25 ޑިސެމްބަރ 2019
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންބީރު ކަޕޫރާއި އާލިއާގެ ބަޓްގެ ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ގެ ދެވަނަ ބައި ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ރަންބީރު ކަޕޫރާއި އާލިއާގެ ބަޓްގެ ފެންޓަސީ/އެޑްވެންޗަ ފިލްމު "ބުރައްމަސްތުރާ" ގެ ދެވަނަ ބައި ދެމަފިރިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ރަންވީރު ސިންގް އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ޒުވާން ޑައިރެކްޓަރު އަޔާން މުކަރްޖީ ޓްރިލޮޖީއެއްގެ ގޮތުގައި ގެނެސްދޭ ފިލްމުގެ ދެވަނަ ބައި ދީޕިކާ އާއި ރަންވީރަށް ހުށަހެޅުމުން އެ މީހުން ވަނީ ފިލްމަށް ފެހި ސިގްނަލް ވެސް ދީފަ އެވެ.
"ބުރައްމަސްރުރާ" އަކީ ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ތިން ބައި ގެނެސްދޭން ނިންމާފައިވާ އިރު، ކަރަން ކުރިން ބުނެފައިވާ ގޮތުގައި މުޅި ވާހަކަ ކިޔައިދީ ނިންމާލާނީ އަށް އަހަރުގެ ތެރޭގަ އެވެ.
"ބުރައްމަސްތުރާ" ގެ ފުރަތަމަ ބައި ކުރިން މި އަހަރު ގެނެސްދޭން ނިންމި ނަމަވެސް، ފިލްމުގެ މަސައްކަތްތަކަށް އިތުރު ވަގުތު ނަގާތީ އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ. އެކަމަކު އަދިވެސް ރިލީޒްކުރާނެ ސީދާ ތާރީހެއް އިއުލާނެއްނުކުރެ އެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އަމީތާބް ބައްޗަނާއި ޑިމްޕަލް ކަޕާޑިިއާގެ އިތުރުން ދެކުނުގެ މަޝްހޫރު އެކްޓަރު ނާގުރްޖުނާ އަކިނޭނީގެ އިތުރުން މޯނީ ރޯއި ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ "ބުރައްމަސްތުރާ" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ. މި ފިލްމުގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ޚާން ވެސް ފެނިގެން ދާނެ އެވެ.
"ބުރައްމަސްތުރާ 2" އިން ފެންނާނީ ރަންވީރާއި ދީޕިކާ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން އަޔާނާއި ކަރަން ވެސް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު މި ފިލްމަށް ރަންވީރު ސޮއިކުރުންވެގެން ދާނީ އޭނާ އަޔާނާ އެކު މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. ދީޕިކާ އަކީ އަޔާން އެންމެ ފަހުން ގެނެސްދިން 2013 ގެ "ޔެ ޖަވާނީ ހެ ދީވާނީ" ގެ ވެސް ބަތަލާ އެވެ. އެ ފިލްމުގެ ބަތަލަކީ ރަންބީރެވެ.
މިހާތަނަށް އެކީގައި ވަރަށް ކާމިޔާބު ތިން ފިލްމު ކުޅުނު ރަންވީރާއި ދީޕިކާ އަންނަ އަހަރު އެކީގައި ސްކްރީނުން ފެނިގެން ދާނެ އެވެ. އެއީ އެޕްރީލް 10 ގައި ރިލީޒްކުރާ ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" އިންނެވެ.
ރަންބީރްގެ މައިންބަފައިންގެ ރޯލަށް ދީޕިކާގެ ދެމަފިރިން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންބީރަކީ ވަރަށް މޮޅު އެކްޓަރެއް: އަމީތާބް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ބުރައްމަސްތުރާ" އިން އާލިއާ ނަގާ ފީ ކުޑަކޮށްފި
"ބުރައްމަސްތުރާ" ގައި ޝާހްރުކަކީ ސައިންޓިސްޓެއް
"ބުރައްމަސްތުރާ" ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ރަންބީރާއި އާލިއާގެ "ބުރައްމަސްތުރާ" އަންނަ އަހަރު