30 އޮކްޓޯބަރ 2019
ލާހޯރް (އޮކްޓޯބަރު 30) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލު ވަރަށް ގޯސް ކަމަށް އެ މަނިކުފާނުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
ލާހޯރް (އޮކްޓޯބަރު 30) - ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ސިއްހީ ހާލު ވަރަށް ގޯސް ކަމަށް އެ މަނިކުފާނުގެ ޑޮކްޓަރު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގައި ތިން ފަހަރު ބޮޑު ވަޒީރުކަންކޮށްފައިވާ ނަވާޒް ޝަރީފުގެ ޕްލޭޓްލެޓް ދަށްވުމުން ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދެނިކޮށް މިދިޔަ ހުކުރު ދުވަހު ވަނީ ހާޓްއެޓޭކެއް ޖެހިފަ އެވެ. ނަވާޒް ޝަރީފަށް މިހާރު ފަރުވާ ދެނީ ލާހޯރުގެ ހޮސްޕިޓަލެއްގަ އެވެ.
ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުން ގެންދާ ނަވާޒް ޝަރީފުގެ ޚާއްސަ ޑޮކްޓަރު އަދްނާން ޚާން ވިދާޅުވީ ޕްލޭޓްލެޓް ދަށްވުމުގެ ސަބަބުން އެމަނިކުފާނުގެ ކިޑްނީގެ އަށް ވެސް މައްސަލަ ޖެހިފައިވާ ކަމަށެވެ.
ނަވާޒް ޝަރީފުގެ ސިއްހީ ހާލަތު ގޯސްވުމުން އިސްލާމް އާބާދުގެ ހައި ކޯޓުން މިހާރު ވަނީ ކަފާލާތުގެ ދަށުން ޖަލުން ދޫކޮށްލި މުއްދަތު ދެ މަސް ދުވަހަށް އިތުރުކޮށްފަ އެވެ. ނަމަވެސް "ސްޓޮޕް ލިސްޓް"ގައި ނަވާޒް ޝަރީފުގެ ނަން އޮތުމުން ގައުމުން ބޭރަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
ނަވާޒް ޝަރީފަށް ޖަލުގައި ފަރުވާ ދިނުމުގައި ބޮޑު ވަޒީރު އިމްރާން ޚާންގެ ސަރުކާރުން ވަރަށް ބޮޑަށް އިހުމާލްވެފައިވާ ކަމަށް ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް-އެން) އިން ބުނެފައިވެ އެވެ.
އުމުރުން 69 އަހަރުގެ ނަވާޒް ޝަރީފުގެ މަގާމު ގެއްލުނީ ޖުލައި 2017 ގައި ސުޕްރީކް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ނަވާޒް ޝަރީފުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކަށް އެމަނިކުފާން ގެންދަވނީ ދެކޮޅު ހައްދަވަމުންނެވެ.
އިމްރާންގެ މެންބަރުންނަށް ޕާކިސްތާނުގެ ބާރެއް ނުލިބުނު
ޕާކިސްތާނުގައި ސަރުކާރު ހަދަން އިއްތިހާދުވާނެ ބަޔަކުނެތް
އިމްރާނާއި ޕާޓީ ބަންދުކޮށްގެން ވެސް ބަދަލެއް ނުވި
ގިނައީ އިމްރާންގެ ކެންޑިޑޭޓުން، ބާރު ނަވާޒް ޝަރީފަށް
ނަވާޒް ޝަރީފަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ވެއްޖެ
ބޭހަށް ފޮނުވި ނަވާޒް ޝަރީފް "ފިއްލައިފި": ޕާކިސްތާން
އެއާ އެމްބިއުލެންސެއްގައި ނަވާޒް ޝަރީފް ލަންޑަނަށް
ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން
އިތުރު ފަރުވާއަށް ނަވާޒް ޝަރީފް ގައުމުން ބޭރަށްގެންދަނީ
ގޭގައި އައިސީޔޫއެއް ހަދައި ނަވާޒް ޝަރީފް ގެއަށް