04 ނޮވެމްބަރ 2019
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވިދާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ބުނެފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުކުރެވިދާނެ ކަމަކަށް ގަބޫލުނުކުރެވޭ ކަަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ މެދުވެރިކޮށް ހިންގި 3.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރުގެ މައްސަލައިގައި ޔާމީނަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން ކްރިމިނަލް ކޯޓުގައި މާދަމާ އަށް ވަނީ ތާވަލްކޮށްފަ އެވެ.
މި ދައުވާއާ ގުޅޭ ގޮތުން ޗެނަލް 13 ގައި، އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވީ އެއީ ސިޔާސީ ދައުވާއެއް ކަމަށެވެ. އެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީ، މިހާތަނަށް ވެސް އެ ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ކަނޑައަޅާފައި ނުވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ޣައްސާނާއި އަބްދުއްރަހީމް ވެސް ވިދާޅުވީ މި ސަރުކާރުގެ ބޭނުމަކީ ސިޔާސީ މައިދާނުގައި ޔާމީންގެ އަޑު ކަނޑުވާލައި އެކަހެރިކުރުން ކަމަށެވެ. އެކަމަކު އެކަން މި ސަރުކާރަށް ކާމިޔާބު ނުވާނެ ކަމަށް ޣައްސާން ވިދާޅުވި އެވެ.
އިދިކޮޅުގެ ސަފުތައް ވަރުގަދަކޮށް، އެކަމަށް ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނުހައްގުން ޔާމީން ހުރަގެއަށް ލިޔަސް އެމަނިކުފާނުގެ ސާބިތުކަން ނަގައެއް ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
"ހަގީގީ މާ ގިނަ ވާހަކަތަކެއް ނެތް މައްސަލަތަކެއް ފެންމަތިކޮށްފައި އެމަނިކުފާނު އެކަހެރިކޮށްލަން ކުރާ މަސައްކަތެއް މިއީ. އެކަމަކުން އެމަނިކުފާނުގެ ހައިބަތަކަށް ކުރާނެ މާ ބޮޑު އަސަރެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ޣައްސާން ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ ޝަރީއަތް ހިނގައިދިޔައީ ފާޑުކިޔާނެ ޖާގަ ލިބޭ ގޮތަށެވެ. އަދި އާއްމުކޮށް ހުޅުވާލައިގެން ޝަރީއަތް ބޭއްވުމުން ޔާމީނަށް ތާއީދު އިތުރުވެ އެމަނިކުފާނުގެ މައުސޫމްކަން ސާފުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް ކަމަށް ދިވެހި ރައްޔިތުން މިއަދު ގަބޫލުކުރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަންފާވި ކަމުގެ ތުހުމަތުގައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) 155 މީހުންގެ ލިސްޓެއް ނެރުނު އިރު ވެސް އެއިން އެއްވެސް މީހަކަށް ދައުވާ ނުކޮށް ހަމައެކަނި ޔާމީންގެ މައްޗަށް ދައުވާ އުފުލުމުން ސުވާލު އުފެދެ އެވެ. އޭގެ ފަހުން ވެސް ލިސްޓެއް އާއްމުކުރި އިރު އަދި އެ ލިސްޓުގައި ސަރުކާރުގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވާ އިރު ފިޔަވަޅު ނޭޅުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފުން ޖަމާކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އިރު އެ ފައިސާ އަކީ އެމްއެމްޕީއާރުސީގެ ފައިސާ ކަން މިހާތަނަށް ކަނޑައަޅާފައި ނުވާ ކަން އަބްދުއްރަހީމް ފާހަގަކުރި އެވެ.
"ދެން ކިހިނެއްތޯ ޔާމީންގެ މައްޗަށް މި މައްސަލަ ސާބިތުވާނީ،؟" އޭނާ ސުވާލު އުފެއްދެވި އެވެ.
ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭސީސީއާ އެ ފައިސާ ހަވާލުކުރަން އެއްބަސްވެވަޑައިގަތުމަށް ފަހު، އަސްލު އޮޅުވާލައި އެހެން ފައިސާއެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލަ އެވެ.
އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލީ ކަމަށް ދައުވާގައިވެ އެވެ.
ދަށު ކޯޓާ ގުޅުވައި، އިސްތިއުނާފު ލަސްކުރާ ޝަކުވާ!
ނުފޫޒުު ފޯރުވުނު ނަމަ މިނިވަނެއް ނުކުރާނެ: ޔާމީން
ޖޭއެސްސީގެ ނިންމުން ގަބޫލެއް ނުކުރެވޭ: އިދިކޮޅު
"ނުފޫޒު ފޯރުވާތީ" އަލީ ޒާހިރު ވަކިކުރަން ގޮވާލައިފި
"ޔާމީނަށް ކުރީ ނުހައްގު ހުކުމެއް، މިނިވަންކުރަންޖެހޭ"
ޔާމީނަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރަން: އިދިކޮޅު
"ހުކުމާ މެދު ބައިނަލްއަގްވާމީ މުޖުތަމައު ކަންބޮޑުވޭ"
ހުރިހާ "ހިބަރު" ބާނައި ނިމިއްޖެ: ޔާމީން
ގާޒީ އަލީ ރަޝީދަށް ބެންޗުގައި ނީނދެވޭނެ: ޖަމީލް
އަޅުގަނޑު ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ: ޔާމީން