Roadha Mihaaru

ފޭސްބުކް އެކައުންޓަކާ ނުލައި ދެން މެސެންޖާ ބޭނުމެއް ނުކުރެވޭނެ

ފޭސްބުކާ ނުލައި ފޭސްބުކް މެސެންޖާ ޑައުންލޯޑްކޮށް، ބޭނުން ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފިި އެވެ.

ފޭސްބުކާ ނުލައި ދެން މެސެންޖާ ބޭނުމެއް ނުކުރެވޭނެ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

29 ޑިސެމްބަރ 2019

ފޭސްބުކާ ނުލައި ފޭސްބުކް މެސެންޖާ ޑައުންލޯޑްކޮށް، ބޭނުން ކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސްފިި އެވެ.

މި ބަދަލާ އެކު، މެސެންޖާ އިން ދެން ޗެޓް ކުރެވޭނީ ފޭސްބުކްގެ އެކައުންޓެއް މެދިވެރިކޮށެވެ. މާނަ އަކީ ކުރިއާ ހިލާފަށް ހަމައެކަނި ފޯނު ނަމްބަރު ބޭނުންކޮށްގެން ފޭސްބުކް އެކައުންޓަކާ ނުލައި ދެން މެސެންޖާ ބޭނުމެއް ނުކުރެވޭނެ އެވެ. ފޭސްބުކުން ބުނީ މިފަދަ ބަދަލެއް ގެނައި މައިގަނޑު މަގުސަދަކީ އޭގެ ދަށުން ހިންގާ ހުރިހާ ޕްލެޓްފޯމް ތަކެއްގެ ބަދަހިކަން ވަރުގަދަ ކުރުން ކަމަށެވެ.

މެސެންޖާގެ އިތުރުން އިންސްޓަގްރާމާއި ވަޓްސްއެޕަކީ ވެސް ފޭސްބުކްގެ ދަށުން ހިންގާ އެޕްތަކެވެ.

މީގެ ކުރިން ފޭސްބުކާ ނުލައި މެސެންޖާ އާއި މެސެންޖާ ލައިޓް ބޭނުންކުރެވެ އެވެ.

ފޭސްބުކުން ބުނިގޮތުގައި، އަލަށް ގެނައި ބަދަލާ އެކު، އަންނާނެ އެންމެ ބޮޑު ތަފާތަކީ މެސެޖެންޖާ އަލަށް ބޭނުންކުރަން ބޭނުންވާ މީހަކު ނަމަ، ފުރަތަމަ ކަމަކަށް ފޭސްބުކް އެކައުންޓެއް ހުޅުވަން ޖެހުން ކަމަށެވެ. އެކަމަކު ކުރިން އެފްބީ އެކައުންޓަކާ ނުލައި މެސެންޖާ ބޭނުންކުރާ މީހުންނަށް އެކަން ހަމަ ކުރިއަށް ގެންދެވޭނެ ކަމަށް ފޭސްބުކްގެ ތަރުޖަމާން ވެންޗާބީޓަށް ބުންޏެވެ.

ފޭސްބުކުން ބުނީ، މެސެންޖާ ބޭނުންކުރާ ގިނަ މީހުންނަކީ ފޭސްބުކް އެކައުންޓަކާ އެކު އެ ޕްލެޓްފޯމްގެ ބޭނުން ހިފާ މީހުން ކަމަށެވެ.