Roadha Mihaaru
ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމިޓީ

ފަނޑިޔާރު ޣަނީ ވަކިކުރަން ނިންމީ ރަނގަޅަށް: ކޮމިޓީ

28 ނޮވެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން އަބްދުލްޣަނީ މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ކަނޑައަޅައިފި އެވެ.

ފަނޑިޔާރު ޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވީ މިދިޔަ ހަފްތާގެ ބުދަ ދުވަހެވެ. އެކަމަކު ޖޭއެސްސީގެ އެ ނިންމުމާ ބެހޭ ގޮތުން ޖުޑިޝަރީ ކޮމިޓީން ހެދި ރިޕޯޓު އަދި ލިބިފައި ނުވާތީ ޣަނީ ފަނޑިޔާރު ކަމުން ވަކިކުރަން ނިންމި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބަލާނީ ފަނޑިޔާރު ޣަނީ ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަކޮށްފައިވޭތޯ އެވެ. އޭގެ ފަހުން، ކޮމިޓީން އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހޭނެ އެވެ.

ގާނޫނުއަސާސީ ބުނާ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތުންނެވެ.

ރ. އަލިފުއްޓަށް އުފަން ޣަނީ އަކީ މިސްރުގެ އަލްއަޒުހަރު ޔުނިވަސިޓީން ކިޔަވާ ވިދާޅުވި ބޭފުޅެކެވެ. އެގޮތުން 2000 ގައި އެ ޔުނިވަސިޓީން ޝަރީއާ އެންޑް ލޯގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރެއވި އެވެ.

ޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ، ހައި ކޯޓުގެ ފަނޑިޔާރުކަމުގައި އެތައް އަހަރެއް ހޭދަކުރެއްވި ފަހުން މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ.

ޣަނީއަކީ ކުރީ ސަރުކާރުތަކުގެ ވެރިކަމުގައި ސުޕްރީމް ކޯޓަށް އައްޔަންކުރި ފަނޑިޔާރުންގެ ތެރެއިން މިވަގުތު ސުޕްރީމް ކޯޓުން ވަކިނުކޮށް ހުންނެވި ހަމައެކަަނި ފަނޑިޔާރެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ދާދި ފަހުން ވަނީ ރިޓަޔަ ކުރައްވައިފަ އެވެ.