23 އޮކްޓޯބަރ 2019
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ތިން ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅުވައި ދޮގު އިލްޒާމް އަޅުވައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، އޭނާގެ އަބުރު ކަތިލި މައްސަލައިގެ ހަގީގަތް ހާމަވާނެ ކަމަށާއި ފުރަތަމަ އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ޕީޖީ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ތިން ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅުވައި ދޮގު އިލްޒާމް އަޅުވައި ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް، އޭނާގެ އަބުރު ކަތިލި މައްސަލައިގެ ހަގީގަތް ހާމަވާނެ ކަމަށާއި ފުރަތަމަ އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ޕީޖީ ކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިރޭ ވިދާޅުވެއްޖެ އެވެ.
މަލީހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ޕީޖީ، "މެންދުރު ނިދީގައި" ދައްކަވާ ވާހަކަތަކުގައި ފޮރުވިފައިވާ ކަމެއް ވެ އެވެ. އެއީ، ވަޒީފާ ހިމާޔަތް ކުރުންތޯ މަލީހް އެއްސެވި އެވެ.
Emme furathama balan jehenee kandaelhigen bodethi buhuthaanu dhogu hadhaa meehunge aburu kathili PG ge massala. Adhi Committee in ninmi gothah PG insaafuge kurimahchah gendhan jehey. PG office thaahiru kuran jehey @fazyahmed https://t.co/52sdRcGhFS
— Mohamed Maleeh Jamal (@maleehjamal) October 23, 2019
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕީޖީ ވިދާޅުވި ވަޒީރުންގެ ތެރޭގައި މަލީހް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެ ތުހުމަތު މަލީހް ދޮގު ކުރައްވަ އެވެ.
މާލިއްޔަތު ކޮމިޓީ ސިއްރުކޮށް ޕީޖީ ދެއްކެވި ވާހަކަތައް އާއްމުވި މައްސަލަ ބަލަން އެ ކޮމިޓީން ނިންމާފައިވާތީ މަލީހް ވިދާޅުވީ ފުރަތަމަ ބަލަން ޖެހިފައި އޮތީ ބިޝާމްގެ މައްސަލަ ކަމަށެވެ.
މަލީހް ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އާއްމުކުރި 776 ސޮފްހާގެ ރިޕޯޓުގައި ވެސް އޭނާގެ ނަމެއް ނެތެވެ. އެ ރިޕޯޓުގައި، އެމްއެމްޕީއާރުސީގެ ފައިސާ ޖަމާކުރި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފުން މުއާމަލާތް ހިންގި 155 އެކައުންޓެއްގެ ތަފްސީލް ހާމަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައި އޭނާގެ ނަން ނެތް އިރު ރައްޔިތުންގެ މަޖިލީހުގެ ސިއްރު ކޮމިޓީގައި އެ ނަން އުފަން ކުރުވީ ކިހިނެއްތޯ މަލީހް ސުވާލު ކުރައްވާފައިވެ އެވެ.
"ވަޒީފާ ހިމާޔަތް ކުރަން މަޖުބޫރު ކަމެއްގައިތޯ ބުނެވުނީ،" މަލީހް އެއްސެވި އެވެ.
MMPRC ge khiyaanaathaa gulhigen nerunu 776 sofhaage mibodu report ga evves gothakah neiy nameh PG kamanaa mendhuru gadeege nidheega sirru kotareega ufankuruvee kihineiytho?Javaabu dhaaree kuruvaanan.Ekamaa shakku nukurahvaa? Vazeefaa himaayahkuran majubooru kameggatho bunevunee? pic.twitter.com/ptciOqcxDe
— Mohamed Maleeh Jamal (@maleehjamal) October 23, 2019
އޭނާ ވިދާޅުވި ގޮތުގައި ސަބަބެއް ނެތި އޭނާގެ ނަން އާއްމުކޮށް، އަބުރު ކަތިލި މައްސަލައިގައި ޕީޖީ ޒިންމާދާރުކުރުވާނެ އެވެ. ޕީޖީ އޮފީހުގެ ހަތަރު ފާރުގެ ތެރޭގައި ހިމެނޭ އެއްވެސް ލިއުމެއްގައި އަދި އެ އޮފީހުގެ އެއްވެސް ޑޭޓަބޭސްއެއްގައި މިއަދާ ހަމައަށް އޭނާގެ ނަން ލިއެފައި ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް މަލީހް ވިދާޅުވި އެވެ.
މަލީހް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ބޭއިންސާފުން އެތައް ރައްޔިތުންނަކަށް ދައުވާކޮށް، މުއައްސަސާ ޚަރާބުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ވެސް ބިޝާމް އިތުބާރު ވަނީ ގެއްލިފައި ކަމަށެވެ. އެހެންވެ ޕީޖީގެ މަގާމުން ބިޝާމް ވަކިކޮށް، އެ މުއައްސަސާ ތާހިރު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ޕީޖީ އިންސާފުގެ ކުރިމައްޗަށް ގެންދޭ،" މަލީހް ވިދާޅުވި އެވެ.
މަލީހްގެ ސިޓީ ބިޝާމަށް: ތުހުމަތެއް އޮތްނަމަ އާންމުކުރޭ
ބިޝާމްގެ މަގާމު ދަމަހައްޓަނީ ނަޝީދު ކަމުގެ ތުހުމަތު!
ހިޔާނާތުގެ ލިސްޓު ހާމަކުރަން ގޮވާލާ ކުއްލި މައްސަލައެއް
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!
އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
ބޮޑު ހިޔާނާތުގެ 5 މައްސަލައެއް ޑިއުޓީ ޕްރޮސިކިއުޝަނަށް
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
ނަޝީދު އާއްމުކުރައްވަން މި އުޅުއްވަނީ ކޮން ރިޕޯޓެއް؟
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟