20 ނޮވެމްބަރ 2019
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ދެ ގާނޫނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ދެ ގާނޫނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
އެ ދެ ގާނޫނަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ "ޗައިލްޑް ޕްރޮޓެކްޝަން އެކްޓް" އާއި ކުޑަކުދިންގެ އަދުލްގެ ގާނޫނު "ޖުވެނައިލް ޖަސްޓިސް އެކްޓް" އެވެ. އެ ދެ ގާނޫނު މިއަދު ތަސްދީގުކުރެއްވި އިރު މިއަދަކީ ދުނިޔޭގެ ކުޑަކުދިންގެ ހައްގުތަކާ ބެހޭ ދުވަހެވެ.
ޓްވިޓާ މެދުވެރިކޮށް ރައީސް ވިދާޅުވީ ދުނިޔޭގައި އުޅޭ ދެ މިލިއަނެއްހާ ކުޑަކުދިންނަށް ކޮންމެ އަހަރަކު އެކި ވައްތަރުގެ އަނިޔާތައް ލިބެމުންދާ ކަމަށެވެ.
Almost half of the world’s 2 billion children experience violence each year. More needs to be done to protect our children. Which is why today, on the 30th anniversary of the Child Rights Convention, I am proud to ratify two key laws on Child Protection and Juvenile Justice.
— Ibrahim Mohamed Solih (@ibusolih) November 20, 2019
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓްވީޓެއް
"އެހެން ކަމުން މިއަދު، ދުނިޔޭގެ 30 ވަނަ ކުޑަކުދިންގެ ދުވަހުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާކޮށްދޭ ގާނޫނާއި ކުޑަކުދިންގެ އަދުލްގެ ގާނޫނު ތަސްދީގު ކުރުމަކީ އަޅުގަނޑު ވަރަށް ފަހުރުވެރިވާ ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީ އަދި ބައިނަލްއަގްވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރަން ފާސްކުރި ގާނޫނެކެވެ. މި ގާނޫނުގެ ދަށުން ކުޑަކުދިންގެ ހައްގުތަކާއި އެކުދިންގެ އާއިލާ އާއި މުޖްތަމައުގެ ޒިންމާ ތަފްސީލްކުރުމުގެ އިތުރުން އެ ހައްގުތަށް ލިބޭނެ ނިޒާމުތަކާއި އުސޫލްތައް ބަޔާންކޮށްފައި ވެ އެވެ. އަދި ކުޑަކުދިންނަށް އަޅާނުލާ ނުވަތަ އެ ކުދިންނަށް އިހުމާލުވާ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ވެސް ކަނޑައަޅާފައި ވެ އެވެ.
މި ގާނޫނުގައި ކުޑަކުދިންނަށް 35 ހައްގެއް ކަށަވަރުކޮށްދީފައިވާ އިރު، ކުޑަކުދިންގެ ޒިންމާ އާއި މައިންބަފައިންގެ ޒިންމާ އާއި ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާތައް ވެސް ކަނޑައަޅާފައި ވެ އެވެ.
ކުޑަކުދިންގެ ސިއްހަަތާއި ފަރުވާ އަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދީ، އެ ކުދިންނަށް ވެކްސިން ދިނުން މި ގާނޫނުގައި ލާޒިމްކޮށްފައި ވެ އެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށާއި ބަލިތަކުން ސަލާމަތްވުމަށް ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމާއި އެ ވެކްސިން ޖެހުމަށް އިއުތިރާޒް ކުރުމުގެ ހައްގު މައިންބަފައިންނަށް ލިބިގެން ނުވާ ކަމަށް ވެސް ކުޑަކުދިންގެ މި ގާނޫނުގައި ބުނެފައި ވެ އެވެ.
ކުޑަކުދިންގެ އަދުލްގެ ގާނޫނަކީ، ބޮޑެތި މީހުންނަށް ދޭ އަދަބުތަކާއި ހިލާފަށް ކުޑަކުދިންނަށް އެކަށީގެންވާ ފަދަ އަދުލްގެ ނިޒާމެއް އެކުލަވާލަން ތަސްދީގުކުރި ގާނޫނެކެވެ.
މި ދެ ގާނޫނު މަޖިލީހުން ފާސްކުރުމުން ޔުނިސެފް އިން ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އަށް މަރުހަބާ ވެސް ކިޔާފަ އެވެ. ރާއްޖެ އަށް ޔުނިސެފުން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީން ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ކުޑަ ކުދިންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް
އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމާތު އައްޔަންކުރައްވައިފި
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
އޮމްބަޑްސްޕާސަން އަށް ނިއުމާތު ޝަފީގުގެ ނަން
އަމާޒަކީ ކުޑަކުދިންނަށް އުފާވެރިކަން ހޯދުން: ރައީސް
އެންޖެލީނާގެ މިލިއަން ޑޮލަރު ކުޑަކުދިންނަށް ހާއްސަ
ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް
ކުޑަކުދިންގެ މައްސަލަތަކުގައި ރައީސް ދެއްވީ ޔަގީންކަން
އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް
ކުޑަކުދިންނާ ގުޅޭ ބިލަށް ޔުނިސެފުން މަރުހަބާ ކިޔައިފި