Roadha Mihaaru
ދަ ޕާފިއުމް ޝޮޕްގެ އޮންލައިން ފިހާރަ ހުޅުވައިފި

ދަ ޕާފިއުމް ޝޮޕްގެ އޮންލައިން ފިހާރަ ހުޅުވައިފި

01 ޖެނުއަރީ 2020

ރާއްޖޭގައި ސެންޓު ވިއްކާ މަޝްހޫރު ފިހާރައެއް ކަމަށް ޕްލާޒާ އިންސެންސް (ދަ ޕާފިއުމް ޝޮޕް)ގެ އޮންލައިން ފިހާރަ ހުޅުވައިފި އެެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ސެންޓު ވިއްކާ މަޝްހޫރު ފިހާރައެއް ކަމަށް ޕްލާޒާ އިންސެންސް (ދަ ޕާފިއުމް ޝޮޕް)ގެ އޮންލައިން ފިހާރަ ހުޅުވައިފި އެެވެ.

މިއަދު ފެށި، އާ އަހަރާ ދިމާކޮށް ހުޅުވައިލި އޮންލައިން ފިހާރަ އިން، ރަށްދެބައި މަގުގައި ހުންނަ ދަ ޕާފިއުމް ޝޮޕުން ލިބޭ ހުރިހާ ސާމާނެއް ލިބޭނެ އެވެ.

ދަ ޕާފިއުމް ޝޮޕް ހިންގާ ޕްލާޒާ އެންޓަޕްރައިސަސްގެ ޖެނެރަލް މެނޭޖަރު މޫސާ މުސްތަފާ ވިދާޅުވީ، އޮންލައިން ފިހާރައިން 250ރ. އަށް ވުރެ މަތީގެ ހުރިހާ ވިޔަފާރިއެއް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށެވެ. ނަމަވެސް އެ އަށް ވުރެ އަގު ކުޑަ އެއްޗެއް ޑެލިވަރީ ކުރަން އިތުރަށް ޗާޖު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަ ޕާފިއުމް ޝޮޕުން ވިއްކާ ބައެއް ސާމާނު-:ފޮޓޯ:ޕްލާޒާ

ދަ ޕާފިއުމް ޝޮޕުން ވިއްކާ ބައެއް ސާމާނު-:ފޮޓޯ:ޕްލާޒާ

ރާއްޖޭގެ ފިހާރަތަކުގެ ތެރެއިން އޮންލައިންކޮށް ހިންގަނީ މަދު ބައެކެވެ. ދަ ޕާފިއުމް ޝޮޕުން ވިއްކާ ހުރިހާ ސާމާނެއް އޮންލައިންކޮށް ގަނެވޭ އިރު ކޭޝް އޮން ޑެލިވަރީ އާއި ފައިސާ އެކައުންޓަށް ޓްރާންސްފާ ކޮށްގެން ވެސް ވިޔަފާރި ކޮށްލެވޭނެ އެވެ.

"އެގޮތަށް ރާއްޖޭގެ ކަސްޓަމަރުންނަށް ފަސޭހަ އިން ވިޔަފާރި ކުރެވޭނެ މަގުފަހި ކޮށްދިނުމަށްޓަކައި އަޅުގަނޑުމެން މި ޒަމާނީ ބަދަލު ގެންނަން ބޭނުންވީ،" އޭނާ ވިދާޅުވި އެވެ.

އޮންލައިންކޮށް ތަކެތި ގަތް ކަމުގައި ވިޔަސް އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ އެވެ. ދިވެހިންގެ މެދުގައި މަޝްހޫރު ސެންޓް ބްރޭންޑް ރަސާސީގެ ގިނަ އުފެއްދުންތަކެއް އެ ފިހާރަ އިން ލިބޭނެ އެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް އޮންލައިންކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެގޮތުން ޕްރޮމޯ ކޯޑަކީ "މިހާރު" އެެވެ. މިކޯޑު ބޭނުން ކޮށްގެން ކޮންމެ ޔޫޒާއަކުން ވެސް އެއްފަހަރު ޑިސްކައުންޓާ އެކު ވިޔަފާރި ކޮށްލެވޭނެ އެވެ.

އެ ފިހާރައިގެ އޮންލައިން ވެބްސައިޓަށް ވަދެ، އީމެއިލް، ފޭސްބުކް އައިޑީ ބޭނުން ކޮށްގެން ވެސް ރަޖިސްޓާ ވެވޭނެ އެވެ. ރަޖިސްޓާ ވާ ފަރާތްތައް އޮޓަމެޓިކުން އޮންލައިން ރިވޯޑިން ސިސްޓަމަށް ކޮލިފައި ވާނެ އެވެ. އަދި އޮންލައިން ރިވޯޑިން ސިސްޓަމް ބޭނުން ކޮށްގެން ވެސް ރަޖިސްޓާ ކުރެވޭނެ އެވެ.

"މި ރިވޯޑިން ސިސްޓަމްގެ ސަބަބުން، ވިޔަފާރި ކުރާ ފަރާތްތަކަށް ލޯޔަލް ޕޮއިންޓްސް ލިބި، ބައްލަވައި ގަންނަވަން ބޭނުންފުޅުވާ މުދަލުން އިތުރު ޑިސްކައުންޓްސް ހޯދުމުގެ ފުރުސަތު ފަހިވާނެ،" މޫސަ ވިދާޅުވި އެވެ.

ޕްލާޒާ އެންޓަޕްރައިސަސް އަކީ ދުބާއީގެ ރަސާސީ ކުންފުނީގެ ރާއްޖޭގެ ޑިސްޓްރިބިއުޓަރެވެ. އަދި ޕްލާޒާ އިން ރާއްޖޭގައި ރަސާސީގެ އުފެއްދުންތައް ވިއްކާތާ މިހާރު 18 އަހަރު ވެއްޖެ އެވެ.

ރަސާސީ އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލް ގިނަ ބްރޭންޑުތަކެއްގެ ސެންޓު ގެނެސްދޭ ބައެކެވެ. އޭގެ ތެރޭގައި، "ޑާރެޖް" އާއި "ރިލޭޝަން" އަދި "ފީލިންސް" ފަދަ ދިވެހި ޒުވާނުންނަށް ކަމުދާ ބްރޭންޑުގެ ސެންޓުތައް ހިމެނެ އެވެ.

އެ ނޫނަސް، މީރުވަސް ދުވާ ތަފާތު ބްރޭންޑުތަކުގެ ސެންޓު ޕްލާޒާ އިން ރާއްޖެ އަށް އެތެރެކުރެ އެވެ.