22 އޮކްޓޯބަރ 2019
ކަރުބުރިކޮށް، މީހުން މެރުމަށާއި ހަމަނުޖެހުން ހިންގަން ސޯޝަލް މީޑީއާގައި ގޮވަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
ކަރުބުރިކޮށް، މީހުން މެރުމަށާއި ހަމަނުޖެހުން ހިންގަން ސޯޝަލް މީޑީއާގައި ގޮވަމުން ދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.
މި މަހުގެ 12 ގައި އެ ފިރިހެން މީހާ ހައްޔަރުކުރީ، މުޖުތަމައުގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މީހުންގެ ފުރާނަަ އަށް ގެއްލުން ދިނުމަށާއި އަނިޔާވެރި އަމަލުތައް ހިންގުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ. އަނިޔާ އަށް ހިތްވަރު ދިނުމުގެ އިތުރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ނިޝާންތަކާއި ލިޔެކިއުންތައް ވެސް އޭނާ ދިޔައީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ.
ޓެރަރިޒަމަށް ހިތްވަރު ދޭ ކަމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ އެ މީހާ ހައްޔަރުކޮށް ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެކަމަކު މި ހަފުތާގައި މާލެ ގެނެސް ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ދީނީ ހަރުކަށި ފިކުރުގެ އައިއެސް ޖަމާއަތުން ބޭނުންކުރާ ފޮޓޯތަކާ އެކު އޭނާ ވަނީ "ކަރުގެ ނޮޅި ވަކިކޮށްލަންވީ" ކަމަށް ބުނެ ބައެއް މީހުންނަށް އިންޒާރުދީފަ އެވެ. އަދި ލާދީނިއްޔަތާ ދެކޮޅަށް ލޭ އޮހޮރުވާލަން ވެސް ކެރިގެން ތައްޔާރަށް ތިބި ކަމަށް ބުނެ ބައެއް މީހުންނަށް ބިރުދައްކާފައިވެ އެވެ.
ޓެރަރިޒަމަށް ހިތްވަރު ދޭ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކުރި އިރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓު ލިއުނު މީހުން މަރަން ގޮވާލައި ދާދި ފަހުން މުޒާހަރާކޮށްފައިވެ އެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލަން ބުނި މީހާ ދޫކޮށްލައިފި
ޖާބިރު: 20 މެމްބަރަކަށް މަރުގެ އިންޒާރު އެބަ ލިބޭ
ޓެގް އެޅުވީ ދައުވާ ނުކުރެވި ދޫކޮށްލަން ޖެހުނު މީހުންގެ
ފުލުހުންނަށް ބިރު ދެއްކި ދެ މީހަކު ހައްޔަރުކޮށްފި
ފުލުހަކަށް މަރުގެ އިންޒާރު ދީގެން ބަޔަކު ހައްޔަރުކޮށްފި
ސީޕީ ހަމީދަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ
ޔާމީންގެ މަރު، ކުރިންނާއި ފަހުން ވެސް އިހުމާލު!
ޓެރަރިޒަމަށް ވަނީ ވަކި ބަޔަކު ދައްކާ ވާހަކަތަ!
ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލައެއް
މިނިސްޓަރު ޝަހީމަށް މަރުގެ އިންޒާރުދިން މައްސަލައެއް