27 ނޮވެމްބަރ 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، މި ފަސް އަހަރުގެ ރިޔާސީ ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، މި ފަސް އަހަރުގެ ރިޔާސީ ދައުރު ނިމެންދެން ޖުމްހޫރީ ޕާޓީ (ޖޭޕީ) ދެމިއޮންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު އެއް ބައިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައި ދިނުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ވިޔަފާރިވެރިޔާ ގާސިމް މިހެން ވިދާޅުވީ، ޖޭޕީއާ އަލަށް ގުޅުނު މީހުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތުމަށް ބޭއްވި ހަފްލާއެއްގަ އެވެ.
ގާސިމް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއާ އެކު ވެފައިވާ ވައުދާ އަހުދު ދެމިއޮންނާނީ 2023 ގެ ރިޔާސީ އިންތިހާބާ ހަމައަށް ކަމަށެވެ.
ޖޭޕީގެ ހަރުގެ މ. ކުނޫޒް ގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، އެ ޕާޓީން ބޭނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމުގައި ހުންނަވަން ކަމަށާއި އެކަމަކު އޭގެ މާނަ އަކީ 2023 ގެ ރިޔާސީ އިންތިޚާބަށް ޖޭޕީން ކެންޑިޑޭޓެއް ނުނެރުން ނޫން ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި، އެމްޑީޕީ އަށް ޖޭޕީން ދީފައިވާ ޔަގީން ކަމަކީ މި ސަރުކާރު ވެރިކަމަށް ގެނެސް ސަރުކާރާ އެކު މަސައްކަތް ކުރުމެވެ. އަދި އެކަން އެގޮތަށް ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުގައި ހުންނަން. އޭގެ މާނަ އަކީ އަޅުގަނޑުމެން 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު ނުނެރޭނެއެކޭ ނޫނޭ. އެ ހިސާބުން އަޅުގަނޑުމެންގެ ކޮމިޓްމެންޓް، އަޅުގަނޑުމެންގެ ވައުދާއި އަހުދު އެ ނިމުނީ އޭ،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޖޭޕީ އަށް މެމްބަރުން އިތުރުކޮށް އެ ޕާޓީ ބޮޑު ކުރުމަކީ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޖުމްހޫރީ ޕާޓީން ނެރޭނެ ކެންޑިޑޑޭޓެއް ނިންމާނީ އެ ޕާޓީގެ މެމްބަރުން ކަމަށެވެ.
މި ފަހަކަށް އައިސް މެމްބަރުންގެ އަދަދު އެންމެ ބާރު ސްޕީޑެއްގައި ގިނަ ކުރަމުން ދަނީ ގާސިމްގެ ޖޭޕީ އެވެ. މި ހަފުތާގައި އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު ވެސް އެ ޕާޓީގެ މެމްބަޝިޕަށް 1،391 މީހުން ވަނީ އިތުރުވެފަ އެވެ. މިދިޔަ މޭ މަހުގެ ހިސާބުތަކަށް ބަލާއިރު ޖޭޕީ ގައި ތިބީ 9،335 މެމްބަރުންނެވެ. އެކަމަކު އެ އަދަދު މިހާރު ވަނީ 10،726 އަށް އިތުރުވެފަ އެވެ.
ރޭގެ ޖަލްސާ ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވައި އެމަނިކުފާނަށް އެއްބާރުލުން ދެއްވާނެ ކަމަށް ގާސިމް ވިދާޅުވި ނަމަވެސް އާންމު އުސޫލުން އޭނާ ވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފަ އެވެ.
ދީނީ އިލްމުވެރިންނާ ގުޅޭ ގޮތުން ފަހަކަށް އައިސް ނަޝީދު ދައްކަވާ ވާހަފުޅުތަކަށް ރައްދު ދެއްވަމުން ގާސިމް ވިދާޅުވި، ދީނީ އިލްމުވެރިން ކުރައްވާ ކަމަކީ ހަނދާން ކޮށްދެއްވުން ކަމަށެވެ.
ގާސިމް އެ އިޝާރާތް ކުރައްވަނީ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި މިހާރު އަލުން ރާއްޖޭގައި ދީނަށް ދައުވަތު ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ވިސްނިވަޑައިނުގަންނަވާ ކަމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފަށް ރައްދު ދެއްވަމުން ނަޝީދު މި ހަފުތާގައި ދެއްކެވި ވާހަކަފުޅަށެވެ.
ނަޝީދަށް އަމާޒު ކުރައްވައި ގާސިމް ވިދާޅުވީ، ނަޝީދު އެ ވާހަކަފުޅު ދެއްކެވީ ކޮން ކަމަކާ ގުޅިގެން ކަން އަމިއްލަ އަށް އިހުސާސް ކޮށްލުމުން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. އިލްމުވެރިން އެ ގޮތަށް ވާހަކަ ދެއްކެވުމުން "ތިމަންނާ އަކީ އިސްލާމެކޭ" ކިޔަން ޖެހޭ ތޯ ގާސިމް ސުވާލުކުރެއްވި އެވެ.
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ
ސާބިތުކަމާ އެކު ރައީސް ހުންނަވާނެކަން ޔަގީން: ގާސިމް
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން: އަދާލަތު
ގާސިމް، ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ފޮނުވާލައިފި
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް
ޖޭޕީގެ ސްލޮޓްތަކުން މީހުން ވަކިކުރުމުގެ ނިންމުމެއް ނެތް
"ގާސިމްގެ ފަހަރު" ކަމަށް ދައްކަނީ މި ފޯމިއުލާއިން!
ގާސިމްގެ ސްޕެޝަލް އެންވޯއިއަކަށް އިލްހާމް
އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް!