13 ނޮވެމްބަރ 2019
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި އެވެ.
މަޖިލިހުގެ ޖަލްސާގައި ދެ ވަނަ އަދި ތިން ވަނަ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައި އޮތީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ފޮނުވާފައިވާ މައްސަލައިގައި ކަމާ ގުޅޭ ދާއިމީ ކޮމިޓީއަކަށް ފޮނުވުމުގެ މައްސަލަ އެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން އެ މައްސަލަ ދިރާސާ ކުރަން ޖެހޭނީ ޖުޑިޝަރީ ކޮމިޓީންނެވެ.
އެ ކޮމިޓީން ހަމައެކަނި ބަލާނީ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކިކުރަން ނިންމި ނިންމުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިވޭތޯ އެވެ. އޭގެ ފަހުން، ކޮމިޓީން އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ފޮނުވަން ވާނެ ކަމަށް ގަވައިދުގައިވެ އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގައި ފަނޑިޔާރެއްގެ ސުލޫކީ ސިފަތައް ނެތިގެންދާނެ ފަދަ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް އެ ކޮމިޝަންގެ ތަހުގީގު ކޮމެޓީއަށް ސާބިތުވެފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ދެ ބޭފުޅުންނާ ގުޅޭގޮތުން އެ ކޮމިޝަނުން ބެލި މައްސަލަތަކުގެ ބާވަތުން ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި އެ ދެ ބޭފުޅުން ވަގުތީ ގޮތުން ފަނޑިޔާރު ކަމުގެ މަސައްކަތުން ދުރުކުރަން ޖެހޭ ކަމަށް ފެންނާތީ އެ ދެ ބޭފުޅުން 60 ދުވަހަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ފަނޑިޔާރަކު ވަކި ކުރެވޭނީ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ ތިން ބައި ކުޅަ ދެބައިގެ އަޣުލަބިއްޔަތުންނެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު، އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީން ބަލަމުންދާ މައްސަލަތަކަކީ އެ ކޮމިޝަނަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވިދާޅުވެ، ކޮމިޝަނަށް ޖަވާބުދާރީވެ ވަޑައިގަންނަވަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ކޮމިޝަނަށް އަންގަވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވުމަށް މިދިޔަ އަހަރު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ނިންމިއިރު އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އެ ކޮމިޝަނުން ބުނީ އެ ދެ ފަނޑިޔާރުންނާ ބެހޭ ގޮތުން އެކުލަވައިލި ތަހުގީގު ރިޕޯޓަށް ޖަވާބުދާރީ ވުމަށް މިހާރު ވަނީ ފުރުސަތު ދީފައި ކަމަށެވެ. ނަމަވެސް މަގާމުން ވަކިކުރަން ނިންމި ދެ ފަނޑިޔާރުން ވަނީ ޖޭއެސްސީ އަށް ޖަވާބުދާރީވާންޖެހޭ އަސާސެއް ނެތް ކަމަށް ވިދާޅުވެ، ޖަވާބުދާރީވާން އިންކާރު ކުރައްވައިފަ އެވެ.
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރާއި އާދަމް ވަކި ކުރުން ހޯމަ ދުވަހު
އުއްތަމަ ފަނޑިޔާރާއި އާދަމްގެ މައްސަލަ ކޮމިޓީ އަށް
އުއްތަމަ ފަނޑިޔާރާއި އާދަމް މުހައްމަދު ވަކިކުރަން ފޮނުވައިފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
މުއުތަސިމާއި ސުއޫދު އައްޔަންކުރުން ކޮމިޓީ އަށް
މަހާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި