Roadha Mihaaru
ނޭޕާލުން ސާކް ސަމިޓް ފަސްކޮށްފި

ސާކް ސަމިޓް ފަސްކޮށްފި، ސަމިޓް ބާއްވާނެ އެހެން ގައުމެއް ހޯދަނީ

28 ސެޕްޓެމްބަރ 2016

ކަތުމަންޑޫ (ސެޕްޓެމްބަރު 28) - ޕާކިސްތާނުގައި ނޮވެމްބަރު މަހު ބާއްވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު ސާކް ސަމިޓް ފަސްކުރިކަން ނޭޕާލުން މިއަދު އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކަތުމަންޑޫ (ސެޕްޓެމްބަރު 28) - ޕާކިސްތާނުގައި ނޮވެމްބަރު މަހު ބާއްވާ 19 ވަނަ ސާކް ސަމިޓުގައި ބައިވެރިނުވާނެ ކަމަށް ހަތަރު ގައުމަކުން ބުނުމާ އެކު ސާކް ސަމިޓް ފަސްކުރިކަން ނޭޕާލުން މިއަދު އިއުލާންކޮށްފި އެވެ.

ސަމިޓް ބާއްވާނެ ފަހި މާހައުލެއް ނެތް ކަމަށް ބުނެ އިސްލާމްއާބާދު ސަމިޓުގައި ބައިވެރިވާން ދެކޮޅު ހެދި ގައުމުތަކަކީ އިންޑިއާ، ބަންގްލަދޭޝް، އަފްޣާނިސްތާން އަދި ބޫޓާނެވެ.

ސާކުގެ މި ދައުރު ޗެއާކުރާ ނޭޕާލުން ވަނީ ރާއްޖެ އާއި ސްރީ ލަންކާގެ އެއްބާރުލުމާ އެކު ސަމިޓް ކެންސަލް ކުރުމުގެ ބަދަލުގައި ފަސްކުރިކަން އިއުލާންކޮށްފަ އެވެ.

ސާކުގެ މެންބަރު އަށް ގައުމުގެ ތެރޭން އެއްވެސް ގައުމަކުން ސަމިޓުގައި ބައިވެރިނުވާ ނަމަ އޮޓޮމެޓިކުން ސަމިޓް ފަސްކޮށް ނުވަތަ ކެންސަލްވާނެ އެވެ.

ނޭޕާލުގައި އެންމެ ފަހުން ބޭއްވި ސަމިޓުގައި ގައުމުތަކުގެ ވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން: ޕާކިސްތާނުގައި ބާއްވާ ސަމިޓުގައި އިންޑިއާ އާއި ބަންގްލަދޭޝް އިން ބައިވެރިނުވާނެ ކަމަށް ވަނީ އަންގާފައި.

ނޭޕާލުގައި އެންމެ ފަހުން ބޭއްވި ސަމިޓުގައި ގައުމުތަކުގެ ވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން: ޕާކިސްތާނުގައި ބާއްވާ ސަމިޓުގައި އިންޑިއާ އާއި ބަންގްލަދޭޝް އިން ބައިވެރިނުވާނެ ކަމަށް ވަނީ އަންގާފައި.

"ބަންގްލަދޭޝްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއް ގައުމަކުން ވަންނަމުންދާތީ އިސްލާމްއާބާދު ސަމިޓް ކާމިޔާބުކަމާ އެކު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން ބަންގްލަދޭޝް އިން ވަނީ ސަމިޓުގައި ބައިވެރިނުވާން ނިންމާފައި،" ބަންގްލަދޭޝްގެ ސަރުކާރުން ސާކުގެ ޗެއާ ނޭޕާލަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

ބޫޓާން ސަރުކާރުން ބުނެފައި ވަނީ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދަށްވެފައިވާތީ ބައެއް ގައުމުތަކުގެ ކަންބޮޑުވުން ބޫޓާނުން ވެސް ހިއްސާ ކުރާ ކަމަށާއި އެ ހާލަތުގައި ސަމިޓުގައި ބައިވެރިވާން ބޫޓާނުން އުޒުރުވެރިވާ ކަމަށެވެ.

އަފްޣާނިސްތާނުން ވެސް ބުނެފައި ވަނީ ހަމަނުޖެހުމާއި ޓެރަރިޒަމުގެ ބިރާ އެކު ރައީސް މުހައްމަދު އަޝްރަފް ޣަނީ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އުޒުރުވެރިވާ ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ އިން ކުރިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށް ސާކް ސަމިޓުގައި ބައިވެރިވެވަޑައިގެންނެވޭ ފަދަ މާހައުލެއް ނެތް ކަމަށެވެ.

ކަޝްމީރުގެ އުރީގައި މި މަހު 18 ވަނަ ދުވަހު ހަމަލާދީ އިންޑިއާ ސިފައިންގެ 18 މީހުން މަރާލި ހާދިސާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާން އެކެހެރި ކުރާނެ ކަމަށް އިންޒާރު ދީފަ އެވެ.