Roadha Mihaaru
އެންމެ ދުވަސްވީ މީހާ އަށް 117 އަހަރު

އެންމެ ދުވަސްވީ މީހާގެ 117 ވަނަ އުފަން ދުވަސް ފާހަގަކޮށްފި

07 ޖެނުއަރީ 2020

ދުނިޔޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، ޖަޕާނުގެ ކޭން ޓަނާކާގެ 117 ވަނަ އުފަން ދުވަސް މިދިޔަ އާދީއްތަ ދުވަހު ފާހަގަކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދުނިޔޭގައި މި ވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، ޖަޕާނުގެ ކޭން ޓަނާކާގެ 117 ވަނަ އުފަން ދުވަސް މިދިޔަ އާދީއްތަ ދުވަހު ފާހަގަކޮށްފި އެވެ.

އޭނާ އަކީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާގެ ގޮތުގައި ކަނޑައަޅައި، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ދީފައި ވަނީ މިދިޔަ އަހަރު މާޗް މަހުގެ 6 ގަ އެވެ.

ޓަނާކާ އަކީ ޖަޕާނުގެ ދެކުނުގެ ފުކޯކާ ސިޓީގެ އުމުރުން ދުވަސްވީ މީހުން ތިބޭ ނާސިން ހޯމެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ. އޭނާގެ 117 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި ހަފުލާގައި އެތަނުގެ މުވައްޒަފުންނާއި ބައެއް މީޑިއާތަކުގެ މީހުންނާ އެކު ކޭކު ފަޅައި، އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައިވެ އެވެ. އެ ހަފުލާގައި ޓަނާކާ ވަނީ ފޮނިކާ އެއްޗިއްސަށް ވަރަށް ލޯބިކުރާ ކަމަށް ބުނެ، އޭނާ ހިތްފުރެންދެން ކޭކު ކާން ދޭން ވެސް އެދިފަ އެވެ.

އުމުރުން ގަރުނަކަށް ވުރެ ގިނަ ދުވަސްވިޔަސް، ޓަނާކާގެ މާ ބޮޑު ސިއްހީ މައްސަލަތަކެއް ނެތެވެ. އަދި އޭނާ ފެންނަނީ ވަރަށް އުފާވެރިކޮށް، ހިނިވުންވެފައިވާ ލޯބި މޫނަކާ އެކީގަ އެވެ.

ޓަނާކާ ބުނިގޮތުގައި އޭނާގެ ދިގު އުމުރުގައި ވަކި ހާއްސަ ކަމެއް ނެތެވެ. އެކަމަކު އަބަދު ވެސް ހެނދުނު 6:00 ގައި ހޭލުމާއި ހިސާބުގެ އިލްމަކީ ވަރަށް ލޯބިކުރަމުން ދިޔަ ކަމެކެވެ.

ޓަނާކާ އަކީ އޭނާގެ އާއިލާ އަށް އުފަންވި އަށް ކުދިންގެ ތެރެއިން ހަތް ވަނަ ކުއްޖާ އެވެ. އޭނާ އުފަންވީ 1903 ގަ އެވެ. އަދި ކައިވެނި ކުރީ 1922 ގަ އެވެ. އެ ކައިވެންޏަށް ހަތަރު ދަރިން ލިބިފައިވާ އިރު، ފަސް ވަނަ ދަރި އަކީ އެޑޮޕްޓްކުރި ކުއްޖެކެވެ.

ޓަނާކާ އަށް އެންމެ ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ދުނިޔޭގެ ރެކޯޑް ލިބުނު އިރު، އެންމެ ފަހުން ވެސް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ހުރީ ޖަޕާނު މީހެކެވެ. އޭނާ މިދިޔަ 113 އަހަރުގައި ވަނީ މަރުވި މަސާޒޯ ނޮނާކާ އެވެ.

މިހާތަނަށް ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ގޮތުގައި ގިނިސް ވޯލްޑް ރިކޯޑުން ކަނޑައަޅާފައި ވަނީ 122 އަހަރުގައި 1997 ގައި މަރުވެފައިވާ ފްރާންސްގެ ޖިއާން ލުއީ ކަލްމެންޓެވެ.