މާލޭގައި ޒުވާނުންގެ މެދުގައި މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ރޭ ގާ އުކައި ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު އެތަނުގެ ބޭރުގައި އިންޒާރުގެެ ނޯޓެއް ތައްކޮށްފި އެވެ.
24 ނޮވެމްބަރ 2019
މާލޭގައި ޒުވާނުންގެ މެދުގައި މަޝްހޫރު "މެރާކީ ކޮފީ ރޯސްޓާސް" އަށް ބަޔަކު ރޭ ގާ އުކައި ބިއްލޫރިގަނޑު ތަޅައިލުމަށް ފަހު އެތަނުގެ ބޭރުގައި އިންޒާރުގެެ ނޯޓެއް ތައްކޮށްފި އެވެ.
މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި، ގާ އުކީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އެ ދެ މީހުންނާ އެކު އިތުރު ތިން ސައިކަލެއްގައި ވެސް ބަޔަކު ދިޔަ ކަމަށް ވެ އެވެ
އަލޯރާ ފަރުނީޗަރު ކައިރީގައި ހުންނަ މެރާކީ އަށް ހަމަލާދިން ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިިއުމުން ދެވަނަ ފަހަރަށް ވެސް ގާބުރިއެއް އެއްލި ކަަމަށާއި އިންޒާރުގެ ނޯޓެއް ތައްކުރީ އޭގެ ފަހުން ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެފައި ވެ އެވެ.
މެރާކީ އަށް ގާ އުކި މީހުން އެތަނުގައި ތައްކުރި ނޯޓުގައި އިންޒާރުދީފައި ވަނީ އަންހެނުން ފިރިހެން ނުވުމަށާއި ފިރިހެނުން އަންހެން ނުވުމަށެވެ.
ފުލުހުން މިއަދު ބުނިގޮތުގައި، މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ 11:13 ހާއިރު ފުލުހުންނަށް ލިބިފައިވެ އެވެ. އެކަމަކު، އަދި މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ގްރީން ބެލްގެ ފައިސާ ވަތްގަނޑު ވަގަށް ނަގައިފި
މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފި
ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މާރާމާރީއެއް
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ކެފޭއަކަށް ވަދެ ގެއްލުން ދިން ދެ މީހުން ހައްޔަރުކޮށްފި
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް
ކެފޭއަކަށް ބަޔަކު ވަދެ ގެއްލުންދިން މައްސަލަ ބަލަނީ
ކެފޭއެއްތެރޭ މާރާމާރީއެއް ހިންގައި މީހަކަށް އަނިޔާވެެއްޖެ
"ސޮރީ ބޯއީސް" ފަޅާލައިފި، ވަގަށްނެގި ތަކެތި ފެނިއްޖެ