05 ނޮވެމްބަރ 2019
އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ބިނާކުރާ ދިވެހިން ރާއްޖޭގައި ހިދުމަތް ކުރަން ބޭތިއްބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި ހުނަރުވެރި މީހުން ގައުމު ދޫކޮށް ދިއުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) މިއަދު ވިދާޅުވެއްޖެ އެވެ.
އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ބިނާކުރާ ދިވެހިން ރާއްޖޭގައި ހިދުމަތް ކުރަން ބޭތިއްބޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށާއި ހުނަރުވެރި މީހުން ގައުމު ދޫކޮށް ދިއުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) މިއަދު ވިދާޅުވެއްޖެ އެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓު ގައި އިއްޔެ އިން ފެށިގެން ކުރިއަށް ގެންދާ، އާއްމު ސިއްހަތާ ބެހޭ މަހާސިންތާގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ރާއްޖޭގައި އުފައްދާ ފަންނުވެެރިންނާއި މާހިރުން ހިޖުރަ ކުރަަމުންދާ މައްސަލަ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ދާއިރާތަކަށް ޚާއްސަކޮށްގެން އުފައްދާ އެފަދަ މީހުން ރާއްޖެ ދޫކޮށް ދިއުމަކީ މުޅިން ހުއްޓުވޭނެ ކަމަކަށް ނުވިޔަސް އެ މީހުން ގައުމުގައި ނުތިބޭ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
"ހާއްސަކޮށް ސިވިލް ސާވިސް މިވަނީ ތަމްރީން ދޭ ތަނަކަށް ވެފައި. އަޅުގަނޑުމެންނަށް މި ފެންނަނީ ދައުލަތުން، ރައްޔިތުންގެ ފައިސާ އިން ޕްރައިމަރީ އެޑިއުކޭޝަން، ސެކަންޑަރީ އެޑިއުކޭޝަން، އެ އަށް ފަހު ފުރަތަމަ ޑިގްރީ އަށް ހަރަދު ކުރުމަށް ފަހު، އޭނާ ދޮންވެ ފައްކާވެ ތަޖުރިބާ ލިބޭ ދުވަހު ބޭރުގެ ކޮންމެވެސް ގައުމެއްގައި ހިދުމަތް ކުރަން ދިއުން. ރާއްޖޭގެ އެންމެ ފުރަތަމަ ދެ ޑޮކްޓަރުން އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުން ވިއްޔާ، އެ ދެ ޑޮކްޓަރުން ރާއްޖެ އަށް ހިދުމަތްކުރާކަށް ނާދޭ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދިވެހިން އެކި ގައުމުތަކަށް ހިޖުރަކުރުމުގެ ހާލަތު މިހާރު އޮތް ގޮތުން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި ބޮންޑުގެ އުސޫލު ތަންްފީޒެއް ނުކުރެވޭ ކަމަށެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ ޕަބްލިކް ހެލްތު ފޯރަމްގެ ސެޝަނެއްގައި މަޝްވަރާ ކުރަނީ.---ފޮޓޯ: ހެލްތު މިނިސްޓްރީ
ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތުގެ ހާލަތު ރާއްޖޭގައި އޮތް ގޮތާ ބެހޭ ގޮތުން، ޝަމީމް ވިދާޅުވީ "ބްރެއިން ޑްރެއިންގެ މައްސަލަ" [ވިސްނުން ތޫނު މީހުން ގައުމު ދޫކޮށް ދިއުމުގެ މައްސަލަ] އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެއީ ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުމެކެވެ. އަދި އެކަން ހައްލުކުރަން ނިޒާމެއް ގާއިމްކުރަން ޖެހޭ ކަމަށާއި ގާނުނީ ހައްލެެއް ވެސް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ހުނަރުވެރި މީހުން ހިޖުރަކުރުމުގެ މައްސަލަ އަކީ ބައިނަލްއަގްވާމީ މުޖުތަމައުން ވެސް ވާހަކަ ދައްކަންޖެހޭޖެހޭ މައްސަލައެއް ކަމަށެވެ. ސިވިލް ސާވިސް ކޮމިޝަނުގެ ފަރާތުން މިހާރު އެ މައްސަލަ ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށާއި އިންޓަނޭޝަނަލް ލޭބާ އޯގަަނައިޒޭޝަން (އައިއެލްއޯ) އާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެއަކަސް އައިއެލްއޯ މެދުވެރިކޮށް، ޑަބްލިއުޓީ އޯގަނައިޒޭޝަން މެދުވެރިކޮށް، ޕްރޮފެޝަނަލް ޓްރީޓްމެންޓްގެ ގޮތުގައި އަޅުގަނޑުމެންނަށް އެބަ ޖެހޭ، އަޅުގަނޑުމެން އުފައްދާ ފަންނުވެރިން އެހެން ގައުމުތަކަށް ގެންދާ ނަަމަ ކޮންމެވެސް ވަރެއްގެ އަދުލުވެރި ބަދަލެއް ލިބޭނެ ގޮތް [ވާން]" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އިން ރާއްޖޭގައި އިންސާނީ ވަސީލަތް ބިނާކުރުމަކީ އިހުމާލުވެފައިވާ ދާއިރާ އެކެވެ. އެގޮތުން ސިއްހީ ދާއިރާ މެނޭޖް ކުރުމުން މަތީ ތައުލީމު ހާސިލުކޮށްފައިވާ މީހުން މަދު ކަމަށް އޭނާ ވިދާޅުވި އެވެ.
Day 2 #PublicHealthConference2019 starts at Paradise Island Resort. #YearOfPublicHealth2020#HealthyRaajje#PublicHealthConference2019#RevitalisingPublicHealth#Workingtogether#HealthierNation@mohmv@ameenex@healthyraajje pic.twitter.com/ZfV7vpFMQb
— aneel mufeed⚖️?? (@aneelmufeed) November 5, 2019
ޕަބްލިކް ހެލްތު ފޯރަމްގެ ދެ ވަނަ ދުވަސް
ރާއްޖޭގެ ޕަބްލިކް ހެލްތުގެ ދާއިރާ ކުރިއެރުވުމާއި އެ ދާއިރާ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރިއަށް ގެންދާ މަހާސިންތާގައި 200 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މަހާސިންތާގެ މައިގަނޑު އެއް ބޭނުމަކީ ޕަބްލިކް ހެލްތުގައި ހުރި މައްސަލަތައް ދެނެގަނެ އެކަމުގެ ހައްލު ހޯދުމެވެ. އަދި އާންމު ސިއްހަތު ކުރިއެވުމުގެ ކަންކަން ތަންފީޒު ކުރާނެ މަގުޗާޓެއް މި ފޯރަމްގައި އެކުލަވައިލާނެ އެވެ.
މި މަހާސިންތާ ގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އާބާދީގެ އެކި އުމުރު ފުރާތަކަށް އަންނަ ބަދަލުތަކާ އެކު، އާބާދީގެ ސިއްހީ މައްސަލަތަކާއި ދިރިއުޅޭ މާހައުލާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުންބުއިމުގެ އާދަތަކަށް އައި ބަދަލުތަކާއި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެ އެވެ. އަދި މީހުންގެ ދިރިއުޅުމުގެ މާހައުލާ ގުޅުން ހުރި ކަންކަމުގެ ސަބަބުންނާއި ރާއްޖޭގައި ދިރިއުޅޭ ބޭރު މީހުންގެ އާބާދީ އިތުރުވަމުން ދިއުމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެކަން ކަމާ މެދު މަޝްވަރާކޮށް، ހައްލު ކުރުމަށް ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރާނެ އެވެ.
ފޯރަމަކީ ކަންކަން ރަނގަޅު ކުރުމުގެ ފެށުން: އަމީން
އާއްމު ސިއްހަތަށް އިސްނެގުމުގައި ނައިފަރުގެ ތަޖުރިބާ
ކޮމިއުނިޓީ ހެލްތުކެއާ އަލުން ދިރުވުމުގެ ޕްލޭނެއް
އާއްމު ސިއްހަަތާ މެދު ބައެއް މިނިސްޓަރުންގެ ކަންބޮޑުވުން
ބަލިވީމާ ކުޑަރަށާއި ބޮޑުރަށު މީހާ ތަފާތުވެގެން ނުވާނެ
އާއްމު ސިއްހަތު ބައްޓަން ކުރުން ލަސްވެއްޖެ: އަމީން
އާއްމުސިއްހަތާ ބެހޭ ބޮޑު މަހާސިންތާ ފަށައިފި
ފޯރަމާ އެކު،ކަންކަން ބަދަލުވާ ތަން ފެންނާނެ: ހެލްތު
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި