17 އޮކްޓޯބަރ 2019
ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
ދ. އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާގެ ހިދުމަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައިދެއްވައިފި އެވެ.
އެ އަތޮޅު ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި މި ހިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވީ، އެ ކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ހިދުމަތް ދިނުމަށް ހާއްސަކޮށްފައިވާ ތަން ވެސް އެމަނިކުފާނު ބައްލަވައިލެއްވި އެވެ.
އެ ހޮސްޕިޓަލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެ ރަށަކީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގޭނެ ރަށެއް ކަމަށެވެ. އެކަމަށް އެ ރަށުގައި އެކަށީގެންވާ އާބާދީއަކާއި ވަސީލަތްތައް ހުރި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ފައްޓަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުޑަހުވަދޫގެ މުއައްސަސާތަކުގެ އިސްވެރިންނާ ވެސް އެ މަނިކުފާނު ވަނީ މިއަދު ބައްދަލުކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ރަށު ކައުންސިލްގައި ބޭއްވި މި ބައްދަލުވުމުގައި އެ ރަށަށް ދިމާވެފައިވާ މައްސަލަތައް ރައީސްއާ ހިއްސާކުރައްވާފައިވެ އެވެ. މުއައްޒަފުން ހޯދުމުގަ އާއި އިމާރާތްތަކުން ޖާގައިގެ ދަތިކަން އެ މުއާސަސާތަކަށް ކުރިމަތިވާކަން ވެސް އެ ބޭފުޅުން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ވަނީ އެ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރަސްމީ ދަތުރުފުޅެއްގައި ރައީސް ދ. އަތޮޅަށް ވަޑައިގަތީ އިއްޔެ އެވެ. ކުޑަހުވަދޫގެ އިތުރުން އެ އަތޮޅު ހުޅުދެއްޔަށް ވެސް އެ މަނިކުފާނު އިއްޔެ ވަޑައިގަތެވެ.
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
ކުޑަހުވަދޫން ބޭލީ ރަށުގައި ނީންދޭނެ 74 ރުއްގަސް
ރުއްތަކުގެ މައްސަލައިގައި ތުހުމަތު ކައުންސިލް ރައީސަށް
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ
ކުޑަހުވަދޫ ގުރުއާން މުބާރާތުން 1 ވަނަ މާއިޝާ އަށް
ކުޑަހުވަދޫގައި ގުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަނީ
ދ.އަތޮޅު ހޮސްޕިޓަލުން ފަސްޓްއެއިޑް ދަސްކޮށްދެނީ
ކުޑަހުވަދޫގައި ވިލާ ކޮލެޖުގެ ކޯސްތައް ހިންގަނީ