24 އޮކްޓޯބަރ 2019
އިންޓަނޭޝަނަލް ބޮޑެތި މުބާރާތްތަކުން އިންޑިއާ އަށް މެޑެލްތައް ހޯދައިދީފައިވާ އިންޑިއާގެ ކުޅަދާނަ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
އިންޓަނޭޝަނަލް ބޮޑެތި މުބާރާތްތަކުން އިންޑިއާ އަށް މެޑެލްތައް ހޯދައިދީފައިވާ އިންޑިއާގެ ކުޅަދާނަ ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
"ސައިނާ" ގެ ނަމުގައި އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ ފިލްމުގައި ސައިނާގެ ރޯލް ކުޅެނީ ޕަރިނީތީ ޗޯޕްރާ އެވެ. ފިލްމުގެ ޝޫޓިން ފަށާފައި ވަނިކޮށް، ޕަރިނީތީގެ 31 ވަނަ އުފަން ދުވަސް އަންގާރަ ދުވަހު ދިމާވުމާ އެކު ސެޓްގައި ވަނީ އޭނާގެ އުފަން ދުވަސް ވެސް ފާހަގަކޮށްފަ އެވެ.
ފޮޓޯތައް ބޮލީވުޑް ހަންގާމާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ.
"ސައިނާ" ގެ ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ވަރަށް ގިނަ ދުވަހުގެ ޓްރޭނިން ޕަރިނީތީ ވަނީ ހަދައިފަ އެވެ. ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމުގައި ސައިނާގެ ކޯޗް ޕުލޭލާ ގޯޕީޗަންދުގެ ރޯލުން ފެނިގެންދާނީ މާނަވް ކޯލް އެވެ.
"ސައިނާ" އަންނަ މަހު ގެނެސްދޭން ނިންމާފައި އޮތަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ.
ނިކިލް އަދުވާނީ އާއި ޓީ ސީރީޒް ގުޅިގެން ޕްރޮޑިއުސްކޮށް، އަބީރު ސެންގުޕްތާ ޑައިރެކްޓްކުރާ ފިލްމު "އިންދޫ ކީ ޖަވާނީ" ގެ ޝޫޓިން ފަށައިފި އެވެ.
All the best to the team as the shoot for #IndooKiJawani starts in Lucknow ?
— Bhushan Kumar (@itsBhushanKumar) October 23, 2019
>> https://t.co/BpebgJ65pf@advani_kiara @adityaseal @AbirSenguptaa @iamDivyaKhosla #KrishanKumar @TSeries @monishaadvani @madhubhojwani @nikkhiladvani @EmmayEntertain #ElectricApplesEntertainment pic.twitter.com/J9PT34FppW
ލަކްނޫގައި މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ލީޑް ތަރިންނަކީ ކިއާރާ އަދުވާނީ އާއި އަދިތިޔާ ސީލް އެވެ. މިއީ މި ދެ ޒުވާން ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމެވެ.
ކިއާރާ އެންމެ ފަހުން ފެނިފައި ވަނީ ޖޫން މަހު ރިލީޒްކުރި "ކަބީރު ސިންގް" އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 27 ގައި ރިލީޒްކުރާ "ގުޑް ނިއުޒް" އެވެ.
މެއި މަހު ރިލީޒްކުރި "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ރޯލެއް ވެސް ކުޅުނު އަދިޔާ އަކީ އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީން މިހާރު ސްޓްރީމްކުރާ "ފިތުރަތު" ގެ ވެސް ބަތަލެވެ.
"އިންދޫ ކީ ޖަވާނީ" ސިނަމާތަކަށް އަންނާނީ ޖޫން 5، 2020 ގަ އެވެ.
ކަލާޒް ޗެނެލުން ދައްކަން ތައްޔާރުވަމުން އަންނަ ސިލްސިލާ "ނާގިން" ގެ ހަތަރު ވަނަ ސީޒަންގެ ބަތަލާގެ ރޯލުން ނިއާ ޝަރުމާ ފެންނާނެކަން ޕްރޮޑިއުސަރު އެކްތާ ކަޕޫރް ކަށަވަރުކޮށް ދީފި އެވެ.
And thank you a ‘million’ times for this opportunity @ektaravikapoor ??
— NIA SHARMA (@Theniasharma) October 22, 2019
It’s an absolute honor and privilege. https://t.co/knO7CW1OKf
އޭނާ ކުރި ޓްވީޓެއްގައި ވަނީ ނިއާ އަށް މަރުހަބާ ކިޔައިފަ އެވެ. އަދި އެ ފުރުސަތު ދިން ކަމަށްޓަކައި ނިއާ ވަނީ އެކްތާ ޝުކުރު ވެސް އަދާކޮށްފަ އެވެ.
"ނާގިން 4" އިން އޭނާ ފެންނާނެކަން ކަށަވަރުކޮށް ދީފައި މި ވަނީ ސިލްސިލާ އިން ނިއާ ފެންނާނެ ކަމަށް މީޑިއާތަކުން ވެސް ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
މީޑިއާތަކުން ބުނިގޮތުގައި "ނާގިން 4" ގެ ދެވަނަ ބަތަލާއަކީ ނިއާއާ އެކު ކުރީގެ ސިލްސިލާ "އޭކް ހަޒާރޯ މޭ މޭރޭ ބެހެނާ ހޭ" ގައި މަސައްކަތްކުރި ކްރިސްޓަލް ޑި ސޫޒާ އެވެ. އޯލްޓް ބަލާޖީން މިހާރު ސްޓްރީމްކުރާ "ފިތުރަތު" ގެ ބަތަލާއަކީ ވެސް ކްރިސްޓަލެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ރިލީޒްކުރި ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ހިންދީ ފިލްމު "ކަބީރު ސިންގް" ގެ ނަމުގައި މި އަހަރު ގެނެސްދީފައި ވަނިކޮށް، މީގެ ތަމަޅަ ވާޝަން "އަދިތިޔާ ވަރުމާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
Dhruv Vikram - son of Chiyaan Vikram - makes his acting debut in #AdithyaVarma... #Tamil remake of #ArjunReddy... Costars Banita Sandhu... Directed by Gireesaaya... Link [with #English subtitles]: https://t.co/YQDunJAOjG
— taran adarsh (@taran_adarsh) October 22, 2019
ތަމަޅަ ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ މަޝްހޫރު ތަމަޅަ އެކްޓަރު ޗިޔާން ވިކްރަމްގެ ދަރިފުޅު ދުރޫވް ވިކްރަމާއި މިދިޔަ އަހަރު ރިލީޒްކުރި ވަރުން ދަވަންގެ "އޮކްޓޯބާ" އިން އެކްޓިން އަށް ނުކުތް ބަނީތާ ސަންދޫ އެވެ.
"އަދިތިޔާ ވަރުމާ" ޑައިރެކްޓްކޮށްފައި ވަނީ ގިރީ ސާޔާ އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ މަހުގެ 8 ގަ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަންގަނާ ބޭނުންވަނީ ކަރަން "ޖަލަށް" ލާން