29 އޮކްޓޯބަރ 2019
އެސްޓީއޯގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ 95 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
އެސްޓީއޯގެ ތިން ވަނަ ކުއާޓާގެ ސާފު ފައިދާ 95 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.
މިއީ ދެވަނަ ކުއާޓާގެ ސާފު ފައިދާއާ އަޅާ ބަލާއިރު 25 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 77 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއިން އިއްޔެ ނެރުނު ކުއާޓާލީ ރިޕޯޓުގައި ބުނެފައިވާގޮތުގައި އެ ކުންފުނީގެ ސާފު ފައިދާ ތިން ވަނަ ކުއާޓާގައި އިތުރު ވެފައި ވަނީ ހަރަދުތައް ކުޑަ ކުރުމުގެ ސަބަބުންނެވެ.
މި ކުއާޓާގައި އެ ކުންފުންޏަށް ލިބުނު އާމްދަނީ 2.2 ބިލިއަން ރުފިޔާ އަށް އަރާއިރު މިއީ ދެވަނަ ކުއާޓާގައި ލިބުނު އާމްދަނީ އަށް ވުރެ 131 މިލިއަން ރުފިޔާ ދަށް އަދަދެކެވެ. އާމްދަނީ ދަށްވެފައި ވަނީ ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވި ކަމަށް އެސްޓީއޯއިން ބުންޏެވެ.
ތިންވަނަ ކުއާޓާގައި އެސްޓީއޯގެ ފައިދާ އިތުރުވެފައިވާއިރު މި އަހަރުގެ ތިން ކުއާޓާގެ ފައިދާ އެއްކޮށްލުމުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ އަށް ވުރެ 30 ޕަސެންޓް އިތުރުވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެސްޓީއޯއިން ބުނީ މި ކުއާޓާގެ ފައިދާ އެ ކުންފުނިން އިތުރުވެފައި ވަނީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މިފްކޯ އަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ފަހު ކަމަށެވެ.
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ފައިދާ ދަށްވެއްޖެ
އެސްޓީއޯ އަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ
އެސްޓީއޯއަށް ދެވަނަ ކުއާޓާގައި 4.9 ބިލިއަން ރުފިޔާ
އެސްޓީއޯ އިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި
އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ސާފު ފައިދާ އާއި އާމްދަނީ ވެސް ދަށަށް
އެސްޓީއޯއަށް ފުރަތަމަ ކުއާޓަރުގައި 114 މިލިއަން
އެސްޓީއޯއަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ފައިދާވި
ތެލުގެ ކޮރަޕްޝަނާ ގުޅިގެން ބޭއްވި ކޮމެޓީ ސިއްރުކޮށްފި