30 އޮކްޓޯބަރ 2019
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަން ކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިނުގެން ޖަލްސާ މިއަދު ބޮއިކޮޓް ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި ހުސްވެފައިވާ ފަނޑިޔާރު ކަމުގެ މަގާމަށް، ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަން ކުރަން ފެނޭތޯ ރައްޔިތުންގެ މަޖިލިހުގައި ނެގި ވޯޓުގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ބައިވެރިވެވަޑައިނުގެން ޖަލްސާ މިއަދު ބޮއިކޮޓް ކުރައްވައިފި އެވެ.
މިއީ، 19 ވަނަ މަޖިލިހުގައި މެމްބަރަކު ޖަލްސާ ބޮއިކޮޓް ކުރެއްވި ފުރަތަމަ ފަހަރެވެ.
އެޓާނީ ޖެނެރަލް އޮފީހާއި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވި މަހާޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓު މަޖިލިހުގައި ނެގި އިރު، ޖާބިރު ތަޅުމުގައި ނެތެވެ. ވޯޓުގެ ކުރިން ޖާބިރު ވަނީ ނިޒާމީ މައްސަލަ ނަންގަވައި ވެރިކަން ކުރާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ފާޑު ވިދާޅުވެފަ އެވެ.
މަޖިލިހުގެ ތަޅުމުގައި އެ ވޯޓު ނެގީ، އޭގެ ކުޑައިރުކޮޅެއް ކުރިން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ނެގި ވޯޓުގައި މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން، ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މަހާޒަށް ރުހުން ދިނުމަށް ތްރީ ލައިން ވިޕެއް އެމްޑީޕީން ނެރުމާ ގުޅިގެންނެވެ. އަދި ނިޒާމީ މައްސަލަ ނަންގަވައި ޖާބިރު އެމްޑީޕީ އަށް ފާޑު ވިދާޅުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އެ ނިންމުމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި ސިޓީފުޅުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަހާޒް ނުވަތަ ޖާބިރުގެ އަނބިކަނބަލުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ އައްޔަން ކުރަން ލަފާ ދެއްވުމާ ގުޅިގެން އެ މައްސަލަ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވި އެވެ. ޖުޑިޝަރީ ކޮމިޓީން ހަމައެކަނި ބެލީ އެ މައްސަލައިގައި ޖޭއެސްސީ އިން އަމަލު ކުރި ގޮތް ރަނގަޅުތޯ އެވެ.
ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ޑީއާރުޕީގެ ލީޑަރު ކަން ކުރައްވާ ޖާބިރު ވިދާޅުވީ ފަނޑިޔާރު ކަމަށް އައްޔަން ކުރަން އޮންނަނީ އެމްޑީޕީގެ ހަރުގެއިން ނޫން ކަމަށެވެ. އަދި މަހާޒަށް ރުހުން ދޭން އެމްޑީޕީން ވިޕެއް ނެރުނީ ފަނޑިޔާރުގެ ތެރެއަށް އެމްޑީޕީން އަތް ބޭނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ޖޭއެސްސީން ނިންމި މައްސަލަ ފޮނުވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށެވެ. އަދި ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ރިވިއުކޮށްފައި ނުވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ. އެހެންވެ، ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އެ ޕާޓީން އަމަލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދުލު އިންސާފު ގާއިމު ކުރާނެ ކަމުގެ ވައުދާ އެކުގައި އެމްޑީޕީން ވެރިކަމަށް އައިއިރު، އެ ޕާޓީން މިހާރު އަމަލު ކުރަމުން ދަނީ ކުރިން ވެސް އަމަލު ކުރި ގޮތަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ރާއްޖޭގައި އަމަލުކުރަމުންދާ ގާނޫނުއަސާސީ ފުނޑާލައި، އެމްޑީޕީން ރާއްޖޭގެ ފަނޑިޔާރުގެއަށް އަތް ބޭނުމަށް ކުރަމުންދާ މަސައްކަތް ވަރަށް ރަނގަޅަށް އެބަ ފެނޭ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި މަޖިލިހުގެ ތަޅުމުގައި ވޯޓަށް އަހަން ޖެހޭނީ މަހާޒާއި ދިޔާނާގެ ތައުލީމީ ފެންވަރާއި އެހެނިހެން ކަންކަން ބަލައިފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމްޑީޕީން މަސައްކަތް ކުރަން ވާނީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އަންހެނުންނާއި އަޅުގަނޑާ އޮންނަ ގުޅުން އަބަދުވެސް އޮންނާނެ،" ޖާބިރު ވިދާޅުވި އެވެ.
މަހާޒާއި ދިޔާނާއާ މެދު ގޮތެއް ނިންމުން ކޮން އިރަކުން؟
ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ރުހުން ދީފި
މަހާޒަށް ރުހުންދޭން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފި
ނަޝީދުގެ ނިންމެވުން ބަދަލުކޮށް ރިޕޯޓު އެޖެންޑާއަށް
މަހާޒާއި ދިޔާނާގެ ނަން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް
ޖާބިރާއި ދިޔާނާ އަށް ވެސް ނާކާމިޔާބު
ބަޖެޓު ފާސް ކުރަން ޖާބިރު ވޯޓެއް ނުދެއްވި!
ހަރުކަށިކަން ހުއްޓުވަން ކުއްލި ހާލަތު އިއުލާންކުރަންޖެހޭ
ނާޝިޒާއި ޖާބިރު، އެކަކު އަނެކަކަށް ނުގޮވާ އެއްޗެއްނެތް
ޖާބިރު ރުޅި އައީ ދިޔާނާ ފަނޑިޔާރަކަށް ނުހޮވިގެން