Roadha Mihaaru
ފިރިހެނުންނަށް ދުވާލަކު 60 ގްރާމް ނަޓްސް

ފިރިހެނުންނަށް ދުވާލަކު 60 ގްރާމް ނަޓްސް

19 ނޮވެމްބަރ 2019

ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ ބަލިކަށިކަމުން ރައްކާތެރިވުމަށްޓަކައި ނަޓްސްގެ ބާވަތްތަކުން އެހީ ލިބޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފިރިހެނުންނަށް ކުރިމަތިވާ ޖިންސީ ބަލިކަށިކަމުން ރައްކާތެރިވުމަށްޓަކައި ނަޓްސްގެ ބާވަތްތަކުން އެހީ ލިބޭ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ނިއުޓްރިއަންޓްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނި ގޮތުގައި ގަވައިދުން ކަސްރަތު ކުރުމާއި ޑައިޓަށް ގެންނަ ބަދަލުގެ ތެރޭގައި އެކި ބާވަތްތަކުގެ ނަޓްސް ހިމެނުމަކީ ފިރިހެނުންނަށް ދިމާވާ މި މައްސަލަތަކަށް ވަރަށް ބޮޑު އެހީއެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން އާމަންޑާއި ހެޒެލްނަޓާއި ވޮލްނަޓް ފަދަ ބާވަތްތަކަކީ ފިރިހެނުން ނުކައި ދޫކޮށްލާ ވަރުގެ އެއްޗިއްސެއް ނޫނެވެ. އެހެންވެ ދުވާލެއްގެ މައްޗަށް 60 ގްރާމް ނަޓްސް ކެއުން މުހިންމު ކަމަށް ބުނެފައިވެ އެވެ. މީގެ ކުރިން ހަދާފައވާ ދިރާސާއެއްގައި ވެސް ބުނެފައިވާ ގޮތުގައި ފިރިހެނުން ކޮންމެ ދުވަހަކު ނަޓްސްގެ ބާވަތްތައް ކާ ނަމަ، ދަރިފަނި އާލާވުމަށް މަގުފަހިވެ، ދަރިފަނީގެ ކޮލިޓީ ވެސް ރަނގަޅު އެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޖިންސީ ބަލިކަށިކަމާ ގުޅުން ހުރި މައްސަލަތަކަށް މަގުފަހިވާ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި ބަނގުރަލާއި މަސްތުވާ އެކި ބާވްތަތްތައް ބޭނުންކުރުމާއި ހަރަކާތްތެރިކަން ކުޑަވުން ހިމެނެ އެވެ.

އެހެންވެ އެފަދަ އާދަތަކުން ދުރުހެލިވުމަކީ ޖިންސީ ބަލިކަށިކަމުން ސަލާމަތްވުމަށް ވެސް އެންމެ ފުރަތަމަ ކުރަންޖެހޭ އެއް ކަންތަކެވެ.