01 މެއި 2019
މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 30 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިދިޔަ އަހަރު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް 30 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 10.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯ އިން ގިނަ ވިޔަފާރިތަކެއް ކުރާ އިރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އެ ކުންފުނިން ކުރާ ތެޔޮ ވިއްކައިގެންނެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާ ބަލާ އިރު ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ވަނީ 34 ޕަސެންޓު އިތުރުވެފަ އެވެ.
- ޓްރޭޑިން: 2.6 ބިލިއަން ރުފިޔާ
- ގޭސް: 223 މިލިއަން ރުފިޔާ
- ފިއުލް: 6.3 ބިލިއަން ރުފިޔާ
- އިންޝުއަރެންސް: 245 މިލިއަން ރުފިޔާ
- މަސްވެރިކަން: 1.3 މިލިއަން ރުފިޔާ
ތެލުގެ ވިޔަފާރީގެ ފައިދާ ކުރިއަރާ އިރު އެ ކުންފުނީގެ ވިސްނުމަކީ އެ ވިޔަފާރި އިތުރަށް ފުޅާ ކުރުމެވެ. އެގޮތުން 210،000 ފީފާ ރައްކާ ކުރެވޭ ވަރަށް ބޮޑު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މިދިޔަ އަހަރުގެ ކުންފުނީގެ އާމްދަނީ އިތުރުވި ނަމަވެސް ފައިދާ ކުޑަވެފައިވަނީ ބޮޑެތި ހަރަދުތަކެއް ކަނޑަން ޖެހުމުންނެވެ.
އެ ކުންފުންޏަށް ތެޔޮ ވިއްކައިގެންނާއި އިންޝުއަރެންސުން އަދި އާންމު ވިޔަފާރިތަކުން ބޮޑު ކުރިއެރުމެއް ލިބުނު އިރު މަސްވެރިކަމުން ވެސް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވެ އެވެ.
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯ އަށް 800 މިލިއަން ރުފިޔާގެ ފައިދާއެއް
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ފައިދާ ދަށްވެއްޖެ
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31ގައި
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
އެސްޓީއޯ އަށް 168 މިލިއަން ރުފިޔާގެ ސާފު ފައިދާ
އެސްޓީއޯއަށް ދެވަނަ ކުއާޓާގައި 4.9 ބިލިއަން ރުފިޔާ
އެސްޓީއޯ އިން ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި
އެސްޓީއޯގެ ފައިދާ މައްޗަށް، ގްރޫޕުގެ ފައިދާ ދަށަށް