28 ނޮވެމްބަރ 2019
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަންގަވައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަންގަވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވި ކަން އިއުލާންކުރެއްވީ ރައީސް ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
This morning, I have received the resignation of Prosecutor General Aishath Bisham. I thank Bisham for her services during her tenure as Prosecutor General and wish her every success in the future.
— Ibrahim Mohamed Solih (@ibusolih) November 28, 2019
ބިޝާމް މަގާމުން އިސްތިއުފާ މިދެއްވީ، އޭނާ ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީން ކޮމިޓީން ކުރިއަށް ގެންދަނިކޮށެވެ. އެ މައްސަލައިގައި ޖަވާބުދާރީވާން މިއަދު ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުވާން ވެސް އެންގި އެވެ.
އެކަމަކު، ބިޝާމް ވަނީ ކޮމިޓީ އަށް ހާޒިރުވާން އުޒުރުވެރިވެވަޑައިގެންފަ އެވެ. އެއީ ކޮމިޓީ އަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭ ކަންކަން ސާފުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
ބިޝާމަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅިގެން އޭނާ ކުރިން ވެސް މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލު ކޮށްފައިވެ އެެވެ. އެ ބައްދަލުވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާތަކުގައި، ޕީޖީގެ އިހުމާލު މެމްބަރުން ދެއްކެވި އެވެ.
ޒިންމާ އަދާނުކުރެއްވި ބައެއް ކަންކަމުން މިސާލު ނެންގެވި އެވެ. ގާނޫނާ ޚިލާފަށް ސަރުކާރުން ހިންގަން ބޭނުންވި ކަންކަމަށް އެހީތެރިވެ ވަޑައިގަތް ކަމުގެ ތުހުމަތު ކުރެއްވި އެވެ. އިދިކޮޅު ލީޑަރުންނާއި އޭރުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިކޮށް އުޅުނު އެންމެންނަކީ "ޓެރަރިސްޓުން" ގެ ގޮތުގައި ދައުވާ އުފުލީ ގޯސްކޮށް ކަމަށް މެމްބަރުން ވިދާޅުވި އެވެ. އަދި ވެރިކަން ބަދަލުވުމުން އެ ދައުވާތައް އަނބުރާ ނެގި ސަބަބާ މެދު ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
އެއިން އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށް ބިޝާމް ވަނީ ވިދާޅުވެފަ އެވެ. އަދި ދައުވާތައް އުފުލީ އޮންނަ އުސޫލުގެ ތެރެއިން ނުފޫޒެއް ނެތި ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
މި ވެރިކަން ނޮވެމްބަރު، 17، 2018 ގައި ފެށުމާ އެކު އެންމެ ފުރަތަމަ މަޖިލީހަށް ވެއްދި އެއް މައްސަލައަކީ ބިޝާމް މަގާމުން ވަކިކުރުމެވެ. އެކަމަކު އެ މައްސަލަ މަޖިލީހުން ކުރިއަށް ނުގެންގޮސް ދިގުދަންމާލީ އެވެ.
ޕީޖީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފާތޭ، މަޖިލިހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ މަގާމަށް
ނަޝީދު ވަކިކުރަން ރައީސާ ވެސް މަޝްވަރާކުރި: މިއުވާން
މަޖިލިސް ހުޅުވުން އަންނަ މަހު 6 ގައި
އުފަންވާ ކުދިންގެ ރަޖިސްޓަރީ ލަސްކޮށްފިނަމަ ޖޫރިމަނާ
މަނާ ކެމިކަލް ހަތިޔާރާ ގުޅޭ ބިލު ތަސްދީގުކޮށްފި
ޓެކްސް ބޮޑުކުރުމުގެ އިސްލާހު ތަސްދީގުކޮށްފި
ބިދޭސީންގެ މިނިމަމް ވޭޖު މުއްދަތެއް ނެތި ފަސްކޮށްފި
އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލް ތަސްދީގުކޮށްފި
ކޯޓު އަމުރުނެތި 48 ގަޑިއިރަށް މީހުން ބަންދުކުރެވޭނެ