27 ސެޕްޓެމްބަރ 2016
ރަށުގެ ފަރުން ވަކި ބައެއް ކަނޑައަޅައި އެ ސަރަހައްދަށް ބަދަލު ނުގެނެސް ބަލަހައްޓަން 30 ރިސޯޓަކުން މިއަދު އެއްބަސްވެއްޖެ އެވެ.
ރަށުގެ ފަރުން ވަކި ބައެއް ކަނޑައަޅައި އެ ސަރަހައްދަށް ބަދަލު ނުގެނެސް ބަލަހައްޓަން 30 ރިސޯޓަކުން މިއަދު އެއްބަސްވެއްޖެ އެވެ.
ދުނިޔޭގެ ޓޫރިޒަމް ދުވަހާ ގުޅިގެން ބާއްވާ ފޯރަމްގެ ތެރެއިން މިއަދު މެންދުރުފަހު ވަނީ 27 ރިސޯޓަކުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއީ ޖުމެއިރާ ވިޓަވެއްޔާއި އޮޓްމޮސްފިއާ ކަނިފުއްޓާއި ކޮމަންޑޫ އާއި މީރު އައިލެންޑާއި ވެލިގަނޑު އައިލެންޑާއި ކުރެއްދޫ އާއި ވިލަމެންދޫ އާއި ހުރަވަޅި އާއި ބަނޑޮހާއި ރޯޔަލް އާއި ސޮނޭވާ ފުއްޓާއި ޕެރަޑައިސް އާއި ސިކްސް ސެންސަސް ލާމާއި ކުރަމައްޗާއި ބަނިޔަން ޓްރީ އާއި އަންސާނާ ވެލަވަރާއި ބިޔާދޫ އާއި ތާޖު އެގްޒޮޓިކާ އާއި ވިވަންޓާ ބައި ތާޖާއި ކަނޑޫމާ އާއި ސިނަމަން ދޮންވެއްޔާއި ފިހާޅޮއްސާއި ސަން އައިލެންޑާއި ރީތި ބީޗާއި ޕާކު ހަޔަޓް ހަޑަހާ އެވެ. އަދި ސޮނޭވާ އިން އަލަށް ހުޅުވާ ޖާނީން ވެސް ސޮރިކުރި އެވެ.
ފަރުތައް ބެލެހެއްޓުމުގެ އެެއްބަސްވުމުގައި ރިސޯޓުތަކުގެ މަންދޫބުން މިއަދު ސޮއިކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން، އަދާރަން ސެލެކްޓު މީދުއްޕަރާއި އަމިއްލަފުށި އަދި ފިނޮޅުން ވެސް ވަނީ އެއްބަސްވުމުގައި ސޮއިކުރަން ނިންމާފަ އެވެ. އެކަމަކު، މިއަދު ދަރުބާރުގޭގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތަށް އެ ރިސޯޓުތަކުގެ މަންދޫބުންނަށް ވަޑައިނުގެންނެވުމުން އެ ފަރާތްތަކުން ސޮއިކުރުން ވަނީ ފަސްކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެއީ އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހަދަން 2013 ގައި އެކުލަވާލި ޕްލޭނުގެ ދަށުން ހެދި އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ ރިސޯޓެއްގެ ފަރުން ވެސް ވަކި ބައެއް ކަނޑައަޅައި ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް އެ ތަން ބަލަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރު ބަލަހައްޓަން ޖެހޭ ގޮތް ވަނީ، އޮފިޝަލް ވިދާޅުވި ގޮތުގައި، އެއްބަސްވުމުގައި ހަތް ކެޓަގަރީއަކަށް ބަހާލާފަ އެވެ. އޭނާ ވިދާޅުވީ ފަރަށް ގެނެވޭނެ ބަދަލާއި ބަދަލު ގެނެވޭ މިންވަރު އެކި ކެޓަގަރީގައި ތަފާތު ވާނެ ކަމަށާއި ރިސޯޓުން ބޭނުންވާ ކެޓަގަރީއެއް ހިޔާރު ކުރެވޭނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކަނޑައަޅާ ފަރުގެ ބައި ބަލަހައްޓާ މިންވަރު ބަލައި ދިރާސާ ކުރަނީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ތިމާވެށި ރައްކާތެރިކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށް ވާ އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިންނެވެ.
އަންނަ އަހަރުގެ ނިޔަލަށް ރާއްޖެ ބަޔޮސްފިއާ ރިޒާވަކަށް ހަދާނެކަން އިއުލާންކުރެއްވީ 2012 ގައި ބްރެޒިލްގައި ބޭއްވި މޫސުމާ ބެހޭ އދ.ގެ ސަމިޓުގައި އޭރުގެ ރައީސް މުހައްމަދު ވަހީދެވެ. އަދި ޖެހިގެން އައި އަހަރުގެ ޖެނުއަރީ މަހު ކެބިނެޓުން ވަނީ އެ ލަނޑުދަނޑި ހާސިލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވާލައި ފާސްކޮށްފަ އެވެ.
ޔުނެސްކޯ އިން ބަލަހައްޓާ ބަޔޮސްފިއާ ރިޒާވްތަކުގެ ލިސްޓުގައި ރާއްޖޭން މިހާތަނަށް ހިމަނާފައި ވަނީ ބ. އަތޮޅެވެ.
ފަޅުތައް ހިއްކަން ތިމާވެށި ވެއްޔާ މޮޑެލަނީ
"ގްރީން ޓެކްސް އިން ގެސްޓްހައުސްތަކަށް ކުރާނީ ފައިދާ"
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
ފަރުތަކުގެ ސިއްހަތު ދެނެގަތުމުގެ ފޮޓޯ މުބާރާތެއް
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ޓޫރިޒަމްގެ އާމްދަނީން ފަރުދުންނަށް ލިބޭވަރު ކުޑަ:ރައީސް
ކޮކޯ ޕާމްގެ ވެލާތައް ބަލަހައްޓަދޭނެ މީހަކު ބޭނުންވެއްޖެ