05 ނޮވެމްބަރ 2019
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް އަދި ނައިބަކަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) މިރޭ އައްޔަންކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒް އަދި ނައިބަކަށް އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހަސަން (ބިގޭ) މިރޭ އައްޔަންކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތައް ހިމެނޭ ބޮޑު ބަޖެޓު މަޖިލިހުން ދިރާސާ ކުރާނީ މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ.
ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް އައްޔަން ކުރެއްވި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން ނާޝިޒަކީ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. އޭނާ ވަނީ 17 ވަނަ މަޖިލިހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އިގްތިސާދީ ކޮމިޓީގެ މުގައްރިރު ބިގޭ ވަނީ 18 ވަނަ މަޖިލިހުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
މި އަހަރުގެ ބަޖެޓުގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖެ އަށް ބޭނުންވާ އަސާސީ، އުމްރާނީ ވަސީލަތްތައް ގާއިމު ކުރުމެވެ. އަދި މިއީ، ރާއްޖޭގައި މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ހިމެނޭ ބަޖެޓެވެ. ޕީއެސްއައިޕީ ޕްރޮގްރާމްތައް އެކި ސަރަހައްދުތަކުގައި ހިންގަން 10.2 ބިލިއަން ރުފިޔާ މި ފަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން.
މިއީ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުވުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް ކަނޑައަޅައި، ބަޖެޓުގައި ހުށަހަޅާ ފުރަތަމަ ފަހަރެވެ.
ބަޖެޓުގައި، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ އިރު، ދައުލަތުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް ގެންދިއުމަކީ ބަޖެޓުން އަމާޒު ހިފާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ކުރިން ވަނީ ވިދާޅުވެފަ އެވެ.
ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!
މަޖިލިހުން ބަޖެޓް ބޮޑު ކުރުމާ ނަޝީދު ދެކޮޅު
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް:ޝިޔާމް
ބޮޑު ހިޔާނާތް ހަ ބިލިއަން ރުފިޔާއަށް އަރާނެ: އިލްޔާސް
ޓެކްސް ދައްކަނީ ބަދަލަށް ފައިސާ ދޭކަށް ނޫން:އާޒިމް
ޖީބަށް އިތުރުނުވާ ނަމަ ބަޖެޓު ބޮޑުކުރާނެކަމެއް ނެތް
ގޭގައި ތިއްބަސް ބަޖެޓު ބަހުސަށް ގެންނާނަން: ނަޝީދު
ބަޖެޓް ބަހުސް މާދަމާ މަޖިލިހުގައި ފަށަނީ
މިއީ ގަދަރުވެރި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް: އަމީރު
ބަޖެޓު ހުށަހެޅުމުގެ ޖަލްސާ މާދާމާ ބާއްވަނީ