Roadha Mihaaru
ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަންކުރަމުން: އަސަދު

ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަން ކުރަމުން: އަސަދު

23 އޮކްޓޯބަރ 2019

ދިމިޝްގު (އޮކްޓޯބަރު 23) - ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަން ކުރަމުން ކަމަށާއި ދާޚިލީ ހަނގުރާމައިގައި ގެއްލުނު ހުރިހާ ބިމެއް އަނބުރާ ހޯދާނެ ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮކްޓޯބަރު 23) - ތުރުކީން ދަނީ ސީރިއާގެ ބިމުން ވައްކަން ކުރަމުން ކަމަށާއި ދާޚިލީ ހަނގުރާމައިގައި ގެއްލުނު ހުރިހާ ބިމެއް އަނބުރާ ހޯދާނެ ކަމަށް ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

ސީރިއާގެ ދާޚިލީ ހަނގުރާމަ 2011 ވަނަ އަހަރު ފެށި ފަހުން ފުރަތަމަ ފަހަރަށް އިދްލީބަށް އިއްޔެ ކުރެއްވި ޒިޔާރަތުގައި އަސަދު ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަކީ "ވަގެއް" ކަމަށެވެ.

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

"އުރުދުޣާން އަކީ ވަގެއް. މިހާރުވެސް އެދަނީ ސީރިއާގެ ބިންތައް ވަގަށް ފޭރެމުން. ތުރުކީގެ ރައީސް ވަނީ ފެކްޓަރީތައް ވަގަށް ނަގާފައި. ގޮވާމާއި ތެޔޮ ވަގަށް ނަގާފައި. މިއަދު އެދަނީ މި ގައުމުގެ ބިންތައް ވަގަށް އަތުލަމުން،" އަސަދު ވިދާޅުވި އެވެ.

ހަނގުރާމަ ހިނގާ ހުޅަނގު އުތުރުގެ އިދްލީބަށް އަސަދު ވަޑައިގެންނެވީ ސިފައިންގެ އިސް ކޮމާންޑަރުންނާ އެކު އެވެ.

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

މި މަހު ކުރީކޮޅު ތުރުކީން ވަނީ ސީރިއާގެ އިރު އުތުރުގައިވާ ކުރުދީ ހަނގުރާމަވެރިންނަށް ހަމަލާ ދޭން ފަށައިފަ އެވެ. އިދްލީބުގެ އުތުރުގެ ސަރަހައްދުގެ ކޮންޓްރޯލް އޮންނަނީ ކުރުދީންގެ އަތުގަ އެވެ.

ތަޖްރިބާކާރުން ބުނާ ގޮތުގައި، ސީރިއާގެ ދާޚިލީ ހަނގުރާމަ، އަށް ވަނަ އަހަރަކަށް އަޅާފައިވާ އިރު އިދްލީބުުގެ ކޮންޓްރޯލް ހޯދުމަކީ އަސަދުގެ ސަރުކާރަށް ވަރަށް މުހިންމު ކަމެކެވެ.

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

"ސީރިއާގައި ހިންގާ ޓެރަރިޒަމް ހުއްޓުވުމަށް އެންމެ މުހިންމު ކަމަކީ އިދްލީބުގެ ހަނގުރާމަ ނިމުމަކަށް ގެނައުން،" އަސަދު ވިދާޅުވި އެވެ.

ސީރިއާ ސިފައިންގެ ބާރުގެ ދަށުގައި މިހާރު އޮތީ ގައުމުގެ 60 ޕަސެންޓެވެ. އަސަދު ވިދާޅުވީ އިދްލީބު ވެސް ހިމެނޭ ގޮތަށް، މުޅި ގައުމުގެ ހުރިހާ ބިންތަކެއް ސަރުކާރު ސިފައިން ވަރަށް އަވަހަށް ހޯދާނެ ކަމަށެވެ.

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

ރައީސް ބައްޝާރުލް އަސަދު ސީރިއާ ސިފައިންނާ އެކު އިދްލީބުގައި. --ފޮޓޯ:އޭއެފްޕީ

ސީރިއާ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި ހަނގުރާމައިގައި މިހާތަނަށް ވަނީ 370،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ރެފިއުޖީންނަށްވެފަ އެވެ.