވާރިޔާ ރާއީ ލީޑް ރޯލް ކުޅުނު 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އެވެ.
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ "ތަޚުތު" އަށް ކުރެވޭ އުންމީދު ފެނަށްވެދާނެ
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ
"ތަޚުތު" އާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް
ކަރަންގެ "ތަޚުތު" ގެ ބަޖެޓް ކުޑަކޮށްފި؟
ކަރަންގެ "ތަޚުތު" ގެ ޝޫޓިން އަށް 170 ދުވަސް
ކަރަންގެ "ތަޚްތު" ގެ ބޮޑު ބައެއްގެ ޝޫޓިން އިޓަލީގައި