Roadha Mihaaru
ސަސްޕެންޑް ކޮށްފައި އޮތް އެމްޑީއެން ޓްވިޓާގައި!

ސަސްޕެންޑް ކޮށްފައި އޮތް އެމްޑީއެން ޓްވިޓާގައި ހަރަކާތްތެރި!

12 ނޮވެމްބަރ 2019

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައި ވާތީ އެ ޖަމާއަތް ސަސްޕެންޑްކޮށް އަދި އުވާލަން ނިންމާފައި އޮތަސް، ރާއްްޖޭގެ ކަންކަމާ ބެހޭ ގޮތުން އެ ޖަމާއަތުން ސޯޝަލް މީޑިއާގައި އަދިވެސް ވާހަކަ ދައްކަަމުން އެބަދެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށްފައި ވާތީ އެ ޖަމާއަތް ސަސްޕެންޑްކޮށް އަދި އުވާލަން ނިންމާފައި އޮތަސް، ރާއްްޖޭގެ ކަންކަމާ ބެހޭ ގޮތުން އެ ޖަމާއަތުން ސޯޝަލް މީޑިއާގައި އަދިވެސް ވާހަކަ ދައްކަަމުން އެބަދެ އެވެ.

އެމްޑީއެން އުވާލަން ނިންމިކަން ސަރުކާރުން އިއުލާނުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެ ޖަމިއްޔާއިން ކުރި ޓްވީޓުގައި ކުށްވެރިކޮށްފައި ވަނީ އެ ނިންމުމެވެ. އެ ޓްވީޓްގައި ބުނެފައި ވަނީ އެ ޖަމިއްޔާގެ ރަޖިސްޓްރޭޝަން "ދިވެހިރާއްޖޭގައި ގާނޫނާ ހިލާފަށް ކެންސަލްކޮށްފައިވާ" ކަމަށެވެ.

އޭގެ ފަހުން މިދިޔަ އާދީއްތަ ދުވަހު ޓްވީޓްކޮށްފައި ވަނީ ޖަލުތައް އޮޑިޓްކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޓީން ނެރުރު ޖަލު އޮޑިޓް ރިޕޯޓާ ގުޅޭ ގޮތުންނެވެ.

އެމްޑީއެން އުވާލަން ނިންމީ އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި އިސްލާމްދީނަށް ތައުހީނުކޮށްފައިވާ ކަމަށް ފުލުހުން ޔޫތު މިނިސްޓްރީ އަށް އެންގުމުންނެވެ. އެމްޑީއެންގެ ރިޕޯޓް އިލްމުވެރިންގެ ޓީމެއް ލައްވައި ފުލުހުން ވަނީ ދިރާސާކޮށްފަ އެވެ.

އެ ޖަމިއްޔާ އުވާލަން ނިންމައި ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޖަމިއްޔާތަކާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އަދި ށ. އާ ހަވާލާދީ، އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އެމްޑީއެންގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި އެކަން އެ ޖަމިއްޔާ ވެސް އަންގާފައިވާ ކަމަށެވެ. ޖަމިއްޔާ އުވާލުމަށް، އެތަނުގެ ދަރަންޏާއި މުދަލުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް ގާނޫނުގައިވާ ގޮތުގެ މަތިން 45 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފެންމަތިވުމުން ޔޫތު މިނިސްޓްރީން އެ ޖަމިއްޔާ ސަސްޕެންޑްކުރި އެވެ. އެކަމަކު އެއީ އެކަށީގެންވާ ފިޔަވަޅެއް ނޫން ކަމަށް ބުނެ އިލްމުވެރިންނާއި ގިނަ ކައުންސިލްތަކަކުން ބަޔާން ނެރެ ހިތްހަމަނުޖެހުން ވަނީ ފާޅުކޮށްފަ އެވެ.

އެ މައްސަލައިގައި މައްސަލައިގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ބޭއްވި އެވެ.

އެމްޑީއެންގެ ވެބްސައިޓްގައިވާ އެ ޖަމިއްޔާގެ ތައާރަފްގައި ބުނެފައިވާ ގޮތުން އެއީ ދުނިޔޭގެ ބައެއް ގައުމުތަކާއި ބައިނަލް އަގުވާމީ ބައެއް ޖަމައާތްތަކުން މަދަދު ލިބޭ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާ އަށް އެހީތެރިވާ ކަމަށް ވެބްސައިޓްގައި ބުނެފައިވާ ގައުމުތަަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ނެދަލޭންޑްސް، އޮސްޓްރޭލިއާ އަދި ކެނެޑާ އެވެ. އެޖަމިއްޔާއަށް އެހީތެރިވާ ޖަމާއަތްތަކުގެ ތެރޭގައި އދ، ޔޫރަޕިއަން ޔޫނިއަން އަދި ކޮމަންވެލްތު ހިމެނެ އެވެ.