02 އޯގަސްޓް 2022
ދ. ކުޑަހުވަދޫގައި ހާޓް އެޓޭކެއް ޖެހުނު މީހަކު އިމަޖެންސީގައި ގެންދެވޭނެ ގޮތެއް ނެތިގެން، އެ ރަށުގައި އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް މަންޓާ އިން ބުނެފި އެވެ.
ދ. ކުޑަހުވަދޫގައި ހާޓް އެޓޭކެއް ޖެހުނު މީހަކު އިމަޖެންސީގައި ގެންދެވޭނެ ގޮތެއް ނެތިގެން، އެ ރަށުގައި އުފެދުނު ހިތްހަމަނުޖެހުމާ ގުޅިގެން ދަތުރުތައް މެދުކަނޑާލައިފައިވާ ކަމަށް މަންޓާ އިން ބުނެފި އެވެ.
އެ އެއާލައިނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަންޓާގެ ސީއީއޯ މުހައްމަދު ހަލީލު ވިދާޅުވީ މަންތާ އެއާ އާއި އެ ރަށުގެ ރައްޔިތުންނާ ދެމެދު ޖެހުނު މައްސަލައާ ގުޅިގެން އެއާޕޯޓު ކުރިމަތީގައި މުޒާހަރާ ކުރުމުން ހަ ގަޑި އިރު ވަންދެން ކުޑަހުވަދޫ އެއާޕޯޓުގައި 12 ޓޫރިސްޓުން ތާށިވި ކަމަށެވެ. އެ މުޒާހަރާ މިއަދު ވެސް އެ ރަށުގައި ކުރިއަށް އެބަދެ އެވެ.
ކުޑަހުވަދޫގައި އެއާޕޯޓް ހިންގަނީ މަންޓާއިންނެވެ. އެ އެއާޕޯޓަށް ދަތުރު ކުރަނީ ވެސް އެ އެއާލައިނުން އެކަންޏެވެ. އެ ރަށު މީހުން ހިތްހަމަނުޖެހިގެން އުޅެނީ ބަލި މީހުން އެ އެއާލައިންގެ ބޯޓުތަކުގައި ނުއުފުލާ ކަމަށް ބުނެ އެވެ. އެކަމަކު މަންޓާ އިން އެކަން ދޮގުކުރެ އެވެ.
ކުޑަހުވަދޫ އެއާޕޯޓުގެ ކައިރީ، ކަންޒު ކޮނެ، އެއާޕޯޓު ކުރިމަތީގައި އެ ރަށުގެ ރައްޔިތުން މުޒާހަރާއާ ގުޅިގެން ހަލީލު ވިދާޅުވީ، އަށް ގެސްޓުންނާއި ހަތަރު ކުޑަަކުދިން ރޭ 1:30 އިން ފެށިގެން މިއަދު ހެނދުނު 7:30 އާ ހަަމައަށް އެއާޕޯޓުން ނުނިކުމެވި، ތިބެން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
މަންތާ އެއާގެ ބޯޓުން ބަލި މީހުން ގޮވައިގެން ދަތުރުނުކުރާ މައްސަލައިގައި، އެ ރަށުގައި ރޭ މުޒާހަރާކުރަނީ.
"ހަތަރު ކުޑަކުދިންނާއި އަށް ޓޫރިސްޓުން ރޭ ހަތަރުދަމު އެއާޕޯޓުގައި ތިބީ. ނުހުންނާނެ އެތަނުގައި ނިދޭނެ ގޮތެއް ވެސް. އެތަނުގައި ހުންނަ ލައުންޖު ތެރޭގައި ބައިތިއްބައިގެން ހެނދުނު ގެންދެވުނީ. އެތަނުގައި ކާބޯތަކެތި ދެވެން ވެސް ނުހުންނާނެ. ހުންނާނީ ސްނެކްސް އާއި ޑްރިންސް އެކަނި،" އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ އެއާޕޯޓުގައި ތާށިވީ ކަނޑިންމަ ރިސޯޓުގެ ޓޫރިސްޓުންތަކެކެވެ. ޓޫރިސްޓުންތައް ހެނދުނު ރިސޯޓަށް ގެންދެވުނީ، އެއާޕޯޓުގެ އެއާ ސައިޑުގައި ހަދާފައިވާ ސީ ޕްލޭން ޑޮކަށް ޖެއްސި، ސީ ފްލޭނަކުންނެވެ. ކުޑަހުވަދޫ އެއާޕޯޓަށް ޓޫރިސްޓުން ދިއުމަށް ފަހު، އާންމުކޮށް ޓޫރިސްޓުން ރިސޯޓުތަކަށް ދަތުރު ކުރަނީ ސްޕީޑުބޯޓުގަ އެވެ. އެހެން ނަމަވެސް، އެ ރަށުގެ ރައްޔިތުން އެއާޕޯޓު ދޮރުމަތީ މުޒާހަރާ ކުރާތީ، ޓޫރިސްޓުންނަށް ބަނދަރަކަށް ނުދެވުނެވެ.
"ވަރަށް ނުބައި މެސެޖެއް މި ދެވުނީ. ސަރުކާރުން އެބަ ޖެހޭ މިކަން ސީރިއަސްކޮށް ވިސްނަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ރިއު ހޮޓެލްސްގެ ރައީސް ވެސް އޭނާއަށް ގުޅުއްވި ކަމަށެވެ. އަދި އެ ހޮޓެލް ޗެއިންގެ ޓޫރިސްޓުންނަށް އެއްވެސް ވަރެއްގެ ނުރައްކަލެއް އޮތްތޯ އޮޅުންފިލުވި ކަމަށް އޭނާ ވިދާޅުވި އެވެ. ރިއު ހޮޓެލްސްގެ ރިއު ޕެލެސް މޯލްޑިވްސް ރިސޯޓު އޮންނަނީ ދ. އަތޮޅުގަ އެވެ.
އޭނާ ވިދާޅުވީ، މިފަދަ ކަންކަމުގެ ސަބަބުން ބޭރު ފަރާތްތަކުގެ މެދުގައި ރާއްޖޭގެ އަގު ވެއްޓި ޓޫރިޒަމަށް އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
ހަލީލު ވިދާޅުވީ، މައްސަލަ ހައްލު ނުވާތީ މަންޓާ އެއާލައިންގެ އެއްވެސް ފްލައިޓެއް މިއަދު އަދި ދަތުރު ނުކުރާ ކަމަށެވެ. މި ވަގުތު އެއާޕޯޓުގެ އޮޕަރޭޝަން ވެސް އޮތީ ހުއްޓިފަ އެވެ. މިކަން ހައްލު ކުރަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާ އެކު ވާހަކަދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސްޓްރެޗާގައި ގެންދާ ބަލި މީހުން ކުރިން ވެސް މަންޓާގެ ފްލައިޓްތަކުން ނުއުފުލާ އިރު ރޭ ހިންގި ހަރަކާތްތަކަކީ ސިޔާސީ ގޮތުން ބަޔަކު ރާވައިގެން ހިންގި ކަމެއް ކަމަށެވެ. ކުޑަހުވަދޫން ބަލި މީހުންގެ މާލެއަށް ގެންދަން ޖެހިއްޖެ ނަމަ، އަބަދުވެސް ދަތުރު ކުރަނީ އާސަންދަ މެދުވެރިކޮށް މޯލްޑިވިއަންގަ އެވެ.
"މިކަން ކޮށްފައި މިވަނީ ސަރުކާރަށް ޖެއްސުމަށް ނޫނީ އަޅުގަނޑުމެންނަށް ޖެއްސުމަށް ކޮންމެވެސް ގޮތަކުން ޕޮލިޓިކަލީ މޯޓިވޭޓް ވެފަ އޮތް އެއްޗެއް ކަންނޭނގެ މިއީ،" އޭނާ ވިދާޅުވި އެވެ.
ހަލީލު ވިދާޅުވީ، މައްސަލައެއް ޖެހިގެން އުޅޭކަން މަންޓާ އަށް އެނގުނީ ވެސް މުޒާހަރާ ކުރަން ފެށުމުން ކަމަށެވެ. ރައްޔިތުން އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނީ، މޯލްޑިވިއަންގެ ފްލައިޓްގެ ހަބަރެއް ނުވެ އޮތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށު ކައުންސިލްގެ މެމްބަރު އައިޝަތު ނަޝީދާ ވިދާޅުވީ ކުޑަހުވަދު އަށް ދަތުރުކުރަނީ މަންތާއިން އެކަނި ކަމަށްވާއިރު، ބަލި މީހުން ނާރުވާ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އެ މައްސަލާގައި މީގެ ކުރިން ވެސް މަންތާ އެއާލައިންގެ އިސްވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންޓާއިން ދ. އަތޮޅުން ބެންގަލޫރަށް ދަތުރުތައް ފަށަނީ
ކުޑަހުވަދޫގެ ހަމަނުޖެހުމާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފި
ކުޑަހުވަދޫން ބަލި މީހުން އުފުލައިދޭން މަންޓާއިން އެއްބަސްވެއްޖެ
މުޒާހަރާ: ބޭނުންވަނީ އެއާޕޯޓުގެ ވެރިންނާ ބައްދަލުކުރަން
މަންތާއިން ބަލި މީހުން ނުގެންދާތީ ހިތްހަމަނުޖެހިއްޖެ
ކުޑަހުވަދޫން ޕޮޒިޓިވްވީ އެއާޕޯޓު މުވައްޒަފުންތަކެއް
ކުޑަހުވަދޫން ފުރި މީހުން ކަރަންޓީން ވާން އަންގައިފި
ކުޑަހުވަދޫ ގުރުއާން މުބާރާތުން 1 ވަނަ މާއިޝާ އަށް
ކުޑަހުވަދޫގައި ގުރުއާން މުބާރާތެއް ރޯދަ މަހު ބާއްވަނީ
މަންތާ އެއާގެ ދަތުރުތައް ފަށައިފި