03 އޯގަސްޓް 2022
ދ. ކުޑަހުވަދޫ އެއާޕޯޓަށް އޮޕަރޭޓްކުރާ ހަމައެކަނި އެއާލައިން، މަންޓާ އެއާލައިންގެ އިސްވެރިންނާ ބައްދަލުކުރުމަށް ފަހު ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށް ބުނެ، ރަށުގެ ގިނަ ބަޔަކު ތިބީ އަދިވެސް އެއާޕޯޓު ސަރަހައްދުގައި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ދ. ކުޑަހުވަދޫ އެއާޕޯޓަށް އޮޕަރޭޓްކުރާ ހަމައެކަނި އެއާލައިން، މަންޓާ އެއާލައިންގެ އިސްވެރިންނާ ބައްދަލުކުރުމަށް ފަހު ނޫނީ މުޒާހަރާ ހުއްޓާނުލާނެ ކަމަށް ބުނެ، ރަށުގެ ގިނަ ބަޔަކު ތިބީ އަދިވެސް އެއާޕޯޓު ސަރަހައްދުގައި ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
މަންޓާ އެއާލައިނުން ބޭނުންކުރާ އޭއާރު އެއާކްރާފްޓުން ބަލި މީހުން ނޫފުލާ މައްސަލައިގައި ކުޑަހުވަދޫގައި ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޒާހަރާ ކުރަން ފަށައިފަ އެވެ. އެ އެއްވުން ރޫޅާލަން ފ. ނިލަންދޫން ފުލުހުން ވެސް ދިޔަ އެވެ.
އެ ސަރަހައްދު ދޫކޮށް އާއްމުން ދިއުމަށް ފުލުހުން އިންޒާރު ދިން ނަމަވެސް އެކަމަށް ތަބާނުވުމުން އެންމެ ފަހުން ޕެޕަ ސްޕްރޭ ވެސް ޖެހި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އައިޝަތު ނަޝީދާ ވިދާޅުވީ އެ އެއްވުން ރޫޅާލަން ޕެޕަ ސްޕެރޭ ޖެހި ނަމަވެސް އަދި ވެސް އެއާޕޯޓު ސަރަހައްދުގައި މީހުން އެއްވެ އެބަތިބި ކަމަށެވެ.
އެ މީހުން މަޑުކޮށްގެން ތިބީ، ނަޝީދާ ވިދާޅުވި ގޮތުގައި، ބަލި މީހުން ނުއުފުލާ މައްސަލައިގައި މަންޓާގެ އިސްވެރިން މިއަދު އެ ރަށަށް ގޮސް އާއްމުންނާ ބައްދަލުކުރަން ހަމަޖައްސާފައި އޮތުމުން ކަމަށެވެ.
ކައުންސިލުން ބުނީ އެއާޕޯޓު ސަރަހައްދުގައި މީހުން އެއްވެ ތިބި ނަމަވެސް ފްލައިޓްތައް އޮޕަރޭޓްކުރަމުން އަންނަ ކަމަށެވެ.
މަންޓާގެ ބޯޓުން ބަލި މީހުން ނުއުފުލާ މައްސަލައިގައި މީގެ ކުރިން ވެސް ކައުންސިލުން ވަނީ އެ އެއާލައިނާއެކު މަޝްވަރާކޮށްފަ އެވެ. އެކަމަކު، މި ފަހުން އެ މައްސަލަ ހޫނުވީ ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހޯމަ ދުވަހު އެޑްމިޓްކުރި ފިރިހެނަކު އިތުރު ފަރުވާ އަށް މާލެ ގެންދެވޭނެ ގޮތެއް ނެތުމުންނެވެ.
އެ އެއްވުންތަކާ ގުޅިގެން އިއްޔެ ކުޑަހުވަދޫގެ ދަތުރުތައް ވެސް ހުއްޓާލި އެވެ.
އެ މައްސަލައިގައި މަންޓާ އެއާއިން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ ސްޓްރެޗާގައި ގެންދާ ބަލި މީހުން ކުރިން ވެސް މަންޓާގެ ފްލައިޓްތަކުން ނުއުފުލާ އިރު މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި ހަރަކާތްތަކަކީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށެވެ.
ކުޑަހުވަދޫން ބަލި މީހުންގެ މާލެއަށް ގެންދަން ޖެހިއްޖެ ނަމަ، އަބަދުވެސް ދަތުރު ކުރަނީ އާސަންދަ މެދުވެރިކޮށް މޯލްޑިވިއަންގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޒާހަރާކަތަކާ ހަ ގަޑި އިރު ވަންދެން ކުޑަހުވަދޫ އެއާޕޯޓުގައި 12 ޓޫރިސްޓުން ތާށިވި އެވެ.
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
ކުޑަހުވަދޫ ގުރުއާން މުބާރާތުން 1 ވަނަ މާއިޝާ އަށް
ކުޑަހުވަދޫގައި ގުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަނީ
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ
ކުޑަހުވަދޫގެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
މުޒާހަރާ: ޓޫރިސްޓުން ތާށިވި، ދަތުރުތައް މެދުކަނޑާލި
ކުޑަހުވަދޫން ބޭލީ ރަށުގައި ނީންދޭނެ 74 ރުއްގަސް
ރުއްތަކުގެ މައްސަލައިގައި ތުހުމަތު ކައުންސިލް ރައީސަށް
ކުޑަހުވަދޫގައި ދުވަސްނުފުރާ ވިހޭ ދެ ކުދިން މަރުވެއްޖެ