Roadha Mihaaru
އިސްލާމްދީން ނޫން ދީނަކަށް ފުރުސަތެއް ނުދޭނަން: ނަޝީދު

އިސްލާމް ދީން ނޫން ދީނަކަށް އަޅުގަނޑުގެ ރިޔާސަތުގައި ފުރުސަތެއް ނުދޭނަން: ނަޝީދު

20 ނޮވެމްބަރ 2019

ރާއްޖޭގައި، އިސްލާމް ދީން ނޫން އެހެން ދީނަކަށް، އެމަނިކުފާނުގެ ރިޔާސަތުގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި، އިސްލާމް ދީން ނޫން އެހެން ދީނަކަށް، އެމަނިކުފާނުގެ ރިޔާސަތުގައި ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ ޖަމިއްޔަތުއް ސަލަފަކީ ހަރުކަށި ފިކުރު ފަތުރާ ބައެއް ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ސަލަފް ޖަމިއްޔާ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނަޝީދުގެ އިތުރުން، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ތުހުމަތު ކުރައްވަ އެވެ.

Salaf jammiyaa ah Terrorism ge thuhumathu

Salaf jammiyaa ah Terrorism ge thuhumathu

The most trusted news source in the Maldives

Mihaaru

ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމް ޖަމާއަތެއް ކަމަށް ތުހުމަތު ކުރުން--

ސަލަފް ޖަމިއްޔާއާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދާ މީހުންނާއި ލާދީނީ މީހުން ވެސް އުޅޭ ކަމަށެވެ. ރާއްޖޭން އިސްލާމްދީން ފޮހެލަން އުޅޭ ބަޔަކަށް ނަޝީދު ޖާގަ ދެއްވާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.

"މި ގައުމުން އިސްލާމް ދީން ފޮހެލަން މަސައްކަތް ކުރާ ބަޔަކަށް ތައްމިނަށް ޖާގަ ދީގެން އިއްޒަތްތެރި ރައީސް ވެސް އިންނަވާ ތަން އަޅުގަނޑަށް ފެންނަނީ،" މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދަށް ނިސްބަތް ކުރައްވައި ޝިޔާމް ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ އިސްލާމިކް މިނިސްޓްރީއެއް ވެސް އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އަދި އެމަނިކުފާނު ރިޔާސަތުގައި އިންނަވައިގެން، އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދޭން މި މަޖިލީހުން އެއްވެސް ފުރުސަތެއް ހަމަގައިމު ވެސް އަޅުގަނޑުގެ ރިޔާސަތުގައި އަޅުގަނޑެއް ނުދޭނަން،" ވަރަށް ޔަގީންކަމާ އެކު ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށް 100 އިން 100 ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނާނެ އަޅުގަނޑުމިތާ އިނދެ މި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ދޭނެ އެއްވެސް ކަމެއް ނުހިނގާނެކަން: ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ހަމައެކަނި ކަންބޮޑުވުމަކީ ހަނގުރާމަ އަށް ދިވެހިން ފޮނުވުމެވެ. އެކަން ހުއްޓުވަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.