ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 13 އަހަރުގެ ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއް ކޮށްގެން އުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ.
23 ނޮވެމްބަރ 2019
ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 13 އަހަރުގެ ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއް ކޮށްގެން އުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ.
ހައްމާދުގެ އިތުރުން އޭނާ މަރާލަން ހަމަލާދިން، ދީނީ ގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ ބައެއް މީހުން ވެސް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. ދިވެހިރާއްޖޭގެ ކޯޓުތައް ގަބޫލުނުކުރާ ކަމަށް ބުނެ، އަމިއްލަ އަށް ކޮށްގެން އުޅޭ މި ކައިވެނިތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރަމުންދާ އިރު ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ކުއްޖަކާ ގާނޫނީ ގޮތުން ސައްހަ ނޫން ކައިވެންޏެއް ކުރި ކަން ހުށަހަޅައި ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެޅި ފިޔަވަޅެއް އަދި އެ ކުއްޖާ މިހާރު ވީ ރައްކާތެރި މާހައުލެއްގައި ކަން ނުވަތަ ނޫން ކަން ވެސް ކަށަވަރެއް ނުކޮށްދިނެވެ.
އެހާ ޅަ އުމުރުގައި، އެ ކުއްޖާ ބަލިވެ އިން ކަމުގެ ތުހުމަތުތަކެއް ވެސް ކުރެ އެވެ.
އުމުރުން 13 އަހަރުގެ ކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.
ހައްމާދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ "އޭނާ ކައިވެންޏެއްކޮށްގެން އުޅޭ ކަމެއް ނޭނގޭ" ކަމަށެވެ. އާއިލާގެ އެއްވެސް މީހެއްގެ ގާތުގައި އެފަދަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެފަދަ އަޑުތަކެއް އާއިލާ ހަމައަށް ވެސް އޮތީ ފޯރައިފަ އެވެ.
ކޯޓަށް ނުގޮސް ގާނޫނާ ޚިލާފު ސެޓްފިކެޓަކުން އިނދެގެން އުޅޭ ކަމަށް ބުނަނީ، މަޑުއްވަރީ ކުއްޖަކާ ނޫން ކަމަށް ވެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލަން އުޅުނު ހައްމާދަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ހަމަލާދިން މައްސަލައިގައި ދޯނީގެ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. ބައެއް މީހުން ބުނާގޮތުގައި، ހައްމާދާ އެކު ދޯނީގައި ތިބީ ދެ މީހެކެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ
"ކުޑަކުއްޖާ ބަލިވެ އިނުމުން ފިޔަވަޅު އަޅަން އެދުނިން"
ޖިންސީގޯނާގެ 17 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެއްޖެ
ހިޔާގެ ކުދިންގެ ބިޑިއެޅުވި ފުލުހުންގެ ޝަރީއަތް ކެންސަލް
ހަ އަހަރުގެ ކުއްޖާއަށް އިތުރު މީހަކު ގޯނާކުރިތޯ ބަލަނީ
މަންމައަކު ދަރިއަށް އަނިޔާކުރި މައްސަލައެއް
ކުޑަކުއްޖާ ގްރޫމްކުރި މީހާގެ ބަންދަށް 15 ދުވަސް
ޒިންމާ އަދާނުކުރެއޭ ބުނުމުން ފުލުހުން ކަންބޮޑުވެއްޖެ
ކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ