ކަރަން ޖޯހަރު ޑައިރެކްޓްކުރާ ތާރީހީ ފިލްމު "ތަޚުތު" ގެ ގިނަ މަންޒަރުތަކެއް އިޓަލީގައި ޝޫޓްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
13 ސެޕްޓެމްބަރ 2019
ކަރަން ޖޯހަރު ޑައިރެކްޓްކުރާ ތާރީހީ ފިލްމު "ތަޚުތު" ގެ ގިނަ މަންޒަރުތަކެއް އިޓަލީގައި ޝޫޓްކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.
މި ފިލްމަކީ އިންޑިއާގައި މުގާލްގެ ރަސްކަން އޮތް ދުވަސްވަރުގެ ވާހަކައެއް ކިޔައިދޭ ފިލްމެކެވެ.
ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ކަރަން ޑައިރެކްޓްކުރާ ފުރަތަމަ ތާރީހީ އަދި އޭނާގެ ހަތް ވަނަ ޑައިރެކްޝަންގެ މަންޒަރުތައް އިޓަލީގައި ނަގަން ނިންމި ނަމަވެސް ފިލްމުގެ މައިގަނޑު އިންޑޯ މަންޒަރުތައް ނަގާނީ މުމްބާއީގައި ހަދާފައިވާ ސެޓްތަކުގަ އެވެ.
ހަންގާމާ އިން ބުނި ގޮތުގައި އިޓަލީގައި ފިލްމު އައުޓްޑޯ މަންޒަރުތައް ނަގަން ނިންމީ މުގާލް ރަސްކަމުގެ ޒަމާނުގެ ފާޑުވެރިކަން ދައްކުވައިދޭ ބޮޑެތި ގަނޑުވަރުތަކާއި ކިއްލާތައް އިޓަލީގައި ހުރުމުން ފިލްމު ގްރޭންޑް ކުރުމުގެ ގޮތުންނެވެ.
ނަމަވެސް އިޓަލީގައި "ތަޚުތު" ގެ މަންޒަރުތަކެއް ނެގިޔަސް، ފިލްމު ސްކްރީނުން ބެލުންތެރިން ބަލާއިރު، އެއީ އިޓަލީ ކަމެއް އިހުސާސެއް ނުކުރެވޭނެ އެވެ. އަދި ފިލްމު ފުރިހަމަކުރުމުގެ ގޮތުން ގިނަ އަދަދަކަށް ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) ވެސް ބޭނުންކުރާނެ އެވެ.
The Screenplay is by SUMIT ROY! Dialogues by HUSSAIN HAIDRY,SUMIT ROY! And thanks to @NotSoSnob for bringing these talents to us at @DharmaMovies ! An exciting journey ahead....WRITERS are the heartbeat and soul of a film! These gentlemen lead all the way.... pic.twitter.com/hyTucBmKaG
— Karan Johar (@karanjohar) August 9, 2018
ބޮޑު ކާސްޓެއް ވެސް ހިމެނޭ ފިލްމުގެ ޝޫޓިން ފަށަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އަހަރުހެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދާދި ފަހުން ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ ކުރިން މިއަހަރުގެ ފަހުކޮޅު ޝޫޓިން ފަށަން ރޭވި ފިލްމުގެ މަސައްކަތް އަންނަ އަހަރަށް ފަސްކުރީ ފިލްމުގެ ތައްޔާރީތަކަށް ވަގުތު ބޭނުންވާތީ އެވެ.
އެހެންވެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ބުންޏެވެ. އޭނާ ބުނިގޮތުގައި "ތަޚުތު" އަކީ ޑައިރެކްޓްކުރާ އަލަތު ތާރީހީ ފިލްމަށް ވާތީ ވަރަށް ވެސް ފުރިހަމަ އަދި ރީތި ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭން މަސައްކަތް ކުރާނެ އެވެ.
ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ކަރީނާ ކަޕޫރް، ރަންވީރު ސިންގް، އާލިއާ ބަޓް، ވިކީ ކޯޝަލް، ޖާންވީ ކަޕޫރް، އަނިލް ކަޕޫރް އަދި ބޫމީ ޕެޑްނޭރަކެވެ.
ކަރަން "ތަޚުތު" އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 9 ގަ އެވެ. އޭނާ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިނީ 2016 ގެ "އޭ ދިލް ހޭ މުޝްކިލް" އެވެ.
"ތަޚުތު" އަކީ ޔަގީނުން ވެސް ހަދާނެ ފިލްމެއް: ކަރަން
ކަރަންގެ "ތަޚުތު" އަށް ކުރެވޭ އުންމީދު ފެނަށްވެދާނެ
ކަރަންގެ "ތަޚުތު" ގެ ކާސްޓަށް ޖާވިދު ޖެފްރީ
"ތަޚުތު" އާ ބެހޭ ވާހަކަތައް ކަރަން ދޮގުކޮށްފި
ކޮވިޑް-19އާ ހެދި "ތަޚުތު" ގެ ޝޫޓިން ފަސްކޮށްފި
ކަރަންގެ "ތަޚުތު" ބޮއިކޮޓްކުރަން ގޮވައިލަން ފަށައިފި
ކަރަންގެ "ތަޚުތު" ގެ މޯޝަން ޕޯސްޓަރެއް
ކަރަންގެ "ތަޚުތު" ގެ ބަޖެޓް ކުޑަކޮށްފި؟
ކަރަންގެ "ތަޚުތު" ގެ ޝޫޓިން އަށް 170 ދުވަސް
ކަރަންގެ "ތަހުތު" ގެ ޝޫޓިން އަންނަ އަހަރަށް ފަސްކޮށްފި