24 ނޮވެމްބަރ 2019
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުުން މިއަދު އައްޔަންކޮށްފި އެވެ.
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އަށް ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުުން މިއަދު އައްޔަންކޮށްފި އެވެ.
އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، ތަފާތު ތިން ދާއިރާއެއްގެ ހިންގުން ހަވާލުކުރެއްވީ ޑރ. ދީބާ މޫސާ އާއި ޑރ. ސައުދުﷲ އަލީ އަދި މުހައްމަދު މާހިދު ޝަރީފެވެ.
ދީބާ އައްޔަންކުރެއްވީ ރިސާޗް އެންޑް އިނޮވޭޝަންގެ ކަންކަން ބެލެހެއްޓުމަށެވެ. އޭނާ ވަނީ އައިޔޫއެމްގެ ސެންޓާ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީން ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. ދީބާ ޕީއެޗްޑީ ހެއްދެވީ އީސްޓް އެންގްލިއާ ޔުނިވާސިޓީން ތައުލީމީ ދާއިރާއިންނެވެ.
އެކަޑެމިކް އެފެއާޒްގެ ހިންގުން ހަވާލުކުރެއްވި ސައުދު ކުރިން ހުންނެވީ ގައުމީ ޔުނިވާސިޓީގެ ރަޖިސްޓްރާގެ މަގާމުގަ އެވެ. އޭނާ ޕީއެޗްޑީ ހާސިލްކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ތައުލީމީ ދާއިރާއިންނެވެ.
އައިޔޫއެމަށް މިއަދު އައްޔަންކުރެއްވި ތިން ޑެޕިއުޓީ ވައިސް ޗާންސެލަރުުންނާއެކު އެ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ޒާހިރު (މ) އަދި ވައިސް ޗާންސެލަރު ޑރ. ޒަކަރިއްޔާ (ކ-2) ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އައިޔޫއެމް
މާހިދު ހަމަޖެއްސެވީ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ އިސްވެރިއަކަށެވެ. ޔޫތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަން އަދާކުރައްވާފައިވާ މާހިދު މީގެ ކުރިން ހުންނެވީ އައިޔޫއެމްގެ ޕްރޮކިއުމަންޓް ޑިރެކްޓަރަކަށެވެ. ޕަބްލިކް މެނޭޖްމަންޓް ދާއިރާއިން މާހިދު މާސްޓާސް ހާސިލްކުރެއްވީ ދަ ވެސްޓް އިންޑިއާސް ޔުނިވާސިޓީންނެވެ.
އައިޔޫއެމުން ބުނިގޮތުގައި ހަތަރު އަހަރުގެ ދައުރަކަށް އެ ތިން މަގާމަށް ބޭފުޅުން ހަމަޖައްސާފައިވަނީ، އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކޮށް އިމްތިހާނެއް ދިނުމަށްފަހުގަ އެވެ.
ޔުނިވާސިޓީއަށް އާ ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަންކުރީ މިދިޔަ އޮގަސްޓް މަހު ޔުނިވާސިޓީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅިގެންނެވެ. އެއާ އެކު އެ ތަންތަނުގައި ކުރިން ހުންނެވި ބޭފުޅުން ވަކިކޮށް ޔުނިވާސިޓީ ހިންގަން އާ ބޭފުޅުން އައްޔަންކުރައްވައިި އާ ކައުންސިލް ވަނީ އެކުލަވާލައިފަ އެވެ،
ދެ ޔުނިވާސިޓީގެ ލައިބްރަރީގެ ހިދުމަތް ގުޅުވާލަނީ
ސީރަތު: މި އިލްމުވެރިން ވިދާޅުވަނީ ކީކޭ؟
އައިޔޫއެމްގެ ބައިނަލްއަގުވާމީ މަހާސިންތާ ފަށައިފި
ޒަކަރިއްޔާ: އައިޔޫއެމްއާ މެދު ގިނަ އުއްމީދުތަކެއް
ވައިސް ޗާންސެލަރުންނަށް ޝަރީފާއި ޒަކަރިއްޔާ
މިހާރު އޮތް ޔުނިވާސިޓީ ކައުންސިލް އަދި ދެމި އޮންނާނެ
އިސްލާމީ ޔުނިވަސިޓީގެ ގާނޫނަށް ސަރުކާރުން އިސްލާހުތަކެއް
އައިޔޫއެމުން ފައިސާ ޖަމާކުރުމުގައި މައްސަލަތަކެއް!
އިސްލާމިކް ޔުނިވާސިޓީގައި އާ ފެކަލްޓީއަކާއި ސެންޓަރެއް
ޑރ. ޒަކަރިއްޔާގެ ދެ ފޮތެއް އައިޔޫއެމް އިން ނެރެފި