03 ޖުލައި 2017
މަތިންދާބޯޓެއްގައި ދަތުރުކޮށްފައި ދާއިރު އެ މަންޒަރުތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ. ހީވަނީ ކަނޑަށް ހުދު ކުލަ އަޅައިފަ އޮންނަ ހެންނެވެ. ބޮޑު ސިންގާ ޑްރެޖަރަކުން ކަނޑުން ވެލި ނަގައިގެން ދާއިރު ފަހަތުން ފެންނަނީ މުޅި އެ ސަރަހައްދު ކިލަނބުވެފައި އޮއްވަ އެވެ. މި މަންޒަރު ފެނުމުން ވަރަށް ގިނަ ބަޔަކު ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ. ހިތްގައިމު ރާއްޖޭގެ ރީތި ކަމަށް އެހާ ބޮޑު ގެއްލުމެއް އެދެނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލުކުރެ އެވެ.
މަތިންދާބޯޓެއްގައި ދަތުރުކޮށްފައި ދާއިރު އެ މަންޒަރުތައް ވަރަށް ރީތިކޮށް ފެންނާނެ އެވެ. ހީވަނީ ކަނޑަށް ހުދު ކުލަ އަޅައިފަ އޮންނަ ހެންނެވެ. ބޮޑު ސިންގާ ޑްރެޖަރަކުން ކަނޑުން ވެލި ނަގައިގެން ދާއިރު ފަހަތުން ފެންނަނީ މުޅި އެ ސަރަހައްދު ކިލަނބުވެފައި އޮއްވަ އެވެ. މި މަންޒަރު ފެނުމުން ވަރަށް ގިނަ ބަޔަކު ފޮޓޯ ނަގައި ވީޑިއޯކޮށް ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރެ އެވެ. ހިތްގައިމު ރާއްޖޭގެ ރީތި ކަމަށް އެހާ ބޮޑު ގެއްލުމެއް އެދެނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލުކުރެ އެވެ.
މާލެ ކައިރި ބައެއް ސަރަހައްދާއި މެދު ރާއްޖެތެރޭގެ ބައެއް ފަޅުތައް ރިސޯޓް ހަދަން ސަރުކާރުން ވަނީ ވިއްކައިފަ އެވެ. އެތެރެވަރީގެ ބައެއް ސަރަހައްދުތަކުން ވެލި ނަގައިގެން އެ ފަޅުތައް ހިއްކުމުގެ މަސައްކަތް އަންނަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެއިން ކޮންމެ ފަޅެއް ހިއްކަން ބޭނުންވާ ގިނަ އަދަދެއްގެ ވެލި ނަގަނީ އެތެރެވަރީގެ ކަނޑުތަކުންނެވެ.
ކަނޑުން ވެލި ނަގައިގެން ދަތުރުކުރާ ބޮޑު ކޮންނަބޯޓެއް: މި މަސައްކަތް ކުރާ ގޮތް ބަލާނެ ބަޔަކު ނެތް
ބޮޑެތި ޑްރެޖަރުތައް ގެނެސް ބޭނުން ގޮތަށް ކަނޑުތަކުން ވެލި ނަގަމުން ދާއިރު ސަރުކާރުގެ ކަމާ ބެހޭ އެއްވެސް އިދާރާއަކުން ފިޔަވަޅެއް ނާޅަ އެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބޭ ބޮޑު ގެއްލުން މި ވަގުތު ވަޒަންނުކުރެވޭނެ ކަމަށް ބުނެ ވެސް އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރެ އެވެ.
ތިމާވެށީގެ ތަޖުރިބާކާރަކު، ނަން ނުޖެހުމަށް އެދިވަޑައިގެން، ވިދާޅުވީ އަތޮޅުތެރޭގެ މެދުން ވެލި ނަގައިގެން ބައެއް ފަޅުތައް ހިއްކާތީ އޭގެ ސަބަބުން ހިތަށް ވެސް ނާރާވަރުގެ ގެއްލުންތައް ލިބޭނެ ކަމަށެވެ.
"ރާއްޖޭގެ މަސްވެރިން އެންދަމަނީ އެތެރެވަރީ ކަނޑުތަކުން. މަސްވެރިންގެ ފަރާތުން މިހާރު ޝަކުވާ އެބަ ލިބޭ ބައެއް ސަރަހައްދުތައް ކިލަނބުވުމުން އެންވެރިކަން ނެތެމުން އަންނަ ކަމަށް. މިހިރީ މިހާރު ވެސް ލިބެމުން އަންނަ ގެއްލުންތައް،" އޭނާ ވިދާޅުވި އެވެ.
ތަޖުރިބާކާރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްގީކުރަން ޖެހޭނީ ރާއްޖޭގެ ތިމާވެށި ގުރުބާންކޮށްގެނެއް ނޫނެވެ. އޭގެ ސަބަބުން ލިބޭ ގެއްލުން ފަހުން މާ ބޮޑުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އެނބޫދޫފަޅުގައި ރިސޯޓްތަކެއް ތަރައްގީކުރަން ހިއްކާފައިވާ ސަރަހައްދު
"ބޮޑެތި ފަޅުތައް ހިއްކަން ވެލި ނަގަމުން އެދަނީ އޭގެ ސަބަބުން ދިމާވެދާނެ ގެއްލުންތައް ދިރާސާކޮށްފައެއް ނޫން. ހިތަށްއެރި ދިމާލަކަށް ހޮޅި ވައްޓާލައިގެން ވެލި ނަގައިގެން ދަނީ. އޭގެ ފަހުން ވެއްޔާ އެކު ނަގާ ފެންތައް މުޅި ކަނޑަށް ދޫކުރަމުން ދަތުރުކުރަނީ،" އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމަށް ހިއްކާ ތަންތަނަށް ބޭނުންވާ އެންވަޔަރުމަންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ ހުއްދަ މިހާރު ދޫކުރަނީ އެންވަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ބަދަލުގައި ސީދާ ޓޫރިޒަމް މިނިސްޓްރީންނެވެ. މިއީ މި ސަރުކާރުން ބޭނުންވާ ބަޔަކަށް، އެއްވެސް ހުރަހެއް ނެތި އެކަމަށް ހުއްދަ ދޭން ގެނައި ބަދަލެކެވެ. ރިސޯޓެއް ހަދަން ހިއްކާ ތަނެއްގައި ތިމާވެށީގެ ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް ބަހެއް ބުނުމުގެ ބާރެއް އީޕީއޭއަކަށް މިހާރު ނެތެވެ.
ބޮޑެތި ފަޅުތައް ހިއްކަން ވެލި ނަގަމުން އެދަނީ ދިމާވެދާނެ ގެއްލުންތައް ދިރާސާކޮށްފައެއް ނޫން. ހިތަށްއެރި ދިމާލަކަށް ހޮޅި ވައްޓާލައިގެން ވެލި ނަގައިގެން ދަނީ.
އީޕީއޭގެ އެތެރޭގެ ކަންކަން ދެނެހުރި މީހަކު ބުނި ގޮތުގައި ގިނަ ފަޅުތައް ހިއްކަމުން ގެންދަނީ ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީފައިވާ ގޮތަކަށް ނޫނެވެ.
"އެކި ފަހަރުމަތިން ޓޫރިޒަމް މިނިސްޓްރީއަށް އީޕީއޭ އިން އެންގި އަތޮޅުގެ މެދުން ވެލި ނަގައިގެން ހިއްކުމުން އޭގެ ނޭދެވޭ އަސަރު ތިމާވެއްޓަށް ކުރާނެކަން. އެކަމަކު އެއިން އެއްވެސް ކަމެއް ނުހުއްޓޭ،" އޭނާ ބުންޏެވެ.
ގިނަ ޑްރެޖަރުތަކުން ވެލި ނެގުމަށް ފަހު ލޮނުގަނޑު ދޫކޮށްލަނީ ހިއްކާ ސަރަހައްދަކަށް ނޫނެވެ. މޫސުން ގަދަ ދުވަސްވަރު އެ ކިސަޑު ފެނުގެ އަސަރު ބޮޑުވާނެ އެވެ.
ތިމާވެށީގެ ތަޖުރިބާކާރު ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ފަރުތައް ވެސް ކަޓާ ސަކްޝަން ޑްރެޖަރު ބޭނުންކޮށްގެން ކޮނެގެން ނަގާފައިވާ ކަމަށެވެ. އެއީ ދުވަހަކު ވެސް އިޔާދަނުކުރެވޭނެ ގެއްލުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
ވެލި ނަގައިގެން ކޮންނަ ބޯޓެއް ދަތުރުކުރާއިރު ކިސަޑުގަނޑު މޫދަށް ފައިބަނީ: ރާއްޖޭގެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް
މި މައްސަލައާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއްނުވި އެވެ.
މެދު ރާއްޖެތެރޭގެ ރަށެއްގެ ކެޔޮޅަކު ބުނީ އެންދަމަން ދާދި ފަހުން ކ. މާފުށީ ކައިރިއަށް ފީނިއިރު ބޮޑު ސަރަހައްދެއް އޮތީ ކޮނެލާފައި ކަމަށެވެ. އެތަނުން މިހާރު އެއްގޮތަކަށް ވެސް އެން ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"އެ މުޅި ސަރަހައްދު އޮތީ ކޮނެގެން ނަގާފައި. އޮތީ ވަރަށް ބޮޑަށް ކިލަނބުކޮށްލާފައި. މިހާރު އެތަނުން އެއްގޮތަކަށް ވެސް އެމެއް ނުލިބޭ،" ކެޔޮޅު ބުންޏެވެ.
ރާއްޖޭގެ ތިމާވެށި ދެކެ ލޯބިވާ މީހުންގެ ކަންބޮޑުވުން ހުރީ ވަރަށް މަތީގަ އެވެ. އެކަމަކު ތިމާވެށީގެ ހިމާޔަތުގައި އެއްޗެއް ބުނަން ކެރޭ ރަސްމީ އިދާރާއެއް މިހާރު ރާއްޖެއަކު ނެތެވެ. ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް މިއިން މައްސަލައެއް ނާދެ އެވެ. އެހެންކަމުން ތަރައްގީގެ ނަމުގައި ރާއްޖޭގެ ނާޒުކު ތިމާވެށި ހަލާކުކުރަމުން އެދަނީ އެންމެންގެ ކުރިމަތީގަ އެވެ.
ފަޅުތައް ހިއްކާތީ މަޓީން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖޭގެ ރީތިކަމަށް ފަސްއަޅައި "ފޮރުވަނީ"!
ފަރަށް ބަދަލު ނުގެންނަން 30 ރިސޯޓަކުން އެއްބަސްވެއްޖެ
ގަވާއިދާ ހިލާފަށް ގޮނޑުދޮށް ހިމާޔަތް ކުރުމުން ޖޫރިމަނާ
ޑައިވިން ސައިޓްތަކުގެ ހިމާޔަތުގައި
މޫދަށް ކުނި އުކާލުން އެހާމެ ފަސޭހަ!
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން
އޮޅުވެލި ރިސޯޓު ތިން ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި
ކޮކޯ ޕާމްގެ ވެލާތައް ބަލަހައްޓަދޭނެ މީހަކު ބޭނުންވެއްޖެ
ރުއްގަސް ނެގުން މެކުހަށް! ބޭރަށް ވެސް ގެންދަނީ؟