28 ޖޫން 2019
ޖަންކް ފުޑުން ސިއްހަތަށް ލިބޭ ގެއްލުމަކީ މިހާރު ސިއްރެއް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކަކާ އެކު، ޖަންކް ފުޑަކީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުން މިހާރު އެއަށް ބަރޯސާވެފައިވާ އެއްޗެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ.
ޖަންކް ފުޑުން ސިއްހަތަށް ލިބޭ ގެއްލުމަކީ މިހާރު ސިއްރެއް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ ވައްޓަފާޅި އަށް މިހާރު އައިސްފައިވާ ބޮޑެތި ބަދަލުތަކަކާ އެކު، ޖަންކް ފުޑަކީ ވަރަށް ގިނަ ބައެއްގެ ދިރިއުޅުން މިހާރު އެއަށް ބަރޯސާވެފައިވާ އެއްޗެކެވެ. ހާއްސަކޮށް ޒުވާނުންގެ މެދުގަ އެވެ.
ޖަންކް ފުޑަށް އޮތް ޑިމާންޑް ބޮޑުކަން ދައްކުވައިދޭ އެއް ކަމަކީ އެފަދަ ކާނާތަކަށް ހާއްސަ ތަންތަން ވެސް އިތުރުވަމުން ދިއުމެވެ. ލިބޭ ސިއްހީ ގެއްލުންތަކަށް ދެވޭ ސަމާލުކަން ކުޑަކަމެވެ.
އާ ދިރާސާާއެއްގައި ބުނާ ގޮތުން ޒުވާނުން ހާއްސަކޮށް، ފިރިހެނުން މާ ބޮޑަށް ވެސް ޖަންކް ފުޑާ ދުރުވާން ޖެހެ އެވެ. އެމެރިކާގެ އާއި ޑެންމާކްގެ ޓީމެއް އެކުވެގެން ހާވަޑް ޔުނިވަސިޓީ އިސްކޮށްގެން އޮވެގެން ހަދާފައިވާ ދިރާސާގައި ބުނި ގޮތުގައިި ބާގަ އާއި ޕިއްޒާ އާއި ޗިޕްސް އަދި ޕްރޮސެސްކޮށްފައިވާ ކާނާތައް ބޭނުންކުރާ ފިރިހެނުންނަށް އޮތް ނުރައްކަލަކީ އެ މީހުންގެ ޖިންސީ ގޮތުން ބަލިކަށިވުމެވެ.
އެގޮތުން ދަރިފަނި އާލާވުން މަދުވެ، ދަރިން ނުލިބުމުގެ މައްސަލަ މިކަމުގެ ސަބަބުން ދިމާވާ ކަމަށް ބުންޏެވެ.
ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ސިިއްހަތަށް ފައިދާ ހުރި ތާޒާ ކާނާ ކާ މީހުންނާއި ޖަންކް ފުޑް ކާ ފިރިހެނުންނާ ހުރި އެންމެ ބޮޑު ތަފާތަކީ ވެސް ދެ ބައި މީހުންގެ ދަރިފަނީގެ ކޮލިޓި އާއި ދަރިފަނި އާލާވުމުގައި ހުރި ތަފާތެވެ. އެހެންވެ ޖަންކް ފުޑާ ދުރުވާން އިރުޝާދު ދީފައިވެ އެވެ.
ދިރާސާގައި ބުނި ގޮތުގައި ތައްޔާރީ ކާނާ އާއި ބުއިންތައް ބޭނުންކުރާ މީހުން ފަލަވުމާއި ހަކުރު ބައްޔާއި ކެންސަރު ފަދަ ބަލިތަކަށް ވެސް ހުށަހެޅުމުގެ ފުރުސަތު ބޮޑު އިރު، އެފަދަ ކާނާތަކާ ދުރުވުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ.
އޮފީހެއްގައި މަސައްކަތް ކުރަމުން މީހަކު ޕިއްޒާ ކަނީ.
އަދި އޭގެ ބަދަލުގައި ތަރުކާރީ އާއި މޭވާއި ތާޒާ މަހުގެ ބާވަތްތައް ފަދަ ސިއްހަތަށް ފައިދާ ހުރި ކާނާ ފިރިހެނުން އާންމުކޮށް ބޭނުން ކުރުމަކީ ދަރިފަނި އާލާކޮށްވާން ބާރު އަޅާ ކަމެއް ކަމަށް ބުންޏެވެ.
"ސިއްހަތަށް ރަނގަޅު ޑައިޓްތަކުން މަތީ ލެވެލްއަކަށް އެންޓިއޮކްސިޑެންޓްސް ލިއްބައިދޭ. އެކަމަކު އޭގެ ބަދަލުގައި ޖަންކް ފުޑަށް އާދަވެއްޖެ ނަމަ އެންޓިއޮކްސިޑެންޓްސް ލެވެލް ދަށްވެ، ފިރިހެނުންނަށް ދަރިފަނި އާލާވުމަށް ހުރަސް އަޅާ،" ވިއެނާގައި ބޭއްވި ޔޫރަޕިއަން ސޮސައިޓީ އޮފް ހިއުމަން ރިޕްރޮޑަކްޝަން އެންޑް އެމްބްރޮލޮޖީ (އީއެސްއެޗްއާރްއީ) ގެ އަހަރީ ބައްދަލުވުމަށް ހުށަހެޅި ދިރާސާއާ ބެހޭ ގޮތުން ޝެފީލްޑް ޔުނިވަސިޓީގެ ޕްރޮފެސަރު އެލަން ޕޭސީ ވިދާޅުވި އެވެ. "މީގައި ހާއްސަކޮށް މުހިއްމު ކަމަކީ އެންމެ ޒުވާން އުމުރުގައި ޖަންކް ފުޑާ ދުރުވުން."
ދުވާލަކަށް ވިޓަމިން ސީގެ މިންވަރު ދެ ގުނަކުރަން ޖެހޭ
އެންމެ ހޮޓްޑޯގަކުން އުމުރުން 36 މިނިޓް ގެއްލޭ
ކޮފީން ހިތުގެ ވިންދަށް ގެއްލުމެއް ނެތް: ދިރާސާ
27 އަހަރު ކުރީގެ އެމްބްރިއޯއަކުން ދަރިއެއް
ކޮވިޑް ހުރިކަން ކެއްސުމުގެ އަޑުން ދެނެގަނެވިދާނެ
މަދިރިން ޖެހޭ ބަލިތަކާ ދެކޮޅަށް މޮޑިފައި މަދިރި
މާބަނޑުއިރު ޕޮޓޭޓޯ ޗިޕްސްއާ ދުރުވާންޖެހޭ
މެކްޑޮނަލްޑްސް ހަނޑޫ ބަނަސް ބާގަ ވިއްކަނީ
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި
ކުޑަކަމުދާ ތަކެތިން ޕްރޮސްޓޭޓް ކެންސަރު ދެނެގަންނަނީ